ގާނޫނުއަސާސީ ބަދަލުކުރަން ވޯޓު ދިނުމަކީ ސިޔާސީ ކެރިއަރު ކަފުންކޮށް ވަޅުލާ ސަންދޯކަށް ފަހު މޮހޮރު ޖެހުން: އަބްދުއްރަހުމާން

އަބްދުއްރަހުމާން ވަނީ މަޖިލިސް މެންބަރުންގެ ހުވާގެ މަތިން ހަނދުމަ އައު ކޮށްދެއްވައިފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަބްދުއްރަހުމާން ވަނީ މަޖިލިސް މެންބަރުންގެ ހުވާގެ މަތިން ހަނދުމަ އައު ކޮށްދެއްވައިފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީއިން ވަކިކޮށްފި ނަމަ މަޖިލިސް މެންބަރުކަން ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާފައި އޮތް އިސްލާހު ފާސްކުރަން ދޭ ވޯޓަކީ މަޖިލިސް މެންބަރުންގެ ސިޔާސީ ކެރިއަރު ކަފުންކޮށް ވަޅުލަން ދެވޭ ވޯޓެއް ކަމަށް ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ އަމިއްލަ މެންބަރު، އަބްދުއްރަހުމާން ވިދާޅުވެއްޖެ އެވެ.

ގާނޫނުއަސާސީގެ މައިގަނޑު ފަސް މާއްދާއަކަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން އަބްދުއްރަހުމާން ވަނީ މަޖިލިސް މެންބަރުންގެ ހުވާގެ މަތިން ހަނދުމަ އައު ކޮށްދެއްވައިފަ އެވެ.

"އަދި މިކަން މިގޮތަށް ފާސް ކުރުމަށް ތިޔަ ދެއްވާ ވޯޓަކީ ތިޔަ ބޭފުޅުންގެ ސިޔާސީ ކެރިއަރު ކަފުންކޮށް ވަޅުލަން ސައްދޯކަށް ޖަހާނެ ފަހު މޮހޮރު ކަމުގައި ދަންނަވަން، އަދި ނިންމައިލަމުން ވެސް ތިޔަ އިއްޒަތްތެރި މެންބަރުންނަށް މިތަނަށް ވަދެ ކޮށްގެން ތިޔަ ތިއްބެވި ހުވާ މަތީގައި އިއްޒަތާ އެކީގައި އިހުލާސްތެރިކޮށް ތިބެ ބަޓަނަށް އޮބުމަށް ވެސް ގޮވައިލަން،" އަބްދުއްރަހުމާން ވިދާޅުވި އެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހަޅާފައިވާ ބިލުގައި އޮތް ގޮތުން "ސިޔާސީ ޕާޓީގެ މެންބަރަކު ގާނޫނުގައިވާ ގޮތުގެ މަތިން" ވަކިކޮށްފި ނަމަ މެންބަރުކަމުން ވަކިވާނެ އެވެ.

އަދި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރަކު ޕާޓީއަކަށް ސޮއިކޮށްފި ނަމަވެސް މަގާމުން ވަކިވާނެ ކަމަށް އެ އިސްލާހުގައި ބަޔާން ކޮށްފައިވެ އެވެ.

އެކަންކަމަށް އިޝާރާތްކޮށް އަބްދުއްރަހުމާން ސިފަ ކުރެއްވީ ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހަކީ "ދަންމަޅި" އެއް ކަމަށެވެ.

"އަޅުގަނޑު ތިޔަ ހުރިހާ އިއްޒަތްތެރި މެންބަރުންގެ ކިބައިން މި ދަންމަޅި ކަރަށް މަހައި ނުލައި ހަމައެކަނި ދިވެހިރައްޔިތުންގެ ހިދުމަތުގައި ދިވެހި ރައްޔިތުންގެ ހައްގުގައި ތިބޭ ބަޔަކަށް ވުމަށް އާދޭހާއެކު އަޅުގަނޑު ދަންނަވަން، އަޅުގަނޑުމެން އިސް ކުރަންޖެހޭނީ އަޅުގަނޑުމެން ކުރި ހުވަޔާ އެއްގޮތަށް ދިވެހިރައްޔިތުން، މި ގައުމުގެ އެންމެ އިސް މަސްލަހަތު، ޕާޓީ ނުވަތަ ޕާޓީ ބޮޑުންގެ މަސްލަހަތެއް ނޫން،" އަބްދުއްރަހުމާން ވިދާޅުވި އެވެ.

މީގެ ކުރިން މިފަދަ ގޮތަކަށް ފަރުމާކޮށްފައި އޮތް ގާނޫނެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފާސް ކުރި އެވެ. އެ ގާނޫނު ފާސް ކުރީ ރެޓްރޯސްޕެކްޓިވްކޮށް އަމަލު ކުރެވޭ ގޮތަށް، ގާނޫނު ފާސް ކުރުމުގެ ކުރިން ޕާޓީން ވަކިވި ނުވަތަ ވަކިކޮށްފައިވާ މެންބަރުންގެ ވެސް ގޮނޑި ގެއްލޭ ގޮތަށެވެ.

އެ ގާނޫނުގެ ދަށުން އެއިރު ޕީޕީއެމް އިން ވަކިވި 12 މެންބަރެއްގެ ގޮނޑި ގެއްލުނެވެ. އެކަމަކު، ވެރިކަން ބަދަލުވުމުން އެ ގާނޫނު އުވައިލީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox