އިތުރު ޑްރޯންތަކެއް ގަންނަން އުޅޭ ކަމުގެ އިޝާރާތެއް ރައީސް ދެއްވައިފި

ރައީސް މުއިއްޒު ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަނީ: އަސްކަރިއްޔާގެ ބާރުގަދަ ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަނީ: އަސްކަރިއްޔާގެ ބާރުގަދަ ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ދިވެހި އަސްކަރީ އަދި ދިފާއީ ބާރު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ، އެ މަސައްކަތް އިތުރަށް ފުޅާ ކުރައްވައި އިތުރު ޑްރޯންތަކެއް ގަންނަން އުޅޭ ކަމުގެ އިޝާރާތެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފި އެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ފާއިތުވި އަހަރުގެ ތެރޭގައި މި ޒަމާނަށް ފެތޭ ގޮތަށް އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މުހިންމު ފެންވަރަކަށް އަސްކަރިއްޔާގެ ބާރު ގަދަ ކުރުމުގެ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އަދި އެ މަސައްކަތް އިތުރަށް ފުޅާ ކުރައްވައި އިތުރު ޑްރޯންތަކެއް ގަނެފާނެ ކަމުގެ އިޝާރާތެއް އެމަނިކުފާނު ދެއްވި އެވެ.

"އެހެންވީމާ އެގޮތުން އެއާ ކޯ ގާއިމު ކުރެވުނު މި ޒަމާނުގެ އެންމެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ޔޫއޭވީތައް ގެނެވި އަޅުގަނޑުމެންގެ ބޮޑު އިކޮނޮމިކް ޒޯނު ބެލެހެއްޓޭނެ ފަދަ ގާބިލިއްޔަތު އަޅުގަނޑުމެންގެ ސިފައިންގެ ކިބައިގައި ގާއިމު ކުރެވިގެންދިޔަ އިރާދަކުރެއްވީތީ، އަދި އެ މަޝްރޫއު އިތުރަށް ފުޅާ ކުރެވިގެން އެ ދަނީ،" ރައީސް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ އަސްކަރިއްޔާގައި ފުރަތަމަ ފަހަރަށް އެއާ ކޯ އުފައްދަވައި ތިން ޑްރޯން ގެނައީ މި އަހަރުގެ މާޗު މަހުހަ އެވެ. އެ ޑްރޯންތަކުގެ ތަފުސީލު ހާމަ ނުކުރި ނަމަވެސް، ގަނެފައި ވަނީ ތުރުކީގެ ބައިކާރު ކުންފުނިން އުފައްދާ ބައިރަކުތާރު ޓީބީ - 2 ޑްރޯންތަކެކެވެ.

ރައީސް ވިދާޅުވީ މިއަދު އިފުތިތާހު ކުރި ކޯސްޓުގާޑުގެ ބޯޓު ސްކޮންޑްރަން އަކީ ވެސް އަސްކަރިއްޔާގެ ބާރު އިތުރު ކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ކުރެއްވި ކަމެއް ކަމަށެވެ. އެގޮތުން ކޯސްޓުގާޑު ދެގުނަ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކަނޑުއޮތްގިރި އެ ވަނީ މިހާރު ސިފައިންނާ ކޯސްޓުގާޑާ ހަވާލު ކުރެވިފައި، އެ ތަނަކީ ކޯސްޓުގާޑުގެ މި ދެންނެވިހެން ފްލީޓު ބޮޑުކޮށް ދެމެހެއްޓުމުގައި މައި މަސައްކަތް ކުރާނެ ތަނަށް ވާނެ،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުގައި ހުރި އަސްކަރީ މަރުކަޒުތައް ހުރީ އެންމެ ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ވަރަށް ބޮޑަށް ވީރާނާވެފައި ކަމަށެވެ. އެހެންކަމުން އެތަންތަން އަލުން މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބައެއް ގައުމުތަކުގައި އެހީއަށް އެދިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެތަންތަން ވެސް އިރާދަކުރެއްވީތީ، އެކުވެރި ދައުލަތްތަކުގެ އެހީތެރިކަމަށް މިހާރު ވާނީ އެދިފައި، އިރާދަކުރެއްވީތީ މި އަންނަ އަހަރު ތެރޭގައި މި ދެންނެވި ހުރިހާ މަރުކަޒުތައް އެފަދަ ފަރާތްތަކުގެ އެހީތެރިކަމާ އެކީގައި ހެދިގެން ދާނެ، އަދިވެސް ވަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑުމެން ކުރުމަށް މިވަނީ ފަށާފައި،" ރައީސް ވިދާޅުވި އެވެ.

ކިޔެވުމުގެ ފެންވަރު ދަށް ވުމުގެ ސަބަބުން މަތީ ތައުލީމުގެ ފުރުސަތުތަކާއި ވަޒީފާތަކުން ބާކީވެފައި ތިބި ފުރާވަރު އުމުރުފުރައިގެ ޒުވާނުން ސިފައިންނާއި ފުލުހުންގެ ގޮތުގައި ތަމްރީނުކުރަން އަންނަ އަހަރު ފަށްޓަވާނެ ކަމަށް ވެސް ރައީސް މިރޭ އިއުލާނު ކުރެއްވި އެވެ. މި ޕްރޮގްރާމުގެ ދަށުން ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ސިފައިންގެއަށް 4000 ޒުވާނުން އަދި ފުލުހުންގެ ވަޒީފާއަށް 1000 ކުދިން އިތުރު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox