ނޫސްވެރިކަމުގެ އެވޯޑާ ގުޅިގެން ފަނޑިޔާރުން ނެރުނު ބަޔާނުގައި ކުރި ތުހުމަތުތައް އެމްއެމްސީން ދޮގުކޮށްފި

މީޑިއާ ކައުންސިލުގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ: މީޑިއާ ކައުންސިލް

މީޑިއާ ކައުންސިލުގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ: މީޑިއާ ކައުންސިލް

މިމަހުގެ 28، ގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ދިން ނޫސްވެރިކަމުގެ އިނާމުގެ އިންސާފުވެރިކަމާ ގުޅުވައި އެވޯޑުގެ ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅުން ނެރުއްވި ބަޔާނުގައި ކޮށްފައި ހުރި ތުހުމަތުތައް އެ ކައުންސިލުން ދޮގުކުރުމަށް ފަހު، ފަނޑިޔާރުންނަށް ވަރުގަދަ ރައްދެއް ދީފި އެވެ.

މީޑިއާ ކައުންސިލުން މިރޭ ނެރުނު ބަޔާނުގައި ބުނީ އެފަދަ ބަޔާނެއް ނެރެން ޖެހުނީ ކަން ހިނގާފައިވާ ގޮތުގެ ހަގީގަތް އޮޅޭ ގޮތަށް ވާހަކަތަކެއް ހިމަނައި ނޫސްވެރިކަމުގެ އެވޯޑު އިންސާފުވެރި ކޮށްދިން ފަނޑިޔާރުން "ސޮއި ކުރި ކަމަށް ބުނާ" ލިޔުމެއް ނެރެފައި ވާތީ ކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަ ކޮށްދިނުމަށް ކަމަށެވެ.

ޖުމުލަ 11 ނުކުތާއެއް ފާހަގަކޮށް ނެރެފައިވާ އެ ބަޔާނުގައި މީޑިއާ ކައުންސިލުން ވަނީ ނޫސްވެރިކަމުގެ އެއްވެސް ދާއިރާއަކުން އެވޯޑު ދިނުމުގައި އިނާމު ދިނުމުގެ އުސޫލާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

ސެޕްޓެމްބަރު 28، 2023 ގެ ބަޔާނަކީ ވަކި ނޫހަކަށް އަމާޒު ކުރި އެއްޗެއް ނޫން!

މީޑިއާ ކައުންސިލުން މިރޭ ނެރުނު ބަޔާނުގައި ބުނީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް އެންމެ ދުވަހަކަށްވެފައި އޮއްވައި އެ ކައުންސިލުން ނެރުނު ނޫސްބަޔާނަކީ ވަކި މީޑިއާއަކަށް ނުވަތަ ވަކި ކޮންޓެންޓަކަށް އަމާޒުކޮށް ނެރުނު ބަޔާނެއް ނޫން ކަމަށެވެ.

ފަނޑިޔާރުން ނެރުނު ކަމަށް ބުނާ ލިޔުމުގައި އެ ބަޔާނަކީ "އަދަދު" ނޫހުން މިދިޔަ އަހަރު ގެނެސްދިން "ސްކީލާން" ޑޮކިއުމެންޓަރީ އާ ގުޅުވައި ނެރުނު ބަޔާނެއް ކަމަށް ބުނެ ހަދާފައި ވަނީ ދޮގެއް ކަމަށް މީޑިއާ ކައުންސިލުގެ ބަޔާނުގައި ބުންޏެވެ.

"އެ ބަޔާން ނެރެން ޖެހުނީ ރިޔާސީ އިންތިހާބުގެ ތެރޭގައި ކެންޑިޑޭޓުންނަށް އަމާޒު ކޮށްގެން ބައެއް މީޑިއާތަުން ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފު ކޮންޓެންޓު ޝާއިއު ކުރާ ކަމަށް ތުހުމަތުކޮށް ލިބެމުންދިޔަ ޝަކުވާތަކާ ގުޅިގެން، އެއީ ވަކި ނޫހަކުން އާންމުކުރި ވަކި ކޮންޓެންޓަކަށް އަމާޒު ކޮށްގެން ނެރުނު ބަޔާނެއް ނޫން، އެއީ މައުލޫމާތު ފެތުރުމުގައި ޖުމުލަކޮށް މީޑިއާތަކުން ސަމާލުވުމަށް އިރުޝާދު ދީ ނެރުނު ބަޔާނެއް،" މީޑިއާ ކައުންސިލުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޝަރުތު ހަމަނުވާ ހުށަހެޅުން ޑިސްކޮލިފައި ކުރުމުގެ ބާރު ފަނޑިޔާރުންނަށް އޮތް

މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ މިނިވަން ކަމާއެކު މަސައްކަތް ކުރުމުގެ ޖާގަ ފަނޑިޔާރުންނަށް ދިނުމުގެ ގޮތުން އެވޯޑަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ހުށަހެޅުންތައް ޑިސްކޮލިފައި ކުރުމުގެ ބާރު ފަނޑިޔާރުންނަށް ދީފައި އޮތް ކަމަށެވެ.

އެގޮތުން މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލުގެ 28 ވަނަ މާއްދާގެ (ށ) ގެ ދަށުން، އިނާމަށް ހުށަހަޅާ ހުށަހެޅިމަކީ ޝަރުތުހަމަ ނުވާ ހުށަހެޅުމެއް ކަމަށް ކަނޑައެޅުމާއި ހުށަހެޅުމެއް ޑިސްކޮލިފައި ކުރުމުގެ ފުރިހަމަ ބާރު ހަމައެކަނި ލިބިގެންވަނީ ފަނޑިޔާރުންގެ ޕެނަލަށް ކަމަށް މީޑިއާ ކައުންސިލުގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެގޮތުން 11 ވަނަ ނޫސްވެރިކަމުގެ އިނާމުގެ އިޖުތިމާއީ ދާއިރާ އަދި ޝަރުއީ އަދި ގާނޫނީ ދާއިރާއަށް ހުށަހަޅާފައިވާ ބައެއް ހުށަހެޅުންތައް އެކަމާ ގުޅޭ ފަނޑިޔާރުންގެ ޕެނަލުން ޑިސްކޮލިފައި ކުރިކަން މިރޭ ނެރުނު ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

"އިނާމު ދިނުމުގެ ހަފުލާގައި އެވޯޑުތައް ހަވާލު ކުރުމާ ހަމައަށް ފަނޑިޔާރުންގެ ފަރާތުން އެއްވެސް ކަންބޮޑުވުމެއް އަދި ޝަކުވާއެއް މި ކައުންސިލަށް ހުށަހަޅައިފައެއް ނުވޭ، އަދި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފުލާގައި ފަނޑިޔާރުންގެ ފަރާރުން ވާހަކަފުޅު ދެއްކެވި ފަނޑިޔާރު، މުހައްމަދު ސަލީމްގެ ވާހަކަފުޅުގައި ވެސް މި އަހަރުގެ އެވޯޑުގެ މިނިވަންކަމާއި އިންސާފުވެރިކަމާއި ފުރިހަމަކަން ފާހަގަކުރައްވައި އެކަންކަމަށް ތައުރީފު ކުރެއްވި،" މީޑިއާ ކައުންސިލުގެ ބަޔާނުގައި ބުންޏެވެ.

"ސްކީލާން ޑޮކިއުމެންޓަރީ އާ ގުޅޭގޮތުން އެއްވެސް ސުވާލެއް އަދި މާކިން ރުބްރިކާ ގުޅޭ ކަންބޮޑުވުމެއް ފަނޑިޔާރުން ހިއްސާއެއް ނުކުރޭ

އެ ބަޔާނުގައި ބުނީ "ސްކީލާން" ޑޮކިއުމެންޓަރީ އާ ގުޅޭގޮތުން ފަނޑިޔާރުން އުފެއްދި ސުވާލުތަކަށް މީޑިއާ ކައުންސިލުން ޒިންމާދާރު ކަމާއެކު ޖަވާބު ދީފައި ނުވާ ކަމަށް ފަނޑިޔާރުން ނެރުނު ބަޔާނުގައި ތުހުމަތު ކުރި ނަމަވެސް އެފަދަ އެއްވެސް ސުވާލެ އެ ޑޮކިއުމެންޓަރީ އާ ގުޅުވައި ކައުންސިލާ ނުކުރާ ކަމަށެވެ.

އަދި އިނާމަށް ހުށަހެޅި ހުށަހެޅުންތަކާ މެދު ގޮތް ނިންމުމުގެ ބާރު އޮތީ ފަނޑިޔާރުންނަށް ކަމަށް ވާތީ އެފަދަ ކަމެއްގައި ކައުންސިލާ މަޝްވަރާ ކުރަން ނުޖެހޭނެކަން ވެސް މީޑިއާ ކައުންސިލުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އޭގެއިތުރުން "ސްކީލާން" ޑޮކިއުމެންޓަރީއަށް އެވޯޑު ލިބުނު ވީޑިއޯ އޯޑިއޯ ކެޓެގަރީން ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާގެ މާކިން ރުބްރިކުގައި ތަހުގީގީ ނަޒަރަކުން އެ އުފެއްދުމަށް އިންސާފު ކުރުަން ހަނިކޮށްފައިވާ ކަމަށް ފަނޑިޔާރުން ތުހުމަތު ކުރި ނަމަވެސް އެފަދަ ކަންބޮޑުވުމެއް ވެސް އެވޯޑުގެ ކުރިން ކައުންސިލާ ހިއްސާ ނުކުރާކަމަށް ބަޔާނުގައި ބުންޏެވެ.

"އޭގެ ބަދަލުގައި ނޫސްވެރިކަމުގެ އިނާމަށް އިންސާފު ކުރުމަށްފަހު ފަނޑިޔާރުން މި ކައުންސިލާ ހިއްސާ ކޮށްފައިވާ ފަނޑިޔާރުންގެ ރިޕޯޓުގައި ފާއިތުވި އަހަރު ފަނޑިޔާރުން ދީފައިވާ ލަފަޔާ އެއްގޮތަށް މާކިން ރުބްރިކްސް އިސްލާހުކޮށް ފުރިހަމަ ކޮށްފައިވާކަން ބަޔާން ކޮށްފައިވޭ،" މީޑިއާ ކައުންސިލުގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ސްކީލާން" ޑޮކިއުމެންޓަރީއަށް އެވޯޑު ލިބުނީ އެ ކެޓެގަރީގެ ޕެނަލުގައި ހިމެނުނު ހުރިހާ ފަނޑިޔާރުން ސޮއިކޮށް ކައުންސިލަށް ހުށަހެޅި މާކުހުން

"ސްކީލާން" ގެ ނަމުގައި "އަދަދު" ނޫހުން ގެނެސްދިން ޑޮކިއުމެންޓަރީއަށް ވީޑިއޯ އޯޑިއޯ ކެޓެގަރީން ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާގެ އެވޯޑު ލިބުނީ އެ ކެޓެގަރީއަށް އިންސާފު ކުރި ޕެނަލުގައި ހިމެނުނު ހުރިހާ ފަނޑިޔާރުން ސޮއިކޮށް ކައުންސިލަށް ފޮނުވި މާކުސް ޝީޓުގައި އެވޯޑު ލިބޭ ވަރަށް މާކުސް ލިބިފައި އޮތުމުން ކަމަށެވެ.

"ޖީ ސްކީލާން" ތަހުގީގީ ވީޑިއޯ އުފެއްދުމަށް އެވޯޑު ލިބިފައި ވަނީ ފަނޑިޔާރުންނަށް ނޭނގި ކަމަށް ދޭހަވާ ގޮތަށް ފަނޑިޔާރުން ނެރެފައިވާ ކަމަށް ބުނާ ލިޔުމުގައި ފާހަގަކޮށްފައި އޮތްއިރު، "ޖީ ސްކީލާން" ތަހުގީގީ ވީޑިއޯ ރިޕޯޓަށް އެވޯޑު ދީފައި ވަނީ އެކަމާ ގުޅޭ ޕެނަލުގައި ހިމެނޭ ހުރިހާ ފަނޑިޔާރުން ސޮއިކޮށް ކައުންސިލަށް ހުށަހެޅި މާކުސް ޝީޓުތަކުން އެވޯޑު ލިބޭ މިންވަރަށް މާކުސް ލިބިފައި ވާތީ،" މީޑިއާ ކައުންސިލުގެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެއިތުރުން އެ ބަޔާނުގައި ބުނީ އިނާމަށް ހުށަހެޅި އުފެއްދުންތައް އެވޯޑުގެ ޖުމުލަ ފަނޑިޔާރުންގެ ޕެނަލަށް ކައުންސިލުން ހުށަހަޅާފައި ނުވާ ކަމަށް ބުނާއިރު، އެވޯޑުގެ އުސޫލުގައި އޮންނަ ގޮތުން އެއީ އެކަން ކުރަންޖެހޭ ގޮތް ނޫން ކަމަށެވެ.

އެގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލުގެ 27 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައި ވާގޮތުން އިނާމަށް ހުށަހަޅާ ހުށަހެޅުންތައް ފޮނުވަންޖެހެނީ އެ ހުށަހެޅުމަކާ ގުޅޭ ފަނޑިޔާރުންގެ ޕެނަލަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox