ކަންބޮޑުވުންތަކެއް އޮތަސް މެންބަރުންނަށް ދެރަ ގޮތެއް ވިޔަނުދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު: ކަންބޮޑުވުންތަކެއް އޮތް ނަމަވެސް ރައީސް ވިދާޅުވީ މެންބަރުންނަށް ދެރަގޮތެއް ވިޔަ ނުދޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

ރައީސް ޑރ. މުހައްމަދު މުއިއްޒު: ކަންބޮޑުވުންތަކެއް އޮތް ނަމަވެސް ރައީސް ވިދާޅުވީ މެންބަރުންނަށް ދެރަގޮތެއް ވިޔަ ނުދޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ ބަދަލު ކުރުމަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހުށަހެޅި ބިލާ ގުޅިގެން އެ ޕާޓީގެ މަޖިލިސް މެންބަރުންގެ މެދުގައި ކަންބޮޑުވުންތަކެއް އޮއްވައި އެއްވެސް މެންބަރަކަށް ދެރަ ގޮތެއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަކަށް ރައީސް މުއިއްޒު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޕާޓީގެ ރައީސްގެ ގޮތުގައި އެމަނިކުފާނު ހުންނެވި ހިނދެއްގައި މަޖިލިސް މެންބަރުންގެ ތެރެއިން އެއްވެސް މެންބަރަކާ މެދު ތަފާތުކޮށް ދެރަގޮތެއްވިޔަ ނުދޭނެ ކަމަށެވެ.

"ޕާޓީގެ ރައީސްގެ ގޮތުގައި އަޅުގަނޑު ހުރިހާ ހިނދަކު ތިޔަ ހުރިހާ އިއްޒަތްތެރި މަޖިލިސް މެމްބަރުންގެ ތެރެއިން އެއްވެސް މެމްބަރަކާ މެދު ތަފާތު ކުރުމެއް, ދެރަ ގޮތެއް, ބޭއިންސާފު ކަމެއް ކުރުމަކަށް ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނަށް މެންބަރުން އިތުބާރު ކުރައްވާނެ ކަމަށް ޔަގީންކުރައްވާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެގޮތަށް ދެންނެވީ މެންބަރުންގެ މެދުގައި އެކަމާ ގުޅިގެން ކަންބޮޑުވުންތަކެއް އޮތްކަން ހިއްސާ ކުރައްވާފައިވާތީ ކަމަށެވެ.

އޭގެއިތުރުން އަބަދުވެސް ޕީއެންސީގެ މެންބަރުން ދެއްވާ ތާއީދާއި އެއްބާރުލުމަށް އެމަނިކުފާނު ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިޔުން ވަނީ މިއަދު އިއްވައި، ބިލުގެ އިބްތިދާއީ ބަހުސް ވެސް ވަނީ ފަށާފަ އެވެ.

ބިލުގައި ގާނޫނު އަސާސީއަށް މައިގަނޑު ހަތަރު އިސްލާހެއް ވަނީ ހުށަހަޅައިފަ އެވެ. އެ ގޮތުން ފުރަތަމަ ހިމަނާފައިވަނީ ރާއްޖޭގެ ސަރަހައްދަށް ބަދަލެއް ގެނައުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހެދުމެވެ. އަދި, މެންބަރުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމަށެވެ.

އެ ބިލާ މެދު ޕީއެންސީ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުޅޭ ކަމަށް "އަދަދު" އަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ނަމަވެސް މިހާތަނަށް އެއްވެސް މެންބަރަކު ފާޅުގައި އެކަން ހާމައެއް ނުކުރައްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox