ޑޮލަރު މާރުކުރަން މަޖުބޫރުކުރުމާ ނަޝީދު ދެކޮޅު، "އަމިއްލަ ފައިސާއާ މެދު އަމަލުކުރާނެ ގޮތް ސަރުކާރަކަށް ނުނިންމޭނެ"

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ވިޔަފާރިން މިހާރު ވެސް ސަރުކާރަށް ޓެކުހާއި ކުލި ދައްކާ ކަމަށް ވިދާޅުވި -- ފޮޓޯ: އަަދަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ވިޔަފާރިން މިހާރު ވެސް ސަރުކާރަށް ޓެކުހާއި ކުލި ދައްކާ ކަމަށް ވިދާޅުވި -- ފޮޓޯ: އަަދަދު

މީހުންގެ އަމިއްލަ ފައިސާ އާމެދު އަމަލު ކުރަންވީ ގޮތް ސަރުކާރަކަށް ނުނިންމޭނެ ކަމަށާއި ޓެކްސް ދެއްކުމަށްފަހު ބާކީ ހުންނަ ފައިސާ ބަހައްޓާނެ ތަނަކާއި ހަރަދު ކުރާނެ ގޮތެއް ނިންމުމުގެ ހައްގު ރިސޯޓު ހިންގާ މީހުންނަށް އޮންނަންޖެހޭނެ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް ނަޝީދު ކުރެއްވި މެސެޖެއްގައި ވިދާޅުވީ ދައުލަތަށް ދައްކަންޖެހޭ ޓެކްސްތައް ދެއްކުމަށްފަހު ހުންނަ ފައިސާ އަކީ އެމީހުންގެ އަމިއްލަ ފައިސާ ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުމަކީ، އެމީހެއްގެ އަމިއްލަ ފައިސާ އާމެދު އަމަލު ކުރަންވީ ގޮތް ސަރުކާރުތަކަށް ނިންމައެއް ނުދެވޭނެ އޭ، ރިސޯތުތަކުގެ ވެރިން، އެމީހުން ދައްކަންޖެހޭ ޓެކްސް ދައްކާ، ދެން ބާކީ އޮންނަނީ އެމީހުންގެ ފައިދާ، އެ ފައިސާ ބަހައްޓާނެ ތަނަކާއި ހަރަދު ކުރާނެ ގޮތެއް ނިންމުމުގެ ހައްގު އެމީހުންނަށް އޮންނަންޖެހޭނެ،" ނަޝީދު ލިޔުއްވާފައިވެ އެވެ.

ނަޝީދު ވިދާޅުވީ ގަވާއިދާ ގާނޫނު ހަދައިގެން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އެއްވެސް ސަރުކާރަކަށް އިތުރު ކުރެވިފައި ނުވާކަން އެއީ ހަގީގަތް ކަމަށެވެ.

"ވިޔަފާރިއެއްގެ ފައިސާ ބަހައްޓާނެ ތަނެއް އެމީހުން ކަނޑައަޅަނީ އިތުބާރުގެ މައްޗަށް ބިނާކޮށް،" ނަޝީދު ލިޔުއްވި އެވެ.

ރާއްޖޭގެ މާލީ ހާލަތުގެ މައްޗަށް އަލި އަޅުއްވައިލައްވައި ނަޝީދު ވިދާޅުވީ 2018 އާ ހަމައަށް އައި އައިއިރު، ރާއްޖޭގެ ދަރަނި ރީސްޓްރަކްޗާ ކުރަންޖެހޭކަން އެންމެންނަށް ވެސް އެނގޭ ކަމަށެވެ. އަދި، އެމްޑީޕީން ވެރިކަމަށް އައީ ވެސް އެ ވައުދާ އެކުކަން ނަޝީދު ފާހަގަ ކުރެއްވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ އެމްޑީޕީން ވެސް ވެރިކަން ނިންމައިލީ އެ ވައުދުގެ މަތިން ހަނދާން ނައްތާލައިގެން ތިބެ ކަމަށެވެ. އެގޮތުން ސަނީ ސައިޑް ބޮންޑު ދެއްކީ ސުކޫކު ވިއްކައިގެން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ބޭރަށް ދައްކަންޖެހޭ ދަރަނި އިންތިހާއަށް އެބަހުރިކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރުން ނޫން ގޮތެއް ރާއްޖެއަށް ނެތް ކަމަށެވެ.

"ކިތަންމެ ވަރަކަށް ޓެކްސް ބޮޑު ކުރިއަސް ރާއްޖެގެ ދަރަނި މެނޭޖެއް ނުކުރެވޭނެ، ޖެހޭނީ ރީސްޓްރަކްޗާ ކުރަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މި މޭރުމުން ވާހަކަދައްކަވާފައިވާއިރު، އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ދަ ޑިމޮކްރެޓްސް އިން އިއްޔެ ވަނީ ބޭރު ފައިސާއާބެހޭ ގަވާއިދަށް އަމަލު ކުރުން މަޑުޖައްސައިލުމަށް އެމްއެމްއޭއަށް ގޮވާލައިފަ އެވެ.

ޑިމޮކްރެޓްސް އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޓޫރިޒަމް ވިޔަފާރި ހިނގާ ގޮތުގެ އާންމު ހަގީގަތަށް ރިއާޔަތްކުރުމެއް ނެތި އެމްއެމްއޭއިން އެކުލަވާލައިފައިވާ ބޭރު ފައިސާއާ ބެހޭ ގަވާއިދުގައި މިހާރު އޮތްގޮތަށް އެއް އަދަދެއް ހުރިހާ ޓޫރިޒަމް އެސްޓެބްލިޝްމަންޓަކުން މާރުކުރާނަމަ، ބަޖެޓް އަދި މިޑްމާކެޓް ގިނަ ހޮޓާ،ތަކާއި ރިޒޯޓް އަދި ގެސްޓްހައުސްތަކުގެ ވިޔަފާރި ހަލާކުވެ ބަންދުކުރަން ޖެހިދާނެ ކަމަށެވެ.

މިިދިޔަ އޮކްޓޯބަރު 1، ގައި އެމްއެމްއޭއިން އިއުލާނު ކުރި ގަވާއިދުގައިވާ ގޮތުން ރާއްޖޭގެ ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން މަޖުބޫރުވެ އެވެ.

ނަމަވެސް އެ ގަވާއިދަށް އަމަލު ނުކުރާނެކަން ރާއްޖޭގެ 50 އަށްވުރެ ގިނަ ރިސޯޓުގެ ވެރިން ވަނީ އެމްއެމްއޭއަށް އަންގައިފަ އެވެ. އޭގެތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލު މެނޭޖިން ޑިރެކްޓަރަކަށް ހުރި ޕަލްސް ކުންފުންޏާއި، އެމްޔޫ މުހައްމަދު އުމަރު މަނިކުގެ ޔުނިވާސަލް އަދި މުހައްމަދު މޫސާ (އުއްޗު)ގެ ރިސޯޓުތައް ހިމެނެ އެވެ.

ގުޅޭ ބައެއް ލިޔުންތައް

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox