ވޭޕު އެތެރެކޮށް ބޭނުން ކުރުމާއި ވިޔަފާރި ކުރުން މަނާ ކުރާ ބިލު ކޮމިޓީން ފާސްކޮށްފި

ވޭޕު އެތެރެކޮށް ވިޔަފާރި ކުރުން މަނާކުރާ ބިލާ ދެކޮޅަށް މަޖިލިސް ދޮށުގައި ކުރިއަށް ގެންދިޔަ އިހުރިޖާޖެއް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ވޭޕު އެތެރެކޮށް ވިޔަފާރި ކުރުން މަނާކުރާ ބިލާ ދެކޮޅަށް މަޖިލިސް ދޮށުގައި ކުރިއަށް ގެންދިޔަ އިހުރިޖާޖެއް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ވޭޕާއި ވޭޕު ކުރުމަށް ބޭނުން ކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެ ކުރުމާއި ބޭނުން ކުރުމާއި ވިޔަފާރި ކުރުން މަނާކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބިލު، ކުދިކުދިި ބަދަލުތަކާއެކު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މިއަދު ހަވީރު ކުރިއަށް ގެންދިޔަ އިޖުތިމާއީ ކޮމިޓީގައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބިލުގެ ދިރާސާ ބަހުސްގެ ބޮޑު ބައި ގެންދިޔައީ މައިކް ނުޖައްސަ އެވެ. އެހެންކަމުން ކޮމިޓީގައި ކަން ހިނގައިދިޔަ ގޮތް އެހައި ސާފެއް ނުވި އެވެ.

ކުދިކުދި ބަދަލުތަކާއެކު އެ ބިލު ފާސްކުރީ ކޮމިޓީއަށް ހާޒިރުވީ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ވަކި ކޮޅަކަށް ވޯޓު ދޭން ނުފެންނަ ކަމަށް ތިން މެންބަރަކު ވޯޓު ދިނެވެ. އެއީ މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް އާއި ގަލޮޅު އިތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް އާއި އައްޑޫ މީދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުއްރަހުމާން އެވެ.

މިއަދުގެ ކޮމިޓީގައި އެހައި އަވަސް އަރުވާލައިގެން އެ ބިލު ފާސް ކުރުމުގެ ބަދަލުގައި ވަގުތު ދީގެން، ކަމާ ގުޅުންހުރި ފަރާތްތަކާ ވާހަކަދައްކައި ފަރާތްތަކުގެ ހިޔާލާއެކު ކުރިއަށް ދިޔުމަށް އަބްދުއްރަހުމާން އެދިވަޑައިގެންނެވި އެވެ.

ނަމަވެސް ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން އެކަމާ ދެކޮޅު ހައްދަވައި ވިދާޅުވީ މަޖިލީހުގެ މަސައްކަތަކީ ގާނޫނު އިސްލާހު ކުރުން ކަމަށެވެ. އެ އިސްލާހުތަކާ އެއްގޮތަށް ތަންފީޒު ކުރުމަކީ ތަންފީޒީ އިދާރާތަކަށް އޮންނަ ކަމެއް ކަމަށެވެ.

ބިލުގައިވާގޮތުން މި އިސްލާހާއެކު ރާއްޖެއަށް އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕު އަދި ވޭޕުކުރަން ބޭނުންކުރާ ތަކެތި އެތެރެކުރުން މިމަހުގެ 15 އިން ފެށިގެން މަނާ ވާނެ އެވެ. އަދި އެ ތަކެތި ބޭނުން ކުރުން އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާ ވާނެ އެވެ.

މި އިސްލާހު މަޖިލީހުގެ ތަޅުމުން ފާސް ކޮށްފިނަމަ ވޭޕާއި ވޭޕު ކުރަން ބޭނުން ކުރާ ތަކެތި ރާއްޖެއަށް އެތެރެ ކުރާ މީހަކު 50،000ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. އަދި، އެތެރެކުރާ ކޮންމެ ވޭޕަކަށް އިތުރު 10،000ރ. ގެ މަގުން ޖޫރިމަނާ އިތުރުކުރެވޭނެ އެވެ.

މީގެއިތުރުން، މި އިސްލާހާއެކު ރާއްޖޭގައި ވޭޕު ވިއްކާ ކޮންމެ ފަރާތެއް ޖޫރިމަނާ ކުރެވޭނީ 20،000ރ. އިންނެވެ. އަދި، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ ޖޫރިމަނާއެއް ކުރެވޭނެ ކަމަށްވެސް ބިލުގައިވެ އެވެ.

ވޭޕު މަނާކުރުމަށްފަހު ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000ރ. ގެ ޖޫރިމަނާއެއް އަދި ބޭނުންކުރާ ކޮންމެ މީހަކަށް 5،000ރ. ގެ ޖޫރިމަނާއެއް އަންނާނެ ކަމަށްވެސް ސަރުކާރުން ހުށަހެޅި ބިލުގައި ބުނެފައިވެ އެވެ.

ވޭޕު މަނާކުރުމުގެ އިތުރުން ސިނގިރޭޓު އަދި އެހެން ވަސީލަތްތައް ބޭނުންކޮށްގެން ދުންފަތުގެ އިސްތިއުމާލު ކުރުން ކޮންޓްރޯލް ކުރުމާއި ދުންފަތުގެ ބާވަތްތައް ރާއްޖެ އެތެރެކުރުމާއި ވަގަށް ސްމަގްލް ކުރުން ހުއްޓުވުމަށް ވެސް މި ބިލުގައި ގިނަ ކަންތައްތަކެއް ހިމަނާފައިވެ އެވެ.

އޭގެއިތުރުން ދެން މި ބިލުގައި ހިމެނެނީ ދުންފަތުގެ މުއާމަލާތް ކުރެވޭ އެންމެ ހަގު އުމުރަކީ 21 ކަމަށް ކަނޑައެޅުމަށް އޮތް އިސްލާހެކެވެ.

މި ބިލު ފާސްވެ ތަސްދީގުކުރުމަށް ނަގާ މުއްދަތުގައި ވޭޕާއި އިލެކްޓްރިކް ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރަން އެކްސްޕޯޓު އިމްޕޯޓުގެ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހަށް މިހާރު ވަނީ އަމަލު ކުރަން ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox