ސިޔާސީ މަގާމެއްގައި ހުރި ވަކީލަކަށް ޖިނާއީ މައްސަލައެއްގައި ވަކާލާތު ކުރެވޭނެ ކަމަށް ނިންމައިފި

ސިޔާސީ މަގާމެއްގައި ހުރި ވަކީލަކަށް ޖިނާއީ މައްސަލައެއްގައި ވަކާލާތު ކުރެވޭނެ ކަމަށް ނިންމައިފި

ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ރާގިބު އަހުމަދު، ސިޔާސީ މުވައްޒަފެއްގެ ގޮތުގައި ހުރެގެން ވެސް ދައުލަތާ ދެކޮޅަށް ވަކާލާތު ކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ދައުލަތުން ހިޔާނާތުގެ ދައުވާތަކެއް އުފުލާފައިވާ ހަސަން މަމްދޫހު (ކޭޕާކު މަންޑޭ) ގެ ވަކީލެއްގެ ގޮތުގައި ރާގިބު ވަކާލާތު ކުރާތީ، އެކަމަށް އިއުތިރާޒުކޮށް މައްސަލަ ހުށަހެޅީ ދައުލަތުންނެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ މަމްދޫހުގެ ވަކީލެއްގެ ގޮތުގައި ރާގިބަށް ވަކާލާތު ނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ދައުލަތުން ކުރި އިއުތިރާޒު ބަލައި ނުގަތުމަށެވެ.

ދައުލަތުން އިއުތިރާޒުކުރީ ސިޔާސީ މަގާމެއްގައި ހުރެގެން ޖިނާއީ މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ދައުލަތާ ދެކޮޅަށް ވަކާލާތުކުރުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށާއި، މީގެ ކުރިން ހައިކޯޓުން ވެސް އެގޮތަށް ކަނޑައަޅާފައިވާ ކަމަށް ބުނެ އެވެ. ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައަކީ ވެސް އެ ވަކީލު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާ ދެކޮޅަށް ވަކާލާތުކުރާ މައްސަލައެއް ކަމަށްވާތީ، ރާގިބަށް އެ މައްސަލައިގައި މަމްދޫހުގެ ވަކީލެއްގެ ގޮތުގައި ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ ސިޔާސީ މަގާމުތަކަށް އައްޔަން ކުރާ ނުވަތަ ދައުލަތުން މުސާރަ ދޭ މަގާމެއްގައި ދެމިހުރިހައި ހިނދަކު ދައުލަތާ ގުޅުންހުރި މައްސަލަތަކުގައި ދައުލަތާ ދެކޮޅަށް މަސައްކަތް ކުރުމަކީ އޭނާގެ ވަކީލު ކަމުގެ މަސްލަހަތު ދައުލަތުގެ މަސްލަހަތާ ފުށުއަރާ ހާލަތެއް ކަމަށާއި އެފަދަ މަގާމެއްގައި ހުރި ކަމަށް ބެލެވޭ ފަރާތެއް ބައިވެރިވާތީ އޭނާ ވަކީލެއްގެ ގޮތުގައި ރާގިބު ބަލައިގަތުމަށް ދައުލަތުން އިއުތިރާޒުކުރާ ކަމަށެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމީ މަސްލަހަތު ފުށުއަރާ މައްސަލައެއްގައި ވަކީލަކު ވަކާލާތުކުރާނަމަ އެކަން ބަލައި ފިޔަވަޅު އެޅުމަކީ ބާ ކައުންސިލްއަށް ލިބިގެންވާ ބާރެއް ކަމަށެވެ. ކޯޓުން އެމައްސަލަ ބަލައި ފިޔަވަޅު އަޅާނަމަ އެއީ ބާ ކައުންސިލަށް ލިބިގެންވާ ބާރަކަށް ކޯޓުން ވަނުން ކަމަށް ފަނޑިޔާރުގެ ނިންމުމުގައި ބުނެފައިވެ އެވެ.

މީގެ ކުރިން އެހެން މައްސަލައެއްގައި ރާގިބަށް ވަކާލާތުނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމާފައި އޮތް ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ، ކުރިން ހައިކޯޓުން ނިންމި ނިންމުމާ މިމައްސަލައިގެ ހަގީގަތްތައް ތަފާތުކަމަށެވެ.

ހައި ކޯޓުގައި ކުރިއަށް ދިޔަ މައްސަލައަކީ ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެކެވެ. އެ މައްސަލައިގައި ބަހުސްކޮށްފައި އޮތީ ކުޑަކުދިންގެ ހައްގުތަކަށް ރައްކާތެރިވުމަށް ދައުލަތުގެ މައްޗަށް އޮތް ޒިންމާ ތަމްސީލުކުރުމުގައި ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން އަދާކުރާ ދައުރަށް ބަލާއިރު، އެފަދަ މަގާމެއްގައި ހުރި މީހަކު އެ މައްސަލައިގައި ވަކާލާތުކުރުމުން މަސްލަހަތު ފުށުއަރާކަމާމެދުގަ އެވެ.

މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކަކީ އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ހާލަތުތަކެއްގައި ތަބާވާންޖެހޭ ނިންމުންތަކެއް ނޫން ކަމަށް މީގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ނިންމުމަކާ ހަވާލާ ދީ ކްރިމިނަލް ކޯޓުން ކަނޑައެޅީ ހައިކޯޓުގެ އެ ނިންމުމަކީ 'ޕާ އިންކިއުރިއަމް' ނުވަތަ އަމަލުކުރުން ލާޒިމުވާ ބާވަތުގެ ނިންމުމެއް ނޫން ކަމަށެވެ.

އެގޮތަށް ކަނޑައެޅުމުގައި ކޯޓުން ފާހަގަކޮށްފައި އޮތީ އެ ނިންމުން ގާނޫނީ ފަންނުގެ ގާނޫނުގެ ހަތް ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 151 ވަނަ މާއްދާގެ ހ. އާ ފުށުއަރާ ކަމަށް ފާހަގަކުރެއްވުމަށްފަހު އެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ ހަތް ވަނަ މާއްދާގައި އޮންނަނީ ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމުގެ ބާރު ލިބިގެންވަނީ ބާ ކައުންސިލަށް ކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 151 ވަނަ މާއްދާގެ ހ. ގައި އޮންނަނީ ވަކީލަކު ސުލޫކީ މިންގަނޑާ ހިލާފުވެއްޖެނަމަ އެ މައްސަލައެއް ބާ ކައުންސިލްއަށް ހުށަހެޅުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.

އެ މާއްދާތަކާ ހަވާލާދީ ކޯޓުން ބުނީ ވަކީލުގެ މައްސަލަ ބާ ކައުންސިލްއަށް ހުށަހެޅުމުގެ އިތުރުން އިތުރު ފިޔަވަޅެއް އެޅުމަކީ މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާ އިހުތިޔާރެއް ނޫން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox