ޕީއެންސީ އެތެރޭގެ އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ލިސްޓު ގަޑުބަޑުކުރި ކަމުގެ ކަންބޮޑުވުން!

ޕީއެންސީގެ ހަރުގެ ޖަލްސާއެއްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ޕީއެންސީ

ޕީއެންސީގެ ހަރުގެ ޖަލްސާއެއްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ޕީއެންސީ

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގުރެސް ޕާޓީ (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބަށް ކުރިމަތިލީ ބައެއް ކެންޑިޑޭޓުންގެ ނަންތައް އުނިކޮށް، ކުރިމަތި ނުލާ ބައެއް މީހުންގެ ނަން އިތުރުކޮށް ކެންޑިޑޭޓުންގެ ލިސްޓު ގަޑުބަޑުކޮށްފައިވާ ކަމަށް ބުނެ އެ ޕާޓީގެ މެންބަރުން އެކަމާ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ޕީއެންސީގެ އެތެރޭގެ އިންތިހާބަށް ކުރިމަތިލި މީހުންގެ ލިސްޓު މިއަދު އިއުލާނު ކުރިއިރު، ބައެއް ދާއިރާތަކަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ނަންތައް ވަނީ އުނިކޮށްފަ އެވެ. އަދި ބައެއް މީހުން ކުރިމަތިލީ ދާއިރާ ނޫން އެހެން ދާއިރާތަކަށް ބަދަލު ކޮށްފައި ހުރި ކަމަށް ތުހުމަތުކޮށް ޕީއެންސީގެ ބައެއް މެންބަރުން މި ނޫހަށް މައުލޫމާތު ދިނެވެ.

"ވޯޓު ކަރުދާހުން ފާހަގަ ވެއްޓޭގޮތަށް މިއިނީ ހުޅުމާލެ މެދު ދާއިރާގެ ނައިބު [ރައީސް ކަމުން] ހުޅުމާލެ ދެކުނު ރައީސް ކަމަށް ބަދަލުވެފައި، ސަނީހު އަކީ [ހުޅުމާލެ] މެދު ދާއިރާގެ ނައިބު ރައީސް ކަމަށް ލާފައި ހުރި މީހެއް، ދެން މި ދާއިރާގެ ރައީސް ކަމަށް ކުރިމަތިލީ ޝާނީޒު ހާޝިމްގެ ނަމެއް ނެތް ލިސްޓުގައެއް،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކި ޕީއެންސީ މެންބަރަކު ބުންޏެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ ރައީސްގެ މަގާމަށް ކުރިމަތިލާފައިވާ ކަމަށް މިއަދު ޕީއެންސީން އާންމު ކުރި ލިސްޓުން ފެންނަން އޮތީ އަހުމަދު ސަނީހު ހަނީފުގެ ނަން އެކަންޏެވެ. ނަމަވެސް މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރި ޝާނީޒް ހާޝިމް ވެސް އެ ދާއިރާއަށް ކުރިމަތިލި ކަމަށް މި ނޫހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

އެ ދާއިރާގެ އިތުރުން މާފަންނު އުތުރު ދާއިރާގެ ރައީސް ކަމަށް ކުރިމަތިލި އިސްމާއިލް އަބްދުއްރަހީމްގެ ނަން ވެސް ވަނީ މިއަދު އިއުލާނު ކުރި ކެންޑިޑޭޓުންގެ ލިސްޓުން އުނިކޮށްފަ އެވެ.

ޕީއެންސީން މިއަދު އާންމުކުރި ލިސްޓުގައި އެ ދާއިރާއަށް ކުރިމަތިލާފައިވާ ކަމަށް ފެންނަން އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އާއިލީ ގުޅުން އޮންނަ، ރައީސް އޮފީހުގެ މިނިސްޓަރު، އަލީ އާރިފްގެ ނަން އެކަންޏެވެ.

އޭގެ އިތުރުން ބައެއް އެހެން ދާއިރާތަކަށް ކުރިމަތިލީ މީހުންގެ ނަންތައް ވެސް އުނިކޮށްފައިވާ ކަމަށް މި ނޫހަށް މައުލޫމާތު ދިން ޕީއެންސީގެ މެންބަރުން ބުންޏެވެ.

އެކަމަ ގުޅޭ ގޮތުން ޕީއެންސީގެ މައުލޫމާތު ހޯދުމަށް ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް، ޒީނާޒް އަދުނާނަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވާތީ އެ ޕާޓީގެ ރަސްމީ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ލިސްޓާއެކު މިއަދު އެ ޕާޓީން ނެރުނު އިއުލާނުގައި ބުނެފައި ވަނީ އެ ލިސްޓުގައި ހުރި ނަންތަކަކީ އިންތިހާބުގައި ވާދަކުރަން ހުށަހެޅު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ކަމަށެވެ.

"2024 ނޮވެމްބަރު 23 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީގެ ދާއިރާތަކުގެ އިންތިހާބުުގައި ވާދަކުރަން ހުށަހަޅާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތުތަކާއި އިޖުރާއަތު ފުރިހަމަވެފައިވާ ފަރާތްތަކުގެ ލިސްޓު އާންމު ކުރަން،" ޕީއެންސީގެ އިއުލާނުގައި ބުނެފައިވެ އެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރަން ނަން ހުށަހެޅި ބައެއް ކެންޑިޑޭޓުންގެ ނަންތައް މިއަދު އާންމު ކުރި އިއުލާނުގައި ނެތް ކަމަށް ބުނެ ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، އެ އިންތިހާބު ބޭއްވުން ވަނީ ދެ ފަހަރެއްގެ މަތިން ލަސްކޮށްފަ އެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ތާވަލު ކުރީ މިދިޔަ އޮކްޓޯބަރު 19، އަށެވެ. ނަމަވެސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ބޭނުންވާ ކަމަށް ބުނެ ނޮވެމްބަރު 9، އަށް ފަސް ކުރުމަށްފަހު، އިންތިހާބު މިހާރު ބާއްވަން ނިންމާފައިވާ ނޮވެމްބަރު 23، އަށް އިންތިހާބު އަނެއްކާ ވެސް ފަސް ކުރީ އެވެ.

މީގެ ކުރިން ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމަށް ހުށަހެޅި ބައެއް ކެންޑިޑޭޓުންގެ ނަން އުނި ކުރުމުން ކަންބޮޑުވުން އުފެދި އޭގެ ތެރެއިން ބައެއް މީހުން އަމިއްލަ ގޮތުން މަޖިލިސް އިންތިހާބުގައި ވާދަ ވެސް ކުރި އެވެ.

އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްރަހުމާން އަކީ އެފަހަރު ޕާޓީގެ ޓިކެޓު އަތުލުމުން މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކޮށް ކާމިޔާބު ކުރި މެންބަރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox