ނޫސްވެރިކަމުގެ އެވޯޑުގެ މާކްސް ޝީޓާއި ފަނޑިޔާރުންގެ ރިޕޯޓު އެމްއެމްސީން އާންމުކޮށްފި

އެމްއެމްސީގެ ރައީސް އަހުމަދު މުސްތަފާ: ނޫސްވެރިކަމުގެ އެވޯޑުގެ މާކްސް ޝީޓާއި ރުބްރިކްސް އަދި ފަނޑިޔާރުންގެ ރިޕޯޓު އެމްއެމްސީން ވަނީ މިރޭ އާންމުކޮށްފަ ---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އެމްއެމްސީގެ ރައީސް އަހުމަދު މުސްތަފާ: ނޫސްވެރިކަމުގެ އެވޯޑުގެ މާކްސް ޝީޓާއި ރުބްރިކްސް އަދި ފަނޑިޔާރުންގެ ރިޕޯޓު އެމްއެމްސީން ވަނީ މިރޭ އާންމުކޮށްފަ ---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އޮކްޓޯބަރު 28، ގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ދިން ނޫސްވެރިކަމުގެ އިނާމަށް އިންސާފުކުރި ފަނޑިޔާރުން އެކި ދާއިރާތަކަށް ދިން މާކްސްތަކުގެ ތަފުސީލާއި ރުބްރިކްސް އަދި ރުބްރިކްސް އަދި ފަނޑިޔާރުންގެ ރިޕޯޓު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އާންމުކޮށްފި އެވެ.

އެމްއެމްސީން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި މި ތަފުސީލުތައް އާންމުކުރީ، އިނާމުގެ އިންސާފުވެރިކަމާ ގުޅުވައި އެވޯޑުގެ ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅުން ނެރުއްވި ބަޔާނުގައި ކޮށްފައި ހުރި ތުހުމަތުތައް އެ ކައުންސިލުން ދޮގުކުރިތާ 24 ގަޑިއިރު ފަހުންނެވެ.

އެގޮތުން ހަ ފަނޑިޔާރުން އެކުލަވާލި ރިޕޯޓާއި ކޮންމެ ދާއިރާއަކަށް ހުށަހެޅުނު ލިޔުންތަކާއި އުފެއްދުންތަކަށް ލިބިފައިވާ މާކްސް އަދި ވަކި ވަކި ދާއިރާތަކަށް ކޮންމެ ފަނޑިޔާރަކު މާކްސް ދިނުމުގައި ބޭނުންކުރި ރުބްރިކްސްގެ ކޮޕީ އެމްއެމްސީން މިރޭ ވަނީ އާންމުކޮށްފަ އެވެ.

Advertisement

މިދިޔަ އަހަރު ދިން ހިޔާލުތައް އެމްއެމްސީން ބަލައިގަނެ ބައެއް ކަންކަން ރަނގަޅު ކޮށްފައިވާ ކަމަށާއި ނަމަވެސް އަންނަ އަހަރަށްވެސް ރަނގަޅު ކުރަން ޖެހޭ ބައެއް ކަންކަން ފަނޑިޔާރުންގެ ރިޕޯޓުގައި ފާހަގަކޮށްފަ އެވެ.

މި އަހަރުގެ އެވޯޑުގައި އެންމެ ބޮޑަށް މަޝްހޫރު ވެގެންދިޔައީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމަ، ސްރީ ލަންކާގެ ރައްޔިތެއްކަމުގައިވާ، ޖީ ސްކީލާން ރާއްޖޭން ބްލެކްލިޓުކޮށް ޑީޕޯޓުކޮށްލި ގޮތާއި އޭނާ ކުރި ތުހުމަތުތަކުގެ މައްޗަށް އަދަދު ނޫހުން ތައްޔާރުކުރި "ސްކީލާން" ގެ ނަމުގައި "އަދަދު" ނޫހުން ގެނެސްދިން ޑޮކިއުމެންޓަރީއަށް ވީޑިއޯ އޯޑިއޯ ކެޓެގަރީން ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާގެ އެވޯޑު ލިބުމެވެ.

އެ އެވޯޑު ދިނީ އެ ކެޓެގަރީއަށް އިންސާފު ކުރި ޕެނަލުގައި ހިމެނުނު ހުރިހާ ފަނޑިޔާރުން ސޮއިކޮށް ކައުންސިލަށް ފޮނުވި މާކުސް ޝީޓުގައި އެވޯޑު ލިބޭ ވަރަށް މާކުސް ލިބިފައި އޮތުމުން ކަމަށެވެ. އެކަން މިރޭ ނެރުނު ލިޔުންތަކުން ވަނީ ކަށަވަރުވެފަ އެވެ. ފަނޑިޔާރުން ސްކީލާން ޑޮކިއުމެންޓަރީއަށް ވަނީ ޖުމްލަ 69 މާކްސް ދީފަ އެވެ. އެވޯޑުގެ އުސޫލުގައިވާ ގޮތުން އެވޯޑު ލިބޭ އުފެއްދުމަކަށް އެންމެ މަދުވެގެން ލިބެން ޖެހެނީ 65 މާކުހެވެ.

މީގެއިތުރުން، ތަހުގީގީ ނޫސްވެރިކަމުގެ ރޮނގުން ނޫސްވެރިން ރިސްކީ، ބުރަ މަސައްކަތްތަކެއް ކޮށް ފެންވަރުމަތީ އުފެއްދުންތަކެއް ހުށަހަޅާފައިވާ ކަމަށްވެސް ފަނޑިޔާރުން ވަނީ އެ ފަރާތްތަކުގެ ރިޕޯޓުގައި ވިދާޅުވެފަ އެވެ.

މި ލިޔުންތައް އެމްއެމްސީން އާންމުކޮށްފައިވާއިރު، ނޫސްވެރިކަމުގެ އިނާމާ ގުޅޭ މައްސަލަތަކެއް ތަހުގީގު ކުރަން ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އިންވެސް އިއްޔެ ވަނީ އެ ކައުންސިލަށް ވަދެ މި ލިޔެކިޔުންތަކުގެ ކޮޕީތަކެއް ގެންގޮސްފަ އެވެ.

އަދި، މި މަހު 10 ގެ ކުރިން އެވޯޑާ ގުޅޭ އާންމު ރިޕޯޓެއް އެކުލަވާލާ ސްކީލާން ޑޮކިއުމެންޓަރީއަށް ދިން އެވޯޑު އަތުލުމާމެދު ގޮތެއް ނިންމަންވެސް އެމްއެމްސީން ވަނީ ނިންމާފަ އެވެ. އެ ރިޕޯޓު އަދި އާންމެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox