ޕީއެންސީގެ ކެންޑިޑޭޓުންގެ ލިސްޓު ގަޑުބަޑުވީ އިދާރީ އޮޅުމަކުން ކަމަށް ހަދައި އާ ލިސްޓެއް ނެރެނީ

ޕީއެންސީގެ ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ އިސް ވެރިން. -- ފޮޓޯ: ޕީއެންސީ

ޕީއެންސީގެ ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ އިސް ވެރިން. -- ފޮޓޯ: ޕީއެންސީ

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގުރެސް ޕާޓީ (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބަށް ކުރިމަތިލީ ބައެއް ކެންޑިޑޭޓުންގެ ނަންތައް އުނިކޮށް، ކުރިމަތި ނުލާ ބައެއް މީހުންގެ ނަން އިތުރުކޮށް ކެންޑިޑޭޓުންގެ ލިސްޓު ގަޑުބަޑުކޮށްފައިވާ ކަމަށް ބުނެ އެ ޕާޓީގެ މެންބަރުން އެކަމާ ކަންބޮޑުވުން ފާޅުކުރަން ފެށުމުން، އެއީ "އިދާރީ އޮޅުމެއް" ކަމަށް ހަދައި، އިއްޔެ އާންމުކުރި ކެންޑިޑޭޓުންގެ ލިސްޓު ބާތިލުކޮށްފި އެވެ.

މައްސަލަ ހޫނުވުމުން ރޭ ޕީއެންސީން އާންމުކުރި ބަޔާނުގައި ބުނީ އާންމުކުރި "އެ ލިސްޓުގައި އިދާރީ މައްސަލަތައް ކޮންމެ ވެސް ވަރަކަށް ހުރިކަން ވަނީ ފާހަގަ ކުރެވިފަ" ކަމަށެވެ.

އެ ލިސްޓު މުރާޖައާކޮށް، ޝަރުތުތަކާއި އިޖުރާއަތު ފުރިހަމަވާ ކެންޑިޑޭޓުންގެ ފުރިހަމަ ލިސްޓެއް ނޮވެމްބަރު 16 ވަނަ ދުވަހުގެ ކުރިން އާންމު ކުރާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ޕީއެންސީގެ އެތެރޭގެ އިންތިހާބަށް ކުރިމަތިލި މީހުންގެ ލިސްޓު އިއްޔެ އިއުލާނު ކުރިއިރު، ބައެއް ދާއިރާތަކަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ނަންތައް ވަނީ އުނިކޮށްފަ އެވެ. އަދި ބައެއް މީހުން ކުރިމަތިލީ ދާއިރާ ނޫން އެހެން ދާއިރާތަކަށް ބަދަލު ކޮށްފައި ހުރި ކަމަށް ތުހުމަތުކޮށް ޕީއެންސީގެ ބައެއް މެންބަރުން މި ނޫހަށް މައުލޫމާތު ދިނެވެ.

"ވޯޓު ކަރުދާހުން ފާހަގަ ވެއްޓޭގޮތަށް މިއިނީ ހުޅުމާލެ މެދު ދާއިރާގެ ނައިބު [ރައީސް ކަމުން] ހުޅުމާލެ ދެކުނު ރައީސް ކަމަށް ބަދަލުވެފައި، ސަނީހު އަކީ [ހުޅުމާލެ] މެދު ދާއިރާގެ ނައިބު ރައީސް ކަމަށް ލާފައި ހުރި މީހެއް، ދެން މި ދާއިރާގެ ރައީސް ކަމަށް ކުރިމަތިލީ ޝާނީޒު ހާޝިމްގެ ނަމެއް ނެތް ލިސްޓުގައެއް،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކި ޕީއެންސީ މެންބަރަކު ބުންޏެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ ރައީސްގެ މަގާމަށް ކުރިމަތިލާފައިވާ ކަމަށް ޕީއެންސީން އާންމު ކުރި ލިސްޓުން ފެންނަން އޮތީ އަހުމަދު ސަނީހު ހަނީފުގެ ނަން އެކަންޏެވެ. ނަމަވެސް މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރި ޝާނީޒް ހާޝިމް ވެސް އެ ދާއިރާއަށް ކުރިމަތިލި ކަމަށް މި ނޫހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

އެ ދާއިރާގެ އިތުރުން މާފަންނު އުތުރު ދާއިރާގެ ރައީސް ކަމަށް ކުރިމަތިލި އިސްމާއިލް އަބްދުއްރަހީމްގެ ނަން ވެސް ވަނީ މިއަދު އިއުލާނު ކުރި ކެންޑިޑޭޓުންގެ ލިސްޓުން އުނިކޮށްފަ އެވެ.

ޕީއެންސީން އާންމުކުރި ލިސްޓުގައި އެ ދާއިރާއަށް ކުރިމަތިލާފައިވާ ކަމަށް ފެންނަން އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އާއިލީ ގުޅުން އޮންނަ، ރައީސް އޮފީހުގެ މިނިސްޓަރު، އަލީ އާރިފްގެ ނަން އެކަންޏެވެ. އޭގެ އިތުރުން ބައެއް އެހެން ދާއިރާތަކަށް ކުރިމަތިލީ މީހުންގެ ނަންތައް ވެސް އުނިކޮށްފައިވާ ކަމަށް މި ނޫހަށް މައުލޫމާތު ދިން ޕީއެންސީގެ މެންބަރުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox