ނޫސްވެރިކަމުގެ އިނާމާ ގުޅިގެން ކުރާ ތުހުމަތުތައް މީޑިއާ ކައުންސިލުން ބަލަނީ

މީޑިއާ ކައުންސިލުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: އެމްއެމްސީ

މީޑިއާ ކައުންސިލުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: އެމްއެމްސީ

އޮކްޓޯބަރު 30، ގައި ބޭއްވި 2023 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމާ ގުޅިގެން އެކި ފަރާތްތަކުން ކުރަމުންދާ ތުހުމަތުތައް ބަލައި އެކަމާ ގުޅޭ ރިޕޯޓެއް ނެރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިފި އެވެ.

އެމްއެމްސީގެ ހަތްވަނަ ދައުރުގެ 45 ވަނަ ޖަލްސާ މިއަދު ވަނީ ބާއްވާފަ އެވެ. އެ ޖަލްސާގައި ނިންމާފައިވާ ކަންތައްތައް އެމްއެމްސީން އާންމުކުރިއިރު ބަލަން ނިންމީ ކޮން ތުހުމަތުތަކެއް ކަމެއް ހާމަކޮށްފައި ނުވެ އެވެ.

"އޮކްޓޯބަރު 30 ވީ ބުދަ ދުވަހުގެ ރޭ ބޭއްވުނު 11 ވަނަ ނޫސްވެރިކަމުގެ އިނާމާ ގުޅިގެން މި ކައުންސިލަށް ބޮޑެތި ތުހުމަތުތަކެއް އައިސްފައިވޭ. މި ތުހުމަތުތަކާއި ގުޅިގެން 2 ނޮވެމްބަރުގައި ކުއްލި ޖަލްސާއެއް ބޭއްވުނު. މި ޖަލްސާގައި 11 ވަނަ ނޫސްވެރިކަމުގެ އިނާމާ ގުޅުންހުރި އެންމެހާ ބޭފުޅުންގެ ފަރާތުން މައުލޫމާތު ހޯދައި, މިކަމާއި ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާއި މައްސަލަތަކާއި ގުޅޭ ރިޕޯޓެއް ނެރުމަށް ފާސްވި," އެމްއެމްސީން ބުނެފައިވެ އެވެ.

އެމްއެމްސީން ކޮން ތުހުމަތުތަކެއްކަން ހާމަނުކުރި ނަމަވެސް ނޫސްވެރިކަމުގެ އިނާމުގައި ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ (ވީޑިއޯ) އިން އަދަދު" ނޫހުން އުފެއްދި "ސްކީލާން" ޑޮކިއުމެންޓަރީއަށް އިނާމު ލިބުމާ ގުޅިގެން އެމްއެމްސީއަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ތުހުމަތުތަކެއް ވަނީ އަމާޒުކޮށްފަ އެވެ.

މި އެވޯޑާ ގުޅިގެން މައްސަލަތަކެއް ދިމާވީ، ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު "އަދަދު" ނޫހުން އުފެއްދި "ސްކީލާން" ޑޮކިއުމެންޓަރީއަށް ލިބުމާއެކު އެވެ. އެގޮތުން އެ ނިންމުމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި ޕަބްލިކް ސާވިސް މީޑިއާއިން ވެސް ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ.

ތަހުގީގީ ނޫސްވެރިކަމުގެ އެވޯޑު ލިބުނު ޑޮކިއުމެންޓަރީ އުފެއްދީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮން މަންމަ، ސްރީ ލަންކާގެ ރައްޔިތެއް ކަމުގައިވާ ޖީ ސްކީލާން، ރާއްޖޭން ބްލެކްލިސްޓުކޮށް ޑީޕޯޓުކުރި ގޮތާއި އޭނާ ރައީސް މުއިއްޒު މައްޗަށް ކުރާ ތުހުމަތުތަކުގެ މައްޗަށެވެ.

ނޫސްވެރިކަމުގެ އިނާމާ ގުޅޭ މައްސަލަތައް ހޫނުވެ އެރޭގެ ޖަލްސާ ލައިވް ކުރަމުން ދަނިކޮށް އެ ޖަލްސާގައި ޕީއެސްއެމްގެ އެޑިޓޯރިއަލް ކޮންޓެންޓާ ހިލާފު ވީޑިއޯއެއް ދެއްކި ކަމަށް ބުނެ މީޑިއާ ކައުންސިލުގެ މައްސަލަ ޕީއެސްއެމުން ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުވައިފަ އެވެ. އެ ބަޔާނާއެކު ޕީއެސްއެމްގެ ވަޒީފާގައި ހުރި އެމްއެމްސީގެ ރައީސް މުސްތަފާ ވަނީ މަގާމުން ވެސް ވަކިކޮށްފަ އެވެ.

ނަމަވެސް، ހުކުރު ދުވަހު އޭނާއަށް ވަނީ އަނބުރާ ވަޒީފާ ދީފަ އެވެ. ވަޒީފާ ދިނުމުން މުސްތަފާ ބުނީ އެވޯޑު ހަފުލާގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށާއި "ސްކީލާން" ޑޮކިއުމެންޓަރީގައި މައްސަލަތަކެއް އުޅޭ ކަމަށެވެ.

މި ބަޔާނާ އެކު އެކީހެން މި އަހަރުގެ އެވޯޑަށް އިންސާފުކުރި ޖަޖުންވެސް ވަނީ ތަހުގީގީ ނޫސްވެރިކަމުގެ އެވޯޑު އެ ފަރާތްތަކުން ދިނީ އުސޫލާ ހިލާފަށް ކަމަށް އަމިއްލައަށް ބުނެ އަމިއްލަ ނިންމުމާ ދެކޮޅަށް ބަޔާނެއްވެސް ނެރެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox