ފިއޮރެންޓީނާ އިން ޑެހެއާގެ މުސާރަ ބޮޑުކޮށް ކޮންޓްރެކްޓް އާ ކުރަނީ

Nov 19, 2024, 10:45 AM
ފިއޮރެންޓީނާ އިން ޑެހެއާގެ މުސާރަ ބޮޑުކޮށް ކޮންޓްރެކްޓް އާ ކުރަނީ

ފްލޮރެންސް، އިޓަލީ (ނޮވެމްބަރު 19) - އެއްވެސް ޓީމަކާ ނުގުޅެ އެއް އަހަރު ކުޅުމާ ދުރުގައި ހުރި ސްޕެއިނުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ، އިޓަލީގެ ފިއޮރެންޓީނާ އަށް ބަދަލުވެ، ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން އޭނާގެ މުސާރަ ބޮޑުކޮށް ކޮންޓްރެކްޓް އާ ކުރަން އެ ކްލަބުން ނިންމައިފި އެވެ.

ޑެހެއާ, 34، ޔުނައިޓަޑާ ވަކިވީ އެ ކްލަބުގައި 12 އަހަރު ހޭދަކުރުމަށް ފަހު އެވެ. އެއްވެސް ކްލަބަކާ ނުގުޅި ހުރުމަށް ފަހު މި ސީޒަނުގައި ފިއޮރެންޓީނާ އަށް ބަދަލުވީ އެއް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

އެ އެއްބަސްވުމުގައި ވަކި މާއްދާތަކެއް ހިމަނާފައިވާއިރު، ޑެހެއާގެ މުސާރަ މިހާރު ލިބެމުން އަންނަ މިންވަރަށް ވުރެ ދެ ގުނަ ބޮޑުކުރަން ފިއޮރެންޓީނާ އިން ނިންމައިފިނަމަ، އެ އެއްބަސްވުން އިތުރު އެއް އަހަރަށް އާ ވާނެ މާއްދާ އެއް ވެސް އޮވެ އެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ފިއޮރެންޓީނާ އިން ނިންމީ އެ މާއްދާ އަށް ބަލައި، ޑެހެއޭގެ މުސާރަ ބޮޑުކޮށް ކޮންޓްރެކްޓް އާ ކުރާށެވެ. އެހެންކަމުން، އެއްބަސްވުން އާ ވުމާ އެކު، ޑެހެއާ އަށް ކުރިއަށް އޮތް ސީޒަނުގައި ލިބޭ މުސާރަ އަހަރަކަށް ހަތަރު މިލިއަން ޑޮލަރަށް އަރާނެ އެވެ.

ފިއޮރެންޓީނާ އަށް މި ފަހަރު 11 މެޗު ކުޅެ، ހަތަރު ކްލީންޝީޓް ފުރިހަމަކޮށްފައިވާ ޑެހެއާ ވަނީ ފިއޮރެންޓީނާ އިން މިލާން ބަލިކުރި މެޗުގައި ދެ ޕެނަލްޓީ މަތަކޮށްފަ އެވެ. އަދި މިދިޔަ ހަފްތާގައި ހެލަސް ވެރޯނާ ކޮޅަށް މޮއިސް ކީން ޖެހި ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ވެސް ޑެހެއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox