ޔުނައިޓެޑާއި ޓޮޓެންހަމަށް އުފަލެއް، އާސެނަލަށް ހިތްދަތި

Oct 19, 2024, 6:57 PM
ޔުނައިޓެޑާއި ޓޮޓެންހަމަށް އުފަލެއް، އާސެނަލަށް ހިތްދަތި

ލަންޑަން (އޮކްޓޫބަރު 19) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާސް އާއި މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުތަކުން ފަހަތުން އަރައި މޮޅުވިއިރު، ބޯންމައުތު އަތުން ބަލިވެ، އާސެނަލުން ހިތްދަތި ނަތީޖާއަކާ ކުރިމަތިލާން ޖެހިއްޖެ އެެވެ.

ޓޮޓެންހަމުން ވަނީ އަމިއްލަ ދަނޑުގައި 4-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ބްރެންޓްފޯޑުން ލީޑުނަގާފައިވަނިކޮށް، ޔުނައިޓެޑް މޮޅުވީ 2-1 އިންނެވެ. އަދި ބޯންމައުތުން އާސެނަލް ބަލިކުރީ 2-0 އިންނެވެ.

މުހައްމަދު ކުޑޫސްގެ ގޯލުން ވެސްޓް ހޭމުން ލީޑުނެގިއިރު، ޓޮޓެންހަމް އިން ވަނީ ޑޭޖާން ކުލުސެވްސްކީ ޖެހި ގޯލުން އެއްވަރުކޮށްފަ އެވެ. ޓޮޓެންހަމުން މޮޅުވީ ދެ ވަނަ ހާފުގައި ޔްވެސް ބިސޫމާ އާއި ސޮން ހެއުން މިން ޖެހި ގޯލުތަކާއި ވެސްޓް ހޭމްގެ ކީޕަރު އަލްފަންސޯ އަރެއޯލާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.

މި މެޗު ވެސްޓް ހޭމް އިން ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، 86 ވަނަ މިނިޓްގައި ކުޑޫސް އަށް ދެއްކި ރަތްކާޑާ އެކު އެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ، ބޯޅަ ނެތިސް، ޓޮޓެންހަމްގެ ދެ ކުޅުންތެރިންނާ މާރާމާރީ ހިންގާފައިވާތީ އެވެ.

މިއީ، އިންޓަނޭޝަނަލް ބްރޭކުގެ ކުރިން، ބްރައިޓަން އަތުން ޓޮޓެންހަމް ބަލިވި މެޗަށް ފަހު، އެ ޓީމަަށް ލިބޭނެ ހިތްހަމަޖެހުމެކެވެ.

ޔުނައިޓެޑް ދަނޑުގައި، ފުރަތަމަ ހާފުގެ އިތުރު ވަގުތު ބްރެންޓްފޯޑުން ލީޑުނެގީ އީތަން ޕިނޮކް ޖެހި ގޯލުންނެވެ. މިއީ، ޔުނައިޓެޑްގެ ޑިފެންޑަރު، މަތައިސް ޑި ލިޓް އަށް އަނިޔާވެ ފަރުވާ ހޯދަން ފައިބައި ހުރި ވަގުތެއްގައި ޖެހި ގޯލެކެވެ. ޔުނައިޓެޑް މޮޅުވީ، ދެ ވަނަ ހާފުގައި، އަލެހަންދްރޯ ގާނާޗޯ އާއި ރަސްމުސް ހޮއިލަންޑް ޖެހި ގޯލުތަކުންނެވެ. މިއީ، ހޮއިލަންޑް މި ފަހަރު ލީގުގައި ޖެހި ފުރަތަމަ ގޯލެވެ.

މި ނަތީޖާއާ އެކު، ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގަށް އޮތް ޕްރެޝަރަށް ލުޔެއް ލިބޭނެ އެވެ.

މިރޭ މޮޅުވެގެން، އެއް ވަނަ އަށް އެރެން އޮތް އާސެނަލް ބަލިވީ މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުންނެވެ. އެއީ، މެޗުގެ 27 ވަަނަ މިނިޓްގައި އާސެނަލްގެ ވިލިއަމް ސަލީބާ އަށް ރަތެއް ދެއްކުމުންނެވެ. ބޯންމައުތުގެ އެވަނިލްސަން ހުސްކޮށްދުވެފައި އެރި ބޯޅަައެއްގައި އޭނާ ހުއްޓުވަން ސަލީބާ ކުރި ފައުލަށް ފުރަަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން މޮނީޓަރުން ބެލުމަށް ފަހު، ސަލީބާގެ ކާޑު ރަތަކަށް ބަދަލުކުރި އެެވެ.

ބޯންމައުތަށް ލީޑުނަގައިދޭން ސެމެންޔޯ ރަނގަޅު ފުރުސަތެއް ނަގާލި ފަހުން، ބަދަލަކަށް ކުޅެން އެރި، އާސެނަލަށް ކުރިހޯދައިދޭން ގަބްރިއެލް މާޓިނެލީ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު، މާޓިނެލީ ޖެހި ބޯޅަ ބޯންމައުތު ކީޕަރު ކެޕާ އަރިއްޒަބަލާގާ ވަނީ މަތަކޮށްފަ އެވެ.

ބޯންމައުތު މޮޅުވީ ބަދަލަކަށް ކުޅެން އެރި ދެ ކުޅުންތެރިން ޖެހި ގޯލުތަކާ އެކު އެވެ. އެ ގޮތުން ފުރަތަމަ ލަނޑު ޖެހީ، ރަޔާން ކްރިސްޓީ އެވެ. މިއީ، ކްރިސްޓީ، ޕްރިމިއާ ލީގުގައި ކުޅުނު 77 މެޗުގައި ޖެހި ދެ ވަނަ ގޯލެވެ. ދެ ވަނަ ގޯލަކީ ޕެނަލްޓީ އަކުން ޖަސްޓިން ކްލައިވަޓް ޖެހި ގޯލެކެވެ. މި ޕެނަލްޓީ ދިނީ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ އޭރިއާތެރެއިން ބޯންމައުތުގެ އެވަނިލްސަން އަށް ފައުލުކުރުމުންނެވެ.

އާސެނަލް ފުރަތަމަ ފަހަރަށް ލީގުގައި ބަލިވިއިރު، އެ ޓީމު އޮތީ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން، އެއް ވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލަަށް ހަަތް މެޗުން 18 ޕޮއިންޓް ލިބުނުއިރު، އާސެނަލުން 18 ޕޮއިންޓް ހޯދީ އަށް މެޗުންނެވެ. ހަތް މެޗުން ސިޓީ އަށް 17 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ފުލަމް އަތުން 3-1 އިން މޮޅުވި، އެސްޓަން ވިލާ ވަނީ އަށް މެޗުން 17 ޕޮއިންޓް ހަމަކޮށް، ހަތަރު ވަނައަށް އަރައިފަ އެވެ.

މިރޭގެ ޕޮއިންޓްތަކާ އެކު، ޓޮޓެންހަމް އޮތީ އަށް މެޗުން 13 ޕޮއިންޓާ އެކު ހަތް ވަނައިގަ އެެވެ. ޔުނައިޓެޑް 10 ވަނައިގައި އޮތީ އަށް މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox