ޕީއެސްޖީ މޮޅުވި މެޗުގައި ސަޕޯޓަރުންގެ އަމަލުތަކުގެ މައްސަލަ ބަލަނީ

Oct 21, 2024, 4:10 AM
ޕީއެސްޖީ މޮޅުވި މެޗުގައި ސަޕޯޓަރުންގެ އަމަލުތަކުގެ މައްސަލަ ބަލަނީ

ޕެރިސް (އޮކްޓޫބަރު 21) - ފްރެންޗް ލީގުގައި ރޭ ސްޓްރާސްބޯ އަތުން 4-2 އިން ޕީއެސްޖީ މޮޅުވި މެޗުގަައި އެ ޓީމުގެ ސަޕޯޓަރުން ނަސްލީ ގޮތުން ދިމާކުރުމަށް އަޑުގަދަކޮށްފައިވާ މައްސަލައެއްގެ ތަހުގީގު ފަށައިފި އެވެ.

ދާދި ފަހުން، މާސޭއާ ގުޅުނު ޕީއެސްޖީ އަށް ކުރިން ކުޅުނު ފްރާންސްގެ މިޑްފީލްޑަރު، އޭޑްރިއަން ރަބިއޯ އަށް އަމާޒުކޮށް، ޕީއެސްޖީ ސަޕޯޓަރުން އަންނަނީ މިދިޔަ މެޗުތަކުގައި އަޑުގަދަކުރަމުންނެވެ. މާސޭ އަކީ ފްރާންސްގައި ޕީއެސްޖީގެ އެންމެ ބޮޑު ވާދަވެރިންނެވެ.

އެ ގޮތުން، ރޭ ސްޓްރާސްބޯއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައި އެ ޓީމުގެ ސަޕޯޓަރުންގެ އެ އަޑުތައް ގަދަވެ، ސްޓޭޑިއަމްގެ އެނައުންސަރު ވެސް ވަނީ އެކަން ހުއްޓާލަން އަންގައިފަ އެވެ.

ފްރެންޗް ލީގުގެ ޑިސިޕްލިނަރީ ކޮމިޓީން މި މައްސަލަ ބަލަން ފެށުމާ އެކު، ޕީއެސްޖީން ވަނީ ސަޕޯޓަރުންގެ ފަރާތުން އެ ފެނުނު ކަންކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.

"ޕީއެސްޖީ ދަނޑަކީ ފުޓްބޯޅައިގެ ރޫހުގައި ކަންކަން ހިނގާ ތަނަކަށް ހެދުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް، މި ކްލަބުން ކުރާނެ،" ޕީއެސްޖީގެ ބަޔާނުގައިވެ އެވެ.

ރޭ ޕީއެސްޖީ މޮޅުވިއިރު، ލަނޑުތައް ޖެހީ، ސެނީ މަޔޫލޫ، ބްރެޑްލީ ބަކޯލާ، މާކޯ އަސެންސިއޯ އަދި ލީ ކަންގް އިން އެވެ. ސްޓްރާސްބޯގެ ލަނޑުތައް ޖެހީ، ސޭކޫ މާރާ އާއި ޕާޕޭ ޑިއޯން އެވެ.

ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތް ޕީއެސްޖީ އާއި ދެ ވަނައިގައި އޮތް މޮނާކޯ އަށް ވަނީ އަށް މެޗުން 20 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox