ކްލަބް މޯލްޑިވްސް ކަޕް: އާރްއާރްސީގެ ޓީމާ މެދު ނައުފަލް އަށް އޮތް އިތުބާރު ބޮޑު

Oct 18, 2024, 3:58 AM
ކްލަބް މޯލްޑިވްސް ކަޕް: އާރްއާރްސީގެ ޓީމާ މެދު ނައުފަލް އަށް އޮތް އިތުބާރު ބޮޑު

ރާއްޖޭގައި ބާއްވާ އެންމެ ގިނަ ދުވަަސްވީ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯއާ ކުޅޭއިރު، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)ގެ ކޯޗު، ނައުފަލް މުހައްމަދު (ނައުބެ) އަށް ޓީމާ މެދު ބޮޑު އިތުބާރެއް އެބައޮތް ކަމަށް ބުނެފި އެވެ.

މިއީ ހެޑް ކޯޗެއްގެ ގޮތުގައި، ކްލަބް މޯލްޑިވްސް ކަޕްގައި ނައުފަލް މަސައްކަތް ކުރާ ފުރަތަމަ ފަހަރެެވެ. މީގެ ކުރިން ކޯޗިން ސްޓާފެއްގެ ގޮތުގައި، ޕްރިޒަން ކްލަބާއި ސްޓެލްކޯ ކްލަބްގެ އިތުރުