ވެމްކޯ އިން ކްލަބް މޯލްޑިވްސް ކަޕް ދިފާއުކޮށް ތާރީހުން ޖާގަ ހޯދައިފި

Oct 18, 2024, 7:32 PM
ވެމްކޯ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް،އެމްވީ

ވެމްކޯ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް،އެމްވީ

ފައިނަލުގައި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އަތުން 4-1 އިން މޮޅުވެ، ކްލަބް މޯލްޑިވްސް ކަޕްގެ ތަށި ކްލަބް ވެމްކޯ އިން ދިފާއުކޮށްފި އެވެ.

ވެމްކޯ ޓީމުން ދެ ފައިނަލުގައި ވެސް މޮޅުވީ އާރްއާރްސީއާ ވާދަކޮށެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ކުރިހޯދީ 5-3 އިންނެވެ.

ވެމްކޯ އިން ތިން ވަނަ ފަހަރަށް ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލަށް މިރޭ ނުކުތްއިރު، މިއީ ޖެހިޖެހިގެން އެ ޓީމުގެ ދެ ވަނަ ފައިނަލު ކުޅުނު ފުރަތަމަ ފަހަރު ވެސް މެ އެވެ. ކްލަބް މޯލްޑިވްސް ކަޕްގެ ތަށި ދިފާއުކުރި ހަތަރު ވަނަ ޓީމުގެ ޝަރަފް ވެމްކޯ އިން މި ވަނީ ހޯދައިފަ އެވެ. އެންމެ ފަހުން ކްލަބް މޯލްޑިވްސް ކަޕްގެ ތަށި ޓީމަކަށް ދިފާއުކުރެވުނީ މީގެ ނުވަ އަހަރު ކުރިން އެކަން ހާސިލްކުރި އެސްޓީއޯ އެވެ. އެސްޓީއޯ އިން 2014 އާއި 2015 ވަނަ އަހަރު ތަށި ހޯދި އެވެ. އޭގެކުރިން، އެމްޕީއެލް އިން 2012 އާއި 2013 ވަނަ އަހަރު ހޯދިއިރު، އެމްއޭސީއެލް އިން 2007 އާއި 2008 ވަނަ އަހަރު ތަށި އުފުލާލި އެވެ.

ރެެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗުގައި އާރްއާރްސީން ލީޑުނެގީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ޖެހި ގޯލުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، އާރްއާރްސީ ކޮޅަށް ވެމްކޯގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވަނީ ގޯލެއް ޖަހައި އެއްވަރުކޮށްފަ އެވެ.

ވެމްކޯގެ އަލީ ރިޒާ (ކ) އާއި ފޭދޫ އިއްބެ އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

ދެ ވަނަ ހާފުގައި ކުޅެން އަރައި، ވެމްކޯ އިން ވަރަށް ބޮޑަށް ތަޖުރިބާގެ ބޭނުންކުރި އެވެ. އެ ގޮތުން، އެ ޓީމުގެ އީރާންގެ ކުޅުންތެރިޔާ، އަލީ ރިޒާ ދިން ބޯޅައަކުން، އަލީ ޝިޔާހު (ޝިޔާ) ވަނީ ގޯލު ޖަހައި ލީޑުނަގައިީދީފަ އެވެ. އާރްއާރްސީ އަށް ގޯލު ޖަހަން ލިބުނު ފުރުސަތުތަކުގައި އިސްމާއިލް މުނީޒް އާއި ބިޗަޑް އަށް ލިބުނު ފުރުސަތުތަކުގައި ބޭނުން ނުކުރެވުނެވެ.

ނަތީޖާއަކަށްވީ، ޝިޔާ އިތުރު ދެ ގޯލު ޖަހައި، ހެޓްރިކް ފުރިހަމަކޮށް މެޗުން އެ ޓީމު މޮޅުކޮށްދިނުމެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ، ވެމްކޯގެ އަލީ ރިޒާ އެވެ. ކިންގް އޮފް ފުޓްސަލް އަށް އެ ޓީމުގެ އަބްދުﷲ ޖުނައިދު (ޖެންނޭ) ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ އެ ޓީމުގެ އަހުމަދު ތޯހާ އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކީ މޯލްޑިވިއަންގެ އަހުމަދު އަފްލާޒް އެވެ. ފެއާ ޕްލޭ ޓީމަކަށް ދިވެހި ސިފައިންގެ ކްލަބް ހޮވުނުއިރު، ފެއާ ޕްލޭ ކުޅުންތެރިއަކީ ސްޓެލްކޯގެ އަހުނަފު ރަޝީދު (އަހުއްކޮ) އެވެ.

ޑްރީމް ޓީމުގައި ހިމެނެނީ، ވެމްކޯގެ ޝިޔާ، ޖެންނޭ އަދި ކީޕަރު އަބްދުﷲ ޒިމާމްގެ އިތުރުން، އާރްއާރްސީގެ އަލީ ހާފިޒް (ހާއްޕެ) އާއި ބިޗަޑް އެވެ. މުބާރާތުގައި 10 ގޯލު ޖަހައިގެން، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ އާރްއާރްސީގެ ބިޗަޑް އެވެ.

އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަކަށް މި ފަހަރު ވެސް ހޮވުނީ އާރްއާރްސީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox