"ސްކީލާން" ޑޮކިއުމެންޓަރީ އަށް ލިބުނު އެވޯޑު އަތުލުމާމެދު ގޮތެއް ނިންމަނީ

އެމްއެމްސީގެ ރައީސް އަހުމަދު މުސްތަފާ އަދި ސްކީލާން ޑޮކިއުމެންޓަރީ އަށް އެވޯޑާއެކު ލިބުނު ލިޔުން -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އެމްއެމްސީގެ ރައީސް އަހުމަދު މުސްތަފާ އަދި ސްކީލާން ޑޮކިއުމެންޓަރީ އަށް އެވޯޑާއެކު ލިބުނު ލިޔުން -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމަ، ސްރީ ލަންކާގެ ރައްޔިތެއްކަމުގައިވާ، ޖީ ސްކީލާން ރާއްޖޭން ބްލެކްލިޓުކޮށް ޑީޕޯޓުކޮށްލި ގޮތާއި އޭނާކުރި ތުހުމަތުތަކުގެ މައްޗަށް އަދަދު ނޫހުން ތައްޔާރުކުރި "ސްކީލާން" ޑޮކިއުމެންޓަރީއަށް ލިބުނު އެވޯޑު އަތުލުމާމެދު މޯލްޑިވްސް މީޑިއާ ކައުންސިލުން ގޮތެއް ނިންމުމަށް އެ ކައުންސިލުން މިއަދު ފާސްކޮށްފައިވާ ވެސް ކަމަށް ބުނެފި އެވެ.

އެމްއެމްސީން މިއަދު ބޭއްވި ކުއްލި ބައްދަލުވުމާ ގުޅޭ ގޮތުން އެ ކައުންސިލުން ފުރަތަމަ ނެރުނު ބަޔާން ބަދަލުކޮށް، ދެވަނައަށް ނެރުނު ބަޔާނުގައި ބުނެފައިވަނީ، ތަހުގީގީ ދާއިރާގެ އޯޑިއޯ ވީޑިއޯ ކެޓަގަރީއަށް ދެވިފައިވާ އިނާމާމެދު ގޮތެއް ނިންމުމަށް މިއަދުގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށެވެ.

މި އިނާމު އަތުލުމާމެދު އެމްއެމްސީން ގޮތެއް ނިންމުމުގެ މަސައްކަތް ފެށީ އެކަން އެގޮތަށް ކުރުމަށް ސަރުކާރުގެ ސަޕޯޓަރުންނާއި ސަރުކާރަށް ތާއީދުކުރާ މަޖިލިސް މެންބަރުންވެސް ގޮވާލި ފަހުންނެވެ.

Advertisement

އެވޯޑުގެ މައްސަލައިގެ އަދާހަމަ

  • ސްކީލާން ޑޮކިއުމެންޓަރީ އަށް އެވޯޑު ލިބުމުން ސަރުކާރުގެ ސަޕޯޓަރުންގެ ފާޑުކިޔުން އަމާޒުވުން
  • މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި، ޕީއެސްއެމްގެ ނިއުސް އޮޕަރޭޝަން މެނޭޖަރު އަހުމަދު މުސްތަފާ ޕީއެސްއެމްއިން އޮކްޓޯބަރު 31 ގައި ވަކިކުރުން. އޭނާގެ މައްޗަށް ތުހުމަތު ކުރީ، ޕީއެސްއެމްގެ އެޑިޓޯރިއަލް ކޮންޓެންޓާ ހިލާފު ވީޑިއޯއެއް ދެއްކި މައްސަލަ. އެ ބުނާ ކޮންޓެންޓަކީ ސްކީލާން ޑޮކިއުމެންޓްރީގެ ވީޑިއޯ ކްލިޕެއް.
  • މީޑިއާ ކައުންސިލުން އެ ވީޑިއޯ ދައްކާފައިވަނީ ރާވާއިގެން ގަސްދުގައި ކަމަށް ބުނެ، އެ ކައުންސިލްގެ މައްސަލަ ޕީއެސްއެމްއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި.
  • ފާޑުކިޔުން އަމާޒުވުމުން ޕީއެސްއެމްގެ ބޯޑުގެ ނިންމުން ބަދަލުކޮށް، މުސްތަފާގެ ވަޒީފާ ނޮވެމްބަރު 1 ގައި އިޔާދަކުރި
  • ވަޒީފާ އިޔާދަކުރިފަހުން މުސްތަފާ ބަޔާނެއް ނޮވެމްބަރު 1 ގައި ނެރުނު.
  • އެމްއެމްސީގެ ހަ ފަނޑިޔާރުން ވެސް ނޮވެމްބަރު 1 ގައި ނެރުނު.
  • މީޑިއާ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ނޮވެމްބަރު 2 ގައި ބޭއްވި. އެ ބައްދަލުވުމުން ނިންމީ އެވޯޑާ ގުޅޭ ތުހުމަތުތައް ބަލަން. އަދި ސްކީލާން އަށް ލިބުނު އެވޯޑު އަތުލުމާމެދު ގޮތެއް ނިންމަން.

