ޔުނައިޓެޑަށް އަމޮރިމް ދޫކުރަން ނޯޓިހާ މެދު ސްޕޯޓިން އިން ގޮތެއް ނިންމަނީ

Oct 29, 2024, 11:42 PM
ޔުނައިޓެޑަށް އަމޮރިމް ދޫކުރަން ނޯޓިހާ މެދު ސްޕޯޓިން އިން ގޮތެއް ނިންމަނީ

ލިޒްބަން (އޮކްޓޫބަރު 30) - ސްޕޯޓިން ލިޒްބަންގެ ކޯޗު، ރުބެން އަމޮރިމް އަށް އެ ޓީމު ދޫކޮށް، މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެވޭނީ ނޯޓިސް މުއްދަތެއް ފުރިހަމަ ކުރުމަށް ފަހު ކަމަށް އެއްބަސްވުމުގައި އޮތް ނަމަވެސް އެއާ މެދު ގޮތެއް ނިންމަން ސްޕޯޓިން އިން ތައްޔާރުވެފައިވާ ކަމަށް ޕޯޗުގަލްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑްގެ ކޯޗަކަށް ހުރި އެރިކް ޓެން ހާގް، ދެ އަހަރާއި ބައިގެ މުއްދަތަކަށް ފަހު ޓީމުގެ ކޯޗުކަމުން ވަކިކުރިއިރު، ޔުނައިޓެޑުން ވަނީ ބަދަލެއްގެ ގޮތުގައި ބަހާލައިގެން ޓެން ހާގަށް 20 މިލިއަން ޑޮލަރު ދައްކަން ނިންމައިފަ އެވެ. އަދި ޔުނައިޓެޑުން އާ ކޯޗަކަށް ގެންނަން މަސައްކަތްކުރަމުން އަންނަ އަމޮރިމް، 39، އެ ޓީމަށް ގެންނަަން ސްޕޯޓިން އަށް ދައްކަން ޖެހޭ ފީ 10 މިލިއަން ޑޮލަރު ދޭން އެއްބަސްވެފައިވާއިރު، ކުރިން ބެލެވިފައި އޮތީ އަމޮރިމް ވަރަށް އަވަަހަށް ޔުނައިޓެޑާ ގުޅޭނެ ކަމަށެވެ.

އެކަމަކު، ޕޯޗުގަލްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އަމޮރިމްގެ ކޮންޓްރެކްޓްގައިވާ ގޮތުން، ކޮންމެ ހާލަތެއްގައި ވިޔަސް، އޭނާ އަށް ސްޕޯޓިން ދޫކޮށްލެވޭނީ ނޯޓިސް މުއްދަތެއް ފުރިހަމަ ކުރުމަށް ފަހު ކަމަށެެވެ.

ޕޯޗުގަލްގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި، އަމޮރިމް އަށް ޔުނައިޓެޑާ ގުޅެވޭނީ އަންނަ މަހުގެ އިންޓަނޭޝަނަލް ބްރޭކަށް ފަހު އެވެ. އެކަމަކު، ޔުނައިޓެޑްގެ ހާއްސަ އެދުމަކާ އެކު، ސްޕޯޓިން އިން އަންނަނީ ނޯޓިސް މުއްދަތު ކުޑަކުރެވޭތޯ ކްލަބްގެ މެނޭޖްމަންޓްގައި މަޝްވަރާތައް ފަށައިފަ އެވެ.

ލިވަޕޫލާއި ވެސްޓް ހޭމް ޔުނައިޓެޑާ ހަވާލުވުމުގެ ވާހަކަތައް މީގެ ކުރިން ދެކެވުނު އަމޮރިމް، ޔުނައިޓެޑްގެ ހުށަހެޅުމަށް އެއްބަސްވެފައިވާއިރު، އޭނާ އެ ޓީމުގެ ޒިންމާތަކާ ހަވާލުވަންދެން، ޔުނައިޓެޑްގެ ކޯޗުގެ މަގާމު އަދާކުރާނީ ރޫޑް ވެން ނިސްޓަލްރޫއި އެވެ. ކުރިން ޔުނައިޓެޑަށް ކުޅުނު ފޯވާޑް ނިސްޓަލްރޫއި، ޔުނައިޓެޑްގެ ކޯޗިން ޓީމާ ގުޅުނީ މި ސީޒަނުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox