ބޫޓާން ބަލިކޮށް ރާއްޖޭގެ ކްރިކެޓް ޓީމު ފައިނަލަށް

Oct 23, 2024, 11:26 AM
ބޫޓާން ބަލިކޮށް ރާއްޖޭގެ ކްރިކެޓް ޓީމު ފައިނަލަށް

ބޫޓާނުގައި މިހާރު ކުރިއަށްދާ ޓީ20 ކުއަޑްރަންގިއުލާ ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލުގައި ބޫޓާން އަތުން ހަތް ވިކެޓުން މޮޅުވެ، ރާއްޖެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

މުބާރާތުގެ ލީގު ބުރުގައި ބޫޓާނުން ވަނީ ރާއްޖެ އަތުން ހަތަރު ވިކެޓުން މޮޅުވެފަ އެވެ. ބޫޓާނުގެ ދަނޑު ހުޅުވަން ބާއްވާ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ތައިލެންޑުން ހޯދާފައިވާއިރު، ލީގު ބުރުގެ ދެ ވަނަ އާއި ތިން ވަނަ ޓީމުގެ މެދުގައި ކުޅުނު ސެމީ ފައިނަލް މެޗުން މިއަދު ރާއްޖެ މޮޅުވީ، ހަތް ވިކެޓުންނެވެ.

ޓޮސް ދިމާވުމުން ބޫޓާނުން ނިންމީ ކުޅެން އަރާށެވެ. އެ ގޮތުން، 20 އޯވަރު ހަމަވިއިރު، އެ ޓީމުން ވަނީ އަށް ކުޅުންތެރިން ނުބައިވެގެން 122 ލަނޑު ހަދައިފަ އެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 33 ބޯޅައިން 40 ލަނޑު ހެދި ރަންޖުން ޑޯޖީ އެވެ. މި އިނިންގްސްގައި ރާއްޖޭގެ، އިބްރާހިމް ރިޒާން ތިން ވިކެޓް ނެގިއިރު، އިބްރާހިމް ނަޝާތު ދެ ވިކެޓް ނެގި އެވެ.

ޖަވާބުގައި ރާއްޖޭން ކުޅެން އަރައި، ޓީމުގެ ކެޕްޓަން، ޔޫސުފް އަޒްޔާން ފަރުހަތު ވަނީ 52 ބޯޅައިން 51 ލަނޑު ހަދައިފަ އެވެ. މިއީ، އަޒްޔާން މި ފަހަރުގެ މުބާރާތުގައި ހެދި ދެ ވަނަ ހާފް ސެންޗަރީ އެވެ.

އަދި ރާއްޖެ ޓީމުގެ އިސްމާއިލް އަލީ ވަނީ 20 ބޯޅައިން 33 ލަނޑު ހަދައިފަ އެވެ.

ބައިނަލްއަގުވާމީ ކްރިކެޓަށް 2003 ވަނަ އަހަރު ނުކުތް ބޫޓާނުން ފުރަތަމަ މެޗު ކުޅުނީ ރާއްޖެއާ ދެކޮޅަށެވެ. މުބާރާތެއްގައި ކުޅުނު އެ މެޗުން ރާއްޖެ މޮޅުވިއިރު، ޓީ20 ގައި ބޫޓާނުން ފުރަތަމަ ފެނިގެންދިޔައީ، 2019 ގެ ސައުތު އޭޝިއަން ގޭމްސްގެ ކްރިކެޓްގަ އެވެ. އެ ފަހަރު ރާއްޖޭން ވަނީ ބޫޓާން ބަލިކޮށްފަ އެވެ.

އަންނަ ހުކުރު ދުވަހު ރާއްޖޭން ފައިނަލުގައި ތައިލެންޑާ ކުޅޭއިރު، ލީގު ބުރުގައި އެ ޓީމު އަތުން ބަލިވީ 44 ލަނޑުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މުސިއާލާގެ ސިއްހަތަށް އިސްކަންދޭ ކަމަށް ބަޔާނުން ބުނެފި

ބަޔާން މިއުނިކްގެ މިޑްފީލްޑަރު ޖަމާލް މުސިއާލާގެ ސިއްހީ ހާލަތާ ގުޅޭގޮތުން އެ ކްލަބުގެ އިސްވެރިން ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަތަކަކާ ގުޅިގެން ފިފްޕްރޯ އިން ވަނީ ފާޑުކިޔައިފައި. މި ފާޑުކިޔުންތަކާ ގުޅިގެން، މުސިއާލާގެ ސިއްހީ ކަންކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމަށް ބަޔާނުން މިހާރު ވަނީ ބުނެފައި

ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ ފަހުކޮޅަށް ފަސްކޮށްފި

އަންނަ އަހަރުގެ އޭޕްރީލް މަހު ޕާކިސްތާނުގައި ބޭއްވުމަށް ތާވަލުކުރި 14 ވަނަ ސައުތު އޭޝިއަން ގޭމްސް، އެހެން މުބާރާތަކާ ތާރީޚު ފުށުއަރާތީ އަންނަ އަހަރުގެ ފަހުކޮޅަށް ފަސްކޮށްފި. މިއީ އެކި ސަބަބުތަކާ ހުރެ މި މުބާރާތް ފަސްކުރި ހަވަނަ ފަހަރު. ޕާކިސްތާނުގެ ތިން ސިޓީއެއްގައި ބާއްވާ މި ގޭމްސްގައި 27 ކުޅިވަރަކުން 4200 އެއްހާ އެތުލީޓުން ބައިވެރިވާނެ

ކާސްގެ ނިންމުން މޮރޮކޯ އިން އިސްތިއުނާފުކުރަނީ

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަނަކީ ސެނެގާލް ކަމަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ނިންމި ނިންމުން މޮރޮކޯ އިން އިސްތިއުނާފު ކުރަން ނިންމައިފިއެވެ. މޮރޮކޯ އިން މި މައްސަލަ އެޕީލް ކުރަނީ ކާސްގެ ނިންމުމަކީ ގާނޫނީ އިޖުރާއަތްތައް ފުރިހަމަނުކޮށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެއެވެ. މިއީ ފައިނަލް މެޗު ނުނިމެނީސް ސެނެގާލް ކުޅުންތެރިން ދަނޑުން ފޭބި މައްސަލައިގައި ދެ ގައުމުގެ މެދުގައި އުފެދިފައިވާ ބޮޑު ދަބަސްވުމެކެވެ.

އިތުރު ގޮތެއް ނެތިގެން ސިނާ އޮޕަރޭޝަނެއް ކޮށްފި

ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވުމަށް ކުރި މަސައްކަތުން ކުރިއެރުމެއް ނުލިބުމުން، އިޓަލީގެ ޓެނިސް ތަރި ޖަނިކް ސިނާ އޮޕަރޭޝަނެއް ކޮށްފިއެވެ. އޮޕަރޭޝަނަށް ފަހު އޭނާގެ އަމާޒަކީ އަންނަ ޖެނުއަރީ މަހު އޮންނަ އޮސްޓްރޭލިއަން އޯޕަން މުބާރާތަށް ފިޓްވެގެން އެނބުރި ކޯޓަށް ނުކުތުމެވެ.

ފެނާންޑޭސް އަށް މި ވަގުތު މުހިންމީ ޔުނައިޓެޑްގެ ނަތީޖާތައް

މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސްގެ ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތައް މަޑުޖެހިފައިވާއިރު، އޭނާގެ މިވަގުތުގެ އެންމެ ބޮޑު އަމާޒަކީ ޓީމުގެ ނަތީޖާތައް ރަނގަޅުކުރުމެވެ. ކުރީގެ ކްލަބު ސްޕޯޓިން ލިޒްބަންއަށް އެނބުރި ދިއުމުގެ ފުރުސަތު އޮތްކަމަށް އޭނާ ބުނެފައިވާއިރު، ޔުނައިޓެޑާއެކު އޮތް އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ.

ރެއާލް ފުރިހަމަ ރެކޯޑެއްގައި، އާސެނަލަށް ހުއްޓުމެއް

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން ޕީއެސްވީ އަތުން 5-1 އިން މޮޅުވެ، ރެއާލް މެޑްރިޑުން މުބާރާތުގެ ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައި ތާވަލުގެ އެއްވަނަ ކަށަވަރުކޮށްފިއެވެ. ނަމަވެސް، އަމިއްލަ ދަނޑުގައި ޑޯޓްމަންޑާ 1-1 އިން އެއްވަރުވުމާ ގުޅިގެން، އާސެނަލް މޮޅުވަމުން އައި ސިލްސިލާ އަށް ވަނީ ހުއްޓުމެއް އައިސްފައެވެ. މި މުބާރާތުގެ އެހެން މެޗުތަކަށް ބަލާއިރު، މެންޗެސްޓާ ސިޓީ އާއި ނަޕޯލީ ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އީގަލްސް އަތުން މޮޅެއް ހޯދައި ބުރު ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އަތުން 1-0 އިން މޮޅުވެ، ބުރު ސްޕޯޓްސް ކްލަބް ވަނީ ތާވަލުގެ ހަތްވަނައަށް ކުރިއަށް ޖެހިލައިފި. މި މެޗުގައި ބުރުން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެ ޓީމުގެ އާޖެންޓީނާ ފޯވާޑް އެޑުއާޑޯ

Newsletter

Get the latest news delivered straight to your inbox