މީޑިއާ ކައުންސިލް އެވޯޑަށް ހުށަހެޅި ކޮންޓެންޓު އިންސާފުކުރި ފަނޑިޔާރުން

  1. ކުރީގެ ނޫސްވެރިޔާ މުހައްމަދު ސަލީމް (ހޯރަފުށީ ސަލީމް)
  2. ޝަމްއާން ޝާކިރު (ވަޒީފާ އަދާކުރަނީ އެމްއޭސީއެލްގައި)
  3. ކުރީގެ ނޫސްވެރިޔާ ހަސަން އާމިރު
  4. ފޮޓޯގްރާފަރު، ފާތިމަތު އަޝްވާ (އައްވަ)
  5. އަބްދުﷲ ނައީމް އިބްރާހިމް
  6. އަބްދުﷲ އަޒުމީން (ވަޒީފާ އަދާކުރަނީ ރައީސް އޮފީހުގައި)

ސްކީލާން ޑޮކިއުމެންޓަރީއާ ގުޅޭ ގޮތުން ފަނޑިޔާރުން ވެސް ބަޔާނެއް ނެރުނީ އެ ޑޮކިއުމެންޓަރީ އަށް އެވޯޑު ލިބިގެން ސަރުކާރަށް ސަޕޯޓުކުރާ ފަރާތްތަކުން މީހުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. މިއީ މީޑިއާ ކައުންސިލްގެ ތާރީހުގައި ވެސް އެވޯޑަކާމެދު ފަނޑިޔާރުން ކަން ކުރި ގޮތެއް ނޫނެވެ.

ފަނޑިޔާރުންގެ ބަޔާނުގައި ބުނެފައި ވަނީ ސެޕްޓެމްބަރު 28، 2023 ގައި މީޑިއާ ކައުންސިލުން އިލްތިމާސްއެއްގެ ގޮތުގައި ނެރުނު ބަޔާނަކީ ސްކީލާން ޑޮކިއުމެންޓަރީއަކީ މީޑިއާގެ އަހުލާގީ މިންގަނޑާ ހިލާފު ކޮންޓެންޓެއްކަން ފާހަގަވެގެން ނެރުނު ބަޔާނެއް ކަމަށެވެ.

ނަމަވެސް އެ ބަޔާނަކީ ވަކި މީޑިއާއަކަށް އަމާޒުކުރުމުގެ ބަދަލުގައި މުޅި މީޑިއާއަށް ކޮށްފައި އޮތް އިލްތިމާސްއެކެވެ. އެއްވެސް މީޑިއާއެއްގެ ނަމެއް އެ ބަޔާނުގައި ނެތެވެ. އަދި އެ ބަޔާނުގެ ކުރިން ވެސް، އަދި އެ ބަޔާނުގެ ފަހުން ވެސް މީޑިއާ ކައުންސިލުން ސްކީލާން ޑޮކިއުމެންޓަރީއާ އަދި އަދަދު ނޫހާ ގުޅޭ އެއްވެސް ކޮންޓެންޓެއް މީޑިއާގެ އަހުލާގީ މިންގަނޑާ ހިލާފުކަން އަންގާފައެއް ނުވެ އެވެ.

ސްކީލާން ޑޮކިއުމެންޓަރީއަށް އެވޯޑު ލިބުމުން، ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ފާޑުކިޔަން ފެށިފަހުން އެމްއެމްސީ އަދި ފަނޑިޔާރުންގެ ނިންމުން އަމިއްލަ އަށް ގޯސްކޮށްފައި ބަޔާން ނެރުމާއި، އެވޯޑު އަތުލުމާ ގުޅޭ ގޮތުން ގޮތެއް ނިންމަން ފާސްކުރުމުން ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ސްކީލާންއާ ގުޅޭ ބައެއް ލިޔުންތައް

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox