ބަންގްލަދޭޝްއިން ހަސީނާ ހޯދަން ރެޑް ނޯޓިސްއަކަށް އެދެނީ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ: ހަސީނާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސްއެއް ނެރުމަށް ވަނީ އިއުލާން ކޮށްފައި -- ފޮޓޯ: ރައީސް އޮފީސް

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ: ހަސީނާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސްއެއް ނެރުމަށް ވަނީ އިއުލާން ކޮށްފައި -- ފޮޓޯ: ރައީސް އޮފީސް

ބަންގްލަދޭޝްއިން އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސްއަކަށް އެދެން އުޅޭ ކަމަށް އެ ގައުމުން އިއްޔެ ބުނެފި އެވެ.

ބަންގްލަދޭޝްގެ ސަރުކާރުން ބުނީ ހަސީނާގެ އިތުރުން ރެޑް ނޯޓިސް ނެރެން ނިންމާފައި ވަނީ އެ ގައުމުގައި މިދިޔަ އޯގަސްޓުގައި ކުރިއަށްދިޔަ މުޒާހަރާތަކުގައި ހިނގި ކަންތައްތަކަށް ޒިންމާވާ މީހުންނަށް ކަމަށެވެ.

ބަންގްލަދޭޝްގެ ވެރިކަން ވެއްޓުނީ މިދިޔަ ޖުލައިއިން ފެށިގެން ކުރަމުންދިޔަ މުޒާހަރާތައް ކޮންޓްރޯލުން ނެއްޓުމާ ގުޅިގެންނެވެ. އެގޮތުން ހަސީނާ ވަނީ އިސްތިއުފާ ދެއްވުމަށްފަހު ގައުމު ދޫކުރުައްވާ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފަ އެވެ.

ޔުނިވާސިޓީގެ ދަރިވަރުން އިސްވެ އެ މުޒާހަރާތައް ކުރަން ފެށީ، އަސްކަރިއްޔާގައި މަސައްކަތްކޮށްފައިވާ މީހުންގެ ދަރިންނަށް ވަޒީފާގެ ކޯޓާތައް ދޭ އުސޫލު ކުރިން އޮތް ގޮތަށް ރުޖޫއަ ކުރުމާ ގުޅިގެންނެވެ. އަދި މުޒާހަރާތައް ހޫނުވީ ފުލުހުންނާއި ބައެއް އިދިކޮޅު ސަޕޯޓަރުން ދިން ހަމަލާތަކުގައި މުޒާހަރާގެ ބައިވެރިންތަކެއް މަރުވުމާ އެކީގަ އެވެ.

"ޖުލައި އަދި އޯގަސްޓް މަހުގައި ހިނގި ހަމަނުޖެހުންތަކުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވި ހާދިސާއާ ގުޅިގެން ޒިންމާވާ ފަރާތްތައް ހުރި ތަނަކުން އަނބުރާ ގައުމަށް ގެންނާނަން،" ބަންގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ލޯ އެޑްވައިޒަރު އާސިފް ނަޒްރުލް ވިދާޅުވި އެވެ.

ބަންގްލަދޭޝްގައި ސަރުކާރާ ދެކޮޅަށް ކުރިއަށްދިޔަ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކުގައި 700 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިންޓަޕޯލްއިން ރެޑް ނޯޓިސް ނެރެނީ ގައުމުތަކުން ހައްޔަރު ކުރުމުގެ އަމުރަކާ އެކު ނޯޓިސް ނެރެދިނުމަށް އެދުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މި އަހަރު ވެސް ސުލްހައިގެ އިނާމު ނުލިބުމުން ޓްރަމްޕްގެ ނުރުހުން

މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ނަވީ ޕިއްލޭއަށް ދިނުމަށް ނިންމި ނިންމުމަކީ "ލަދުވެތި" ނިންމުމެއް ކަމަށް ސިފަކުރައްވައި، އެ އިނާމު ލިބިވަޑައިނުގެންނެވުމުން ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ނޯބެލް ކޮމިޓީން މި އިނާމު ޕިއްލޭއަށް ދިނީ ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ކުރިއެރުވުމަށާއި އިންސާފު ހޯދައިދިނުމަށް އޭނާ ކުރެއްވި މުހިންމު މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ޕައިލެޓް ހަރުކަށި ފިކުރަށް ލެނބުނީ އޮސްޓްރޭލިއާގައި: ޔޫއޭއީ

ފްލައިދުބާއީގެ ބޯޓެއް ހައިޖެކްކޮށް އިޒްރޭލަށް ވައްޓާލަން އުޅުނު އޮމާންގެ ކޯ-ޕައިލެޓް ހަރުކަށި ފިކުރަށް ލެނބުނީ އޮސްޓްރޭލިއާގައި ކިޔަވަން އުޅުނު ދުވަސްވަރު ކަމަށް ޔޫއޭއީން ހާމަކޮށްފިއެވެ. ސެޕްޓެމްބަރު 11ގެ ހަމަލާތަކުން ހިތްވަރުލިބިގެން ކެޕްޓަނަށް ހަމަލާދިން މި ޕައިލެޓް ފަސިންޖަރުންގެ އެހީތެރިކަމާއެކު ވަނީ ހިފަހައްޓާފައެވެ. އޭނާ ހަރުކަށި ފިކުރުގެ ލިޔުންތަކާއި ޓެރަރިސްޓް ޖަމާއަތްތަކުގެ ވީޑިއޯތަކަށް ޝައުގުވެރިކަން އުފެދުނީ 2017 ވަނަ އަހަރުން ފެށިގެން ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ.

އައިސީސީ "ރޫޅާލުމަށް" ޓްރަމްޕްގެ ސަރުކާރުން ފިޔަވަޅު އަޅައިފި

އައިސީސީން އެމެރިކާގެ ރައްޔިތުންގެ މައްޗަށް ދައުވާ އުފުލަން މަސައްކަތްކުރާ ކަމަށް ބުނެ، އެ ކޯޓު "ރޫޅާލުމަށް" ޓްރަމްޕްގެ ސަރުކާރުން ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އިއުލާންކޮށްފިއެވެ. މުޅި މުއައްސަސާއަށް އަމާޒުކޮށް އެޅި މި ފިޔަވަޅުތަކުގެ ސަބަބުން ކޯޓުގެ މާލީ ހިންގުމަށް ހުރަސްއެޅޭނެތީ، މިއީ ބައިނަލްއަގުވާމީ ގާނޫނީ ނިޒާމަށް ދިން ހަމަލާއެއްގެ ގޮތުގައި އދ. އާއި އައިސީސީން ވަނީ ސިފަކޮށްފައެވެ.

އަމްބާނީއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލެއް

އެލޮން މަސްކްގެ ސްޓާލިންކް ޚިދުމަތް އިންޑިއާއަށް ތައާރަފުކުރުމަށް ހުރަސްއަޅަނީ މުކޭޝް އަމްބާނީ ކަމަށް ތުހުމަތުކޮށް، އޭނާއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލު އުފައްދައިފިއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރާއިރު، އަމްބާނީގެ ރިލަޔަންސް އާއި އެއާޓެލްއިން ދަނީ ސްޓާލިންކާ ގުޅިގެން ޚިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.

ދިއްލީ ބަންދުކޮށް އެތައް ހާސް ބަޔަކު ހައްޔަރުކޮށްފި

އިންޑިއާގެ އިލެކްޝަން ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ޒުވާނުން ފެށި އިހުތިޖާޖު ހުއްޓުވުމަށްޓަކައި، ދިއްލީގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ފުލުހުން އެތައް ހާސް ބަޔަކު ހައްޔަރުކޮށްފިއެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތް ހުއްޓުވުމަށް މުޅި ސަރަހައްދު ބަންދުކޮށް، މުވާސަލާތީ ހިދުމަތްތައް ކަނޑާލައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ފުލުހުންގެ ބަންދަށް ގެންގޮސްފައެވެ.

ތެލުގެ އަގު ދަށްކުރަން އެމެރިކާއިން ރަޝިއާގެ ޑީސަލް އެތެރެކުރަނީ

އެމެރިކާގައި ތެލުގެ އަގު ދަށްކުރުމަށްޓަކައި ރަޝިއާއިން ޑީސަލް އެތެރެކުރުމަށް އެމެރިކާއިން ނިންމައި، ރަޝިއާގެ ޑީސަލް އެކްސްޕޯޓަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް ވަގުތީގޮތުން ވަނީ ލުއިކޮށްދީފައެވެ. ނަމަވެސް، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ މި ނިންމުމަށް ފާޑުވިދާޅުވެ، މިއީ ހަނގުރާމަ ދިގުދަންމަން ކުރެވޭ އިންވެސްޓްމަންޓެއްގެ ގޮތުގައި ސިފަކުރައްވާފައިވާއިރު، އިނގިރޭސިވިލާތުން ވަނީ ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓާނެ ކަމަށް ބުނެފައެވެ.

ޕެރޫގެ އަވަށެއްގެ މޭޔަރުކަމަށް ހިޓްލަރު މުސޮލިނީ އިންތިހާބުވެއްޖެ

ސިމިއޯން އިންތިހާބުވީ 1،000 އަށްވުރެ މަދު މީހުން ދިރިއުޅޭ ސަރަހައްދެއްގެ މޭޔަރު ކަމަށް ވީނަމަވެސް، ދުނިޔޭގައި މަޝްހޫރުވި ދެ ފެސިސްޓް ޑިކްޓޭޓަރުންގެ ނަމުން އޭނާއަށް ނަން ދީފައިވުމުގެ ސަބަބުން، ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަން އެ ގައުމުގެ އެ ކުޑަ އަވަށަށް ވަނީ ހުއްޓިފަ އެވެ.

Newsletter

Get the latest news delivered straight to your inbox