މަތީ ދަރަޖަ ހޯދި 40 ފަރާތަކަށް ރައީސްގެ ހާއްސަ އިނާމު ދީފި

މަތީ ދަރަޖަ ހޯދި 40 ފަރާތަކަށް ރައީސްގެ ހާއްސަ އިނާމު ލިބުނު ފަރާތަކަށް އެމަނިކުފާނު އިނާމު އަރުވަނީ --- ފޮޓޯ: ރައީސް އޮފީސް

މަތީ ދަރަޖަ ހޯދި 40 ފަރާތަކަށް ރައީސްގެ ހާއްސަ އިނާމު ލިބުނު ފަރާތަކަށް އެމަނިކުފާނު އިނާމު އަރުވަނީ --- ފޮޓޯ: ރައީސް އޮފީސް

އެކި ރޮނގު ރޮނގުން ތައުލީމު ހާސިލްކުރުމުގައި މަތީ ދަރަޖަ ހޯދި 40 ފަރާތަކަށް ރައީސުލްޖުމްހުރިއްޔާ ދެއްވާ ހާއްސަ އިނާމު މިރޭ އަރުވައިފި އެވެ.

ޖުމްހުރީ ދުވަހުގެ ރަސްމީ ޖަލްސާގައި މި ފަރާތްތަކަށް ހާއްސަ އިނާމު އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މީގެތެރޭގައި ހިމެނެނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދި ދެ ބޭފުޅަކާއި، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެ މަތީ ވަނަ ހޯދައިފައިވާ 38 ބޭފުޅެކެވެ.

ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދައިފައިވާ 2 ބޭފުޅުން:

  1. ޑރ. އައިޝަތު ޝިނާ، މއ. ޑޯންލައިޓް
  2. ޑރ. ހަދީޖާ ރަޝީދު، ހުޅުމާލެ. ފްލެޓްނަންބަރު 03-ޖީ-89

ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެ މަތީ ވަނަ ހޯދައިފައިވާ 38 ބޭފުޅުން:

  1. އަލްއުސްތާޒާ އައިޝަތު އިބްރާހީމް، ކުރި، ތ. ގުރައިދޫ
  2. ފާތިމަތު ސަނާ، ޑޭޒީމާގެ، ތ. ކިނބިދޫ
  3. ފާޠިމަތު ޣާޒިޔާ ފަތުޙީ، އާބާދީގެ، ސ. ފޭދޫ
  4. ނީޝާ ނަޞީރު، ސަންފާކެޔޮގެ، ސ. ހިތަދޫ
  5. މަރިޔަމް ޝިއުނާ، މިސްކިތްމަގު. ވިދުން، ޏ. ފުވައްމުލައް
  6. އަލީ ފަރުހާން، ސަންސައިޑް، ލ. ފޮނަދޫ
  7. މޫސާ މާއިޝް އަބްދުﷲ، ރެކްސޯނާ، ގދ. ތިނަދޫ
  8. މާރިޔާ ޝައުކަތު، ހ. އެބޫދޫގެ
  9. އައިޝަތު ސަތީރާ މުހައްމަދު، ސުތުލިގެ، ސ. ހިތަދޫ
  10. އިބްރާހީމް ސާދިން، ޗާނދަނީގެ، ށ. މިލަންދޫ
  11. އަހުމަދު ރައިހާން، މއ. ހަލްކާ
  12. ސާޖަންޓު ޝާޔަދު ސައީދު، ޢަންދަލީބުގެ، ގއ. މާމެންދޫ
  13. އައިޝަތު ޔަޝްފާ ޔޫސުފް، މ.ކެޕްރިކޯން
  14. މުހައްމަދު އަފުރާޙު، ހިސާން، ހދ. ވައިކަރަދޫ
  15. މުހައްމަދު ރިޝްފާއު، ޕިންކްފްލާވަރ، ކ. ގުރައިދޫ
  16. ފާތިމަތު ޒަހްރާ، ވީވަރު، ށ. މާއުނގޫދޫ
  17. ސާޖަންޓު އިސްމާއިލް ޝަރީފް، ނިވާދޮށުގެ، ށ. މާއުނގޫދޫ
  18. މުހައްމަދު އަނަސް، މ. ހުވަނދުގަދަކޯޅިގެ
  19. އައިޝަތު ޢަފާ، މ. ބޮނޑިމާގެ
  20. އައިޝަތު އަމާނީ އަބްދުއްރަހުމާން، ދައުހަދާގެ، ޅ. ހިންނަވަރު
  21. އަލީ ޖައިޝަން އާމިރު، ހ. މާދޫވެހި
  22. ލީނާ ޒިޔާދު، މެޒޯ، ހދ. މަކުނުދޫ
  23. އާޒިފާ އަފީފު، ހެވަންލީހޭވަން، ގދ. ފިޔޯރީ
  24. އަލްއުސްތާޒާ ޝަޒްނާ އަޙްމަދު، ފުނާޑު. ލަގްޒަރީވިލާ، ޏ. ފުވައްމުލައް
  25. އަލްއުސްތާޒާ އައިޝަތު ނުހާ ހަމީދު، ހ. އުނިގަސްދޮށުގެ
  26. އަހުމަދު ޔައީޝް މުހައްމަދު، މ. ޖޭމު
  27. އިބްރާހީމް ޒައިދާން، އޮވަރސީޒް، ދ. ބަނޑިދޫ
  28. ރަޝްފާ މުހައްމަދު ހަބީބު، ތަރިވިދާގެ، ގއ. ދާންދޫ
  29. ހަސަން ޒަޔާން އައްޒާމް، މ. ކަރިޝްމާ
  30. މަރިޔަމް ޝާހީނާ، ހަރުމަލުގެ، ގއ. ގެމަނަފުށި
  31. އައިޝަތު އަހުލާ، އެތުމާގެ، ބ. އޭދަފުށި
  32. އައިމިނަތު ރިސްމާ، ދަފްތަރު. ނަންބަރު ރސ 4101، މާލެ
  33. ޑރ. ފާތިމަތު އަތުފާ، މެހެފިލް، ސ. ހިތަދޫ
  34. މަރިޔަމް ނަޝްވާ، މީނާޒް، ތ. ހިރިލަންދޫ
  35. އިބްރާހީމް މާހިލް މުހައްމަދު، މ. މަސްތާނު
  36. ޑރ. އާމިނަތު ޝިފްރާ، ހުޅުމާލެ ހިޔާ 15-19-10
  37. ޒަހާ މުހައްމަދު ޒިޔާދު، މ. މުރަނގަވިލާ
  38. އަހުމަދު ރުވައިދު ޒިޔާދު، މ. މުރަނގަވިލާ

މި ބޭފުޅުންނަށް އުސޫލުގެ ދަށުން ރައީސް އެރުއްވީ މެޑައްޔަކާއި، ހަނދާނީ ލިޔުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox