ރާއްޖޭގައި ކުޅޭ ފުޓްސަލް ވެސް މިހާރު ބަދަލުވެއްޖެ: އައްޒާމް

Oct 20, 2024, 4:37 AM
ރާއްޖޭގައި ކުޅޭ ފުޓްސަލް ވެސް މިހާރު ބަދަލުވެއްޖެ: އައްޒާމް

ރާއްޖޭގައި މިހާރު ކުޅެމުން އަންނަ ފުޓްސަލް ވެސް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށާއި މި ފަހަރު ކްލަބް ވެމްކޯއާ ގުޅި އެ ޓީމާ އެކު ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބު ކުރެވުނީ ޗެލެންޖެއް ނަގައިގެން ރަނގަޅަށް ކުރެވުނު މަސައްކަތުން ކަމަށް މުހައްމަދު އައްޒާމް ބުނެފި އެވެ.

ރާއްޖޭގައި ބޭއްވޭ އެންމެ ގިނަ ދުވަސްވީ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން އައްޒާމް ވަނީ ހަތަރު ފަހަރު ހޯދައިފަ އެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ އެކު، 2012 އާއި 2013 ވަނަ އަހަރު ހޯދުމަށް ފަހު، 2022 ވަނަ އަހަރު ޓީމު ފެނަަކައާ އެކު ހޯދި އެވެ. އަދި މި އަހަރު މި ވަނީ ކްލަބް ވެމްކޯއާ ގުޅުމަށް ފަހު ހޯދައިފަ އެވެ.

އައްޒާމް އަކީ ކްލަބް މޯލްޑިވްސް ކަޕް، ތަފާތު ތިން ޓީމެއްގައި ހުރެ ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ.

"ވަރަށް މަސައްކަތް މިއީ. ތިން ޓީމަކަށް މި ތިން ޓީމު ކުޅެނީ. ވަރަށް މަސައްކަތް، މި ޓީމު (ވެމްކޯ) ހަގީގަތުގައި މަސައްކަތުގެ ރޭޓް ވަރަށް ރަނގަޅު. އޭގެ ނަތީޖާ އަހަރެމެންނަށް މި ތަށި މި ލިބުނީ. އެހެން ކަހަލަ އެކްސްޕީރިއަންސެއް އެހެން ގޮތަކަށް ބުނާނަަަމަ މި ލިބުނީ، ދެން، އަލްހަމްދުލިއްލާހި. ރަނގަޅު ދެން." ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އަތުން ފަހަތުން އަރައި، 4-1 އިން މޮޅުވި ފައިނަލް މެޗަށް ފަހު، އައްޒާމް، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ފައިނަލް މެޗަށް ފަހު ވެމްކޯ ކުޅުންތެރިންނާ އެކު އައްޒާމް އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ފުޓްސަލްގައި 10 އަކަށް ވުރެ ގިނަ އަހަރު އެންމެ މަތީ ފަންތީގައި ކުޅުނު އައްޒާމް ބުނީ ކުރިން ކުޅެމުން އައި ފުޓްސަލް މިހާރު މި ވަނީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށެވެ.

"އަސްލު ކުރިއާ އަޅާބަލާއިރު ވަރަށް ޗޭންޖް (ބަދަލުވެއްޖެ). މިހާރު މޫވްމަންޓް ވަރަށް ގިނައިން ގެންނަން ޖެހޭ. ކުރިން ވެއްޖިއްޔާ ތަންކޮޅެއް ސިމްޕަލް ފުޓްސަލްއެއް ކުޅެނީ. އެހެން ގޮތަކަށް ބުނާނަމަަ ބޮޑު ފުޓްބޯޅައާ ގާތްގަނޑަކަށް އެއް ކަހަލަ ގޮތަކަށް ކުރިން ކުޅެނީ. އެކަމަކު މިހާރު އެ އަންނަނީ ޗޭންޖްވަމުން، މޫވްމަންޓް ގެންނަން ޖެހޭ، ހުރިހާ ގޮތަކުން ފިޓްވާން ޖެހޭ. އެހެންވީމަ އަސްލު ޗޭންޖް މިހާރު ފުޓްސަލް މަސައްކަތް ކުރަން ޖެހޭ ވަރު ވެސް ގިނަ،" އައްޒާމް ބުންޏެވެ.

ވެމްކޯގެ ކޯޗު އަހުމަދު ތޯހާ އާއި އެ ޓީމުން ފައިނަލް މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުުޅުނު، އިސްމާއިލް ވަޖީހު (ވައްޖެ) އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، އަބްދުﷲ ޖުނައިދު (ޖެންނޭ) ވެސް ވަނީ މި ފަހަރު އެ ޓީމަށް އައްޒާމް ލިބުމަކީ، ތަށި ދިފާއުކުރަން ކުރާ މަސައްކަތަށް ލިބުނު ހިތްވަރެއް ކަމަށް ފާހަގަކޮށްފަ އެވެ.

ވެމްކޯއާ ގުޅެން ލިބުނު ފުރުސަތުގެ ބޭނުންހިފަން ނިންމީ ކިހިނެއްތޯ އައްޒާމްއާ ސުވާލު ކުރެވުނެވެ.

"އަސްލު ހަގީގަތުގައި ރަނގަޅު ޓީމެއް ދޯ. އިތުރު ޗެެލެންޖެއް. ޓީމު އަސްލު ހަގީގަތުގައި އެންމެން ކުރި މަސައްކަތޭ ބުނެވޭނީ،" އައްޒާމް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox