ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަ ރަށަކަށް 300 ބައިސިކަލް ހަދިޔާކޮށްފި އެވެ.
ބީއެމްއެލްއިން ބުނީ އެ ބައިސިކަލްތައް ހަވާލުކުރީ 14 އަހަރާއި 17 އަހަރާ ދެމެދުގެ 300 ކުދިންނަށް ކަމަށާއި އެ ބައިސިކަލްތައް ކުދިންނާ ހަވާލުކުރީ ހަ ޖަމިއްޔާއެއް މެދުވެރިކޮށް ކަމަށެވެ.
އެއީ ޒުވާނުން މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް އަދާ ކުރުމާއި ތިމާވެއްޓާއި ރަށްޓެހި ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ކުރުމަށް ހިތްވަރު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބައިސިކަލް ހަވާލުކުރި ރަށްތަކާއި، ހަވާލުކުރި ޖަމިއްޔާ:
- ހއ. ދިއްދޫ - ދިއްދޫ ކުރިމަގު
- ބ. އޭދަފުށި - ވެސްޓް ވިންގްސް
- ކ. މާފުށި - ނިއު ސްޓާ ސްޕޯޓްސް ކްލަބް
- ނ. މަނަދޫ - ޗެސްޓާ
- މ. މުލައް - ކޮމިއުނިޓީ އެމްޕަވާމެންޓް ލިންކޭޖް
- ވިލިމާލެ - ސޭވް ދަ ބީޗް
ބީއެމްއެލްއިން އަންނަނީ މުޖުތަމައުއަށް ފައިދާ ހުރި މަސައްކަތްތައް ކުރާ ޖަމިއްޔާތަކަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.










