އެންގުމަކާ ނުލައި އެމްއެމްސީގެ ރައީސް ބަޔާނެއް ނެރުމުން ނޫސްވެރިޔާ މޫސަ އެޑްވައިޒަރީ ކޮމިޓީން އިސްތިއުފާދީފި

ނޫސްވެރިޔާ މޫސާ ރަޝީދު: އެންގުމަކާ ނުލާ އެމްއެމްސީގެ ރައީސް ބަޔާން ނެރުމާ ގުޅިގެން އޭނާ ވަނީ އެޑްވައިޒަރީ ކޮމިޓީން އިސްތިއުފާދީފި --- ފޮޓޯ: އެމްއެމްސީ

ނޫސްވެރިޔާ މޫސާ ރަޝީދު: އެންގުމަކާ ނުލާ އެމްއެމްސީގެ ރައީސް ބަޔާން ނެރުމާ ގުޅިގެން އޭނާ ވަނީ އެޑްވައިޒަރީ ކޮމިޓީން އިސްތިއުފާދީފި --- ފޮޓޯ: އެމްއެމްސީ

މޯލްޑިވްސް މީޑީއާ ކައުންސިލް (އެމްއެމްސީ) ގެ އެޑްވައިސަރީ ކޮމިޓީއަށް އެންގުމަކާ ނުލައި އެ ކައުންސިލްގެ ރައީސް އަހުމަދު މުސްތަފާ ބަޔާނެއް ނެރުމުން އެޑްވައިސަރީ ކޮމިޓީގެ މެންބަރުކަމުން ނޫސްވެރިޔާ މޫސާ ރަޝީދު އިސްތިއުފާ ދީފި އެވެ.

އިސްތިއުފާ ދިނުމަށްފަހު މޫސަ ފޮނުވި ސިޓީގައި ބުނީ، އެމްއެމްސީގެ އެޑްވައިޒަރީ ކޮމިޓީ އަކީ އެމްއެމްސީ ނެރޭ ބަޔާންތައް ނެރުމުގަޔާއި އާންމުންނާއި މީޑިއާތަކަށް މައުލޫމާތު ދިނުމުގައި އެ ކައުންސިލުގެ ރައީސަށް ލަފާދިނުމަށް އޮންނަ ކޮމިޓީއެއް ކަމަށެވެ.

"ނަމަވެސް ނޮވެމްބަރު 1، 2024 ގައި ކައުންސިލުން ނެރެފައިވާ ބަޔާނަކީ އެ ކޮމިޓީގެ މަޝްވަރާއެއް ނެތި އަދި އަޅުގަނޑު ހިމެނޭ ގޮތަށް ކޮމިޓީގެ ބައެއް މެންބަރުންނަށް އެނގުމަކާ ނުލާ ނެރެފައިވާ ބަޔާނެއް،" މިހާރު ނޫހުގައި މަސައްކަތްކުރާ ނޫސްވެރިޔާ މޫސަގެ ސިޓީގައިވެ އެވެ.

Advertisement

ކޮމިޓީގެ ލަފައެއް ނެތި ކައުންސިލުން ބަޔާން ނެރޭ ނަމަ އެފަދަ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުރުމުގެ ބޭނުމެއް ނެތް ކަމަށާއި އިސްތިއުފާ ދޭން ނިންމީ އެ ސަބަބާހުރެ ކަމަށް ވެސް މޫސަ ބުނެފައިވެ އެވެ.

މީޑިއާ ކައުންސިލުން ބުދަ ދުވަހުގެ ރޭ ބޭއްވި 2023 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމުގައި ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު "އަދަދު" ނޫހުން އުފެއްދި "ސްކީލާން" ޑޮކިއުމެންޓަރީއަށް ލިބުމާއެކު ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި ޕަބްލިކް ސާވިސް މީޑިއާއިން ވެސް ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.

އެގޮތުން، ޖަލްސާ ލައިވް ކުރަމުން ދަނިކޮށް އެ ޖަލްސާގައި ޕީއެސްއެމްގެ އެޑިޓޯރިއަލް ކޮންޓެންޓާ ހިލާފު ވީޑިއޯއެއް ދެއްކި ކަމަށް ބުނެ މީޑިއާ ކައުންސިލުގެ މައްސަލަ ޕީއެސްއެމުން ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުވައިފަ އެވެ. އެ ބަޔާނާއެކު ޕީއެސްއެމްގެ ވަޒީފާގައި ހުރި އެމްއެމްސީގެ ރައީސް މުސްތަފާ ވަނީ މަގާމުން ވެސް ވަކިކޮށްފަ އެވެ.

ނަމަވެސް، ހުކުރު ދުވަހު އޭނާއަށް ވަނީ އަނބުރާ ވަޒީފާ ދީފަ އެވެ. ވަޒީފާ ދިނުމުން މުސްތަފާ ބުނީ އެވޯޑު ހަފުލާގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށާއި "ސްކީލާން" ޑޮކިއުމެންޓަރީގައި މައްސަލަތަކެއް އުޅޭ ކަމަށެވެ. މޫސަގެ އިސްތިއުފާގެ ސިޓީގައި ރިއާޔަތް ކޮށްފައިވަނީ މި ބަޔާނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox