ޑޮލަރު މާރުކުރުން ލާޒިމުކުރާ މައްސަލައިގައި މަޖިލީހުން ޓޫރިޒަމް ދާއިރާއާއެކު ބައްދަލުކުރަން ހުށަހަޅައިފި

މަޓީގެ އަހަރީ އާންމު ބައްދުވުމެއްގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިން. -- ފޮޓޯ: މަޓީ

މަޓީގެ އަހަރީ އާންމު ބައްދުވުމެއްގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިން. -- ފޮޓޯ: މަޓީ

ޑޮލަރު މާރުކުރުން ލާޒިމުކުރާތީ ހުރި ޓޫރިޒަމް ދާއިރާގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން އެ ދާއިރާގެ ވިޔަފާރިވެރިންނާއެކު ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީން ބައްދަލުވުމެއް ބޭއްވުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ އަބްދުއްރަހީމް އަށް އެޑްރެސް ކުރައްވައި، މުހައްމަދު އިބްރާހިމް މިއަދު ފޮނުއްވި ސިޓީގައި ވަނީ ޓޫރިސްޓު ފެސިލިޓީތަކަށް ލިބޭ ޑޮލަރުން ވަކި މިންވަރެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ލާޒިމުކުރުމުން ޓޫރިޒަމް ވިޔަފާރީގައި ހަރަކާތްތެރިވާ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުން ހިރި ކަމަށެވެ.

"ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ތެރެއިން ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓު ހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރުކުރަން ލާޒިކޮށްފައިވާތީ ޓޫރިޒަމް ސިނާއަތުގައި އެކަމާމެދު ނުހަނު ބޮޑަށް ކަންބޮޑަުވުން އޮތް ކަމަށް ދެކެމެވެ،" އޭނާ ގެ ސިޓީގައިވެ އެވެ.

އެކަމާ ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ.

ޑޮލަރު ތާށިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދާއި ބޭރު ފައިސާއާ ބެހޭ ގަވާއިދަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބަދަލު ގެނައީ ހުށަހެޅި އެއްވެސް ކަންބޮޑުވުމަކަށް އިޖާބަ ނުދީ ކަމަށް ރިސޯޓު ވިޔަފާރިވެރިންގެ ޖަމިއްޔާ، މަޓީން ބުނެފައިވެ އެވެ.

މި ބަދަލުތައް ގެނައީ ޓޫރިޒަމް ދާއިރާގެ މަސްލަހަތުވެރިންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ. އެހެން ނަމަވެސް, މަޓީން އޮކްޓޯބަރު 3 ގައި ނެރުނު ބަޔާނެއްގައި ބުނީ އެކަން އެގޮތަށް ހިނގާފައި ނުވާ ކަމަށް ބުނެފައިވެ އެވެ.

މެންބަރު މުހައްމަދު އިބްރާހީމް، މަޖިލީހުގެ ރައީސް އަށް ފޮނުއްވި ސިޓީގައި ވަނީ އެމްއެމްއޭގެ އެ ގަވާއިދަކީ ޓޫރިޒަމް ސިނާއަތުގެ ވިޔަފާރީގެ ހަގީގަތްތަކާ ދުރު ދިވެހިރާއްޖޭގެ މި ވަގުތުގެ އިގުތިސާދީ ހާލަތާ ނުބައްދަލު ގަވާއިދެއް ކަމަށެވެ.

މި ގަވައިދާމެދު ކަންބޮޑުވުން ހުރުމުން ޑޮލަރު މާރު ނުކުރާނެ ކަމަށް ބައެއް ރިސޯޓުތަކުން އެމްއެމްއޭއަށް އަންގާފައިވާ ކަމަށް، ރިސޯޓު ހިންގާ ބައެއް ވެރިން އަދަދު ނޫހަށް ވިދާޅުވި އެވެ.

"ދެންނެވުނު ގަވާއިދާއި އަދި އެ ގަވާއިދާ ގުޅޭ ގޮތުން މިހާތަނަށް ކަން ހިނގާފައިވާ ގޮތް ސާފުކުރުމަށާއި ޓޫރިޒަމް ސިނާއަތުގެ ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުން ދެނެގަތުމަށްޓަކައި ޓޫރިޒަމް ސިނާއަތުގެ ހަރަކާތްތެރިވާ ވިޔަފާރިތަކާއި އަދި ވިޔަފާރިވެރިންނާ ބައްދަލުކޮށް، އާންމުނކޮށް ހުޅުވާއިލައިގެން ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކިމިޓީން އެ ފަރާތްތަކުގެ އަޑު އެހުމުގެ ބައްދަލުވުމެއް ވަރަށް އަވަހަށް އިންތިޒާމުކޮށް ދެއްވިމަށް ދެންނެވީ މެވެ،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

ރާއްޖޭގެ 173 ރިސޯޓަކުން ޑޮލަރު މާރުކުރަން އެމްއެމްއޭގައި ރެޖިސްޓަރީކޮށްފައިވާ ކަމަށް އެމްއޭއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox