ޝަހީދުންގެ އާއިލާތަކަށް އިނާޔަތެއް ދިނުމާއެކު ބޯހިޔާވަހިކަމުގެ ޕްރޮގުރާމެއް ފަށާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

މިރޭގެ ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ: ރައީސް ވިދާޅުވީ ގައުމަށްޓަކައި ޝަހީދުވެވަޑައިގެންނެވި ބޭފުޅުން އެ ވެވަޑައިގެންނެވި ގުރުބާނީގެ އަގު ދައުލަތަކުން ނުދެއްކޭނެ ކަމަށެވެ. ނަމަވެސް ބޯހިޔާވަހިކަމެއް އަދި އިނާޔަތެއް ދެވެން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. -- ފޮޓޯ: ރައީސް އޮފީސް

މިރޭގެ ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ: ރައީސް ވިދާޅުވީ ގައުމަށްޓަކައި ޝަހީދުވެވަޑައިގެންނެވި ބޭފުޅުން އެ ވެވަޑައިގެންނެވި ގުރުބާނީގެ އަގު ދައުލަތަކުން ނުދެއްކޭނެ ކަމަށެވެ. ނަމަވެސް ބޯހިޔާވަހިކަމެއް އަދި އިނާޔަތެއް ދެވެން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. -- ފޮޓޯ: ރައީސް އޮފީސް

މީގެ 36 އަހަރު ކުރިން ދިވެހިރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ދިވެހިންގެ އާއިލާތަކަށް މި އަންނަ އަހަރުން ފެށިގެން އިނާޔަތެއް ދެއްވަން ފަށްޓަވާނެ ކަމަށާއި އެ ފަރާތްތަކަށް ހާއްސަކޮށް ހައުސިން ޕްރޮގުރާމެއް ވެސް ފަށްޓަވާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ގައުމަށްޓަކައި ޝަހީދުވެވަޑައިގެންނެވި ބޭފުޅުން އެ ވެވަޑައިގެންނެވި ގުރުބާނީގެ އަގު ދައުލަތަކުން ނުދެއްކޭނެ ކަމަށެވެ. ނަމަވެސް ބޯހިޔާވަހިކަމެއް އަދި އިނާޔަތެއް ދެވެން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި އަންނަ އަހަރުން ފެށިގެން ޝަހީދުވި [ބޭފުޅުންގެ] އާއިލާތަކަށާއި އަދި ހަމަ އެއާ އެކީގައި 3 ނޮވެމްބަރުގެ މެޑަލް ފޯ އެކްސެޕްޝަނަލް ބްރޭވަރީ ލިބުނު ފަސް ފަރާތާއި މެޑަލް ފޯ ބްރޭވަރީ ލިބުނު 10 ފަރާތް ހިމެނޭހެން މި ހުރިހާ ފަރާތްތަކަށް ކަނޑައެޅޭ ގެޒެޓު ކުރެވޭ އުސޫލެއްގެ މަތިން ސަރުކާރުން ދެމެހެއްޓެނިވި ގޮތެއްގައި ހާއްސަ އެލަވަންސެއް ދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

Advertisement

"އަދި ހަމަ އެއާ އެކީގައި ޝަހީދުވި އާއިލާތަކަށް ހާއްސަކޮށް ޝަހީދުވީ ފަރާތްތަކަށް ހާއްސަ ކުރެވިގެން ހައުސިން ޕްރޮގުރާމެއް ޝަހީދުންގެ ހިޔާގެ ނަމުގައި 50 ހައުސިން ޔުނިޓު ހިމެނޭ ހައުސިން އިމާރާތެއް ކުރިއަށް އޮތް އަހަރުތަކުގައި، މި ދައުރުގެ ތެރޭގައި އަޅައި ނިންމައި މި އާއިލާތަކާ ހަވާލު ކުރާނަން،"

ނޮވެމްބަރު 3، ގައި ދިވެހީންގެ ބަޔަކު އަޑީގައި ތިބެގެން ކުލީ ސިފައިންގެ ބަޔަކު ލައްވައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ދިވެހީންގެ ތެރެއިން 19 މީހަކު ޝަހީދުވި އެވެ.

އެ ފަރާތްތަކުގެ އާއިލާތަކަށް ދައުލަތުގެ ފަރާތުން ހާއްސަ އިނާޔަތެއް މީގެ ކުރިން ފެށިގެން ވެސް ދެމުން އައެވެ. ނަމަވެސް ރައީސް މުއިއްޒު މިރޭ ވިދާޅުވީ މި ފަހަކަށް އައިސް އެ އިނާޔަތް ދިނުން ހުއްޓިފައިވާ ކަމަށެވެ.

"ކުރީގައި ޝަހީދުވި އާއިލާތަކަށް ކޮންމެވެސް ވަރެއްގެ ފައިސާގެ އެހީއެއް ދީ ހެދި، އެހެންނަމަވެސް ފަހަކަށް އައިސް އެކަން ވެސް ވަނީ ހުއްޓިފައި، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެއީ ވަރަށް ބޮޑު ބޭއިންސާފެއް،" ރައީސް ވިދާޅުވި އެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ސިފައިން ވަނީ އެ ދުވަހުގެ ހަނދާންތައް ދައްކުވައިދޭ ތަމްސީލެއް ހުށަހަޅައި ދީފަ އެވެ.

އޭގެއިތުރުން ރިޓަޔަޑު މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލަށް ރައީސް މުއިއްޒު ވަނީ ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް މިރޭ އަރުވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox