ބިލު އޮތްގޮތަށް ފާސްކޮށްފިނަމަ މީޑިއާގެ މިނިވަންކަން ގެއްލޭނެ: ހިރިގާ

އަހުމަދު ޒާހިރު (ހިރިގާ): ބިލު އޮތްގޮތަށް ފާސްކޮށްފިނަމަ މީޑިއާގެ މިނިވަންކަން ގެއްލޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

އަހުމަދު ޒާހިރު (ހިރިގާ): ބިލު އޮތްގޮތަށް ފާސްކޮށްފިނަމަ މީޑިއާގެ މިނިވަންކަން ގެއްލޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި އަލަށް އުފައްދާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެޖޯރިޓީ ސަރުކާރު އަތުގައި އޮވެއްޖެނަމަ ރާއްޖޭގައި މީޑިއާގެ މިނިވަންކަން ނޯންނާނެ ކަމަށް ރާއްޖޭގައި ފާހަގަކޮށްލެވޭ ސީނިއާ ނޫސްވެރިއެއް ކަމަށްވާ އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވެއްޖެ އެވެ.

ހަތް މެންބަރުންގެ މައްޗަށް އާ ކޮމިޝަން އެކުލަވާލާއިރު، ހަތަރު މެންބަރުން އައްޔަން ކުރަނީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުވައިގެން މަޖިލީހުގެ ރުހުމާއެކު އެވެ. ތިން މެންބަރުން ހޮވަނީ މީޑިއާތަކުގެ މެދުގައި ބާއްވާ އިންތިހާބަކުންނެވެ. އަދި މީޑިއާ ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ހިރިގާ "އަދަދު" އަށް ވިދާޅުވީ އާ ކޮމިޝަނުގައި ކޮމްޕޮޒިޝަން އޮންނަން ޖެހޭނީ ތިންބައިކުޅަ ދެބައި އޮންނަން ޖެހޭނީ މީޑިއާތަކަށް ކޮންޓްރޯލް އޮންނަ ގޮތަށް ކަމަށާއި ސަރުކާރުގެ ބައިވެރިވުމެއް ކޮމިޝަނުގައި ބާއްވަން ބޭނުންވާނަމަ ލާން ޖެހޭނީ ތިން ބައިކުޅަ އެއްބައި މެންބަރުން ކަމަށެވެ.

"މެޖޯރިޓީ އެއްވެސް ހާލެއްގައި އޮވެއްޖެއްޔާ އޭގެ މާނައަކީ ފްރީ މީޑިއާއެއް ހިންގުމަށް އޮންނަ ދައުރު ގެއްލެނީ. ތިންބައިކުޅަ ދެބައި މީޑިއާތަކަށް އޭގެ ކޮންޓްރޯލް އޮންނަ ގޮތަށް ކޮމްޕޮޒިޝަން ފޯމްވާން ޖެހޭނީ،" ހިރިގާ ވިދާޅުވި އެވެ.

މީޑިއާކައުންސިލްގެ ގާނޫނަކީ ސެލްފް ރެގިއުލޭޓް ކުރެވޭ ގޮތަށް އޮތް ރަނގަޅު ގާނޫނެއްކަން ފާހަގަ ކުރައްވާ ހިރިގާ ވިދާޅުވީ އެ ގާނޫނު ހަދާފައި ވަނީ އެތައް ބުރަ މަސައްކަތަކުން ބޭރުގެ ވެސް އެހީއާ އެކު ކަމަށެވެ.

ހިރިގާ ވިދާޅުވީ މީޑިއާ ކައުންސިލްގެ ގާނޫނަށް އެތައް އަހަރެއް ވެގެންދިޔައިރު އެ ގާނޫނަށް ދިމާވެފައި އޮތް މައްސަލަތަކަށް ވެސް އެޑްރެސް ނުކުރާ ކަމަށާއި ގާނޫނު ރަނގަޅަށް ތަންފީޒު ވެސް ނުކުރާ ކަމަށެވެ.

އޭގެއިތުރުން ހިރިގާ ވިދާޅުވީ ބިލު އޭގެ ޒާތުގައި އައިސްފައި އޮތީ ޑިމޮކްރަސީ ގަބޫލުކުރާ ހަމަތަކުގައި ފައިހަމަވާ ގޮތަށް ނޫން ކަމަށާއި ބިލުތައް އަންނަން ޖެހޭނީ ޑިމޮކްރަސީގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

"ވަރަށް ބޮޑު ކަންބޮޑުވުމެއް މި ރާއްޖޭގައި އަހަރުން ބަލައިގަންނަ ކަހަލަ ގާނޫނު އަސާސީ އާއި މަލްޓިޕާޓީ ޑިމޮކްރަސީއާ ފައިހަމަވާ ގޮތަކަށް ނޫން އެ ބިލު އެއޮތީ އޭގެ ޒާތުގައި. އަހަރެން ފަންޑަމެންޓަލީ ގަބޫލުކުރަނީ އަހަރެމެންގެ ޑިމޮކްރަސީގެ ބެސްޓް ޕްރެކްޓިސްތެރެއާ ފައިހަމަވާ ގޮތަށް ޕެރަލަލްވާ ގޮތަށް ބިލުތައް އަންނަން ޖެހޭނީ އޭގެ ޒާތުގައި. އެ ބިލަކީ މިދެންނެވި މަަފްހޫމާ ފިޓުވާ ބިލެއް ގޮތުގައި އަޅުގަނޑަށް ނުފެނޭ،" ހިރިގާ ވިދާޅުވި އެވެ.

ބިލު ހުށަހެޅިއިރު މީޑިއާ ދާއިރާގައި އުޅުއްވާ އެއްވެސް ބަޔަކާ މަޝްވަރާ ނުކުރާ ކަމަށާއި ދާއިރާއާ ގުޅޭ ބޮޑެތި ނިންމުންތައް ނިންމާއިރު ދާއިރާއާ ގުޅޭ މީހުންނާ މަޝްވަރާ ކުރަން ޖެހޭނެ ކަމަށް ވެސް ހިރިގާ ވިދާޅުވި އެވެ.

އެ ބިލްގައިވާ ގޮތުން އަލަށް އުފައްދާ މީޑިއާ ކޮމިޝަނުން ހަދާ ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ނޫހާއި މަޖައްސާ ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ވަކިވަކި ނޫސްވެރިން 5،000ރ. އާއި 10،000ރ. އާ ދެމެދުން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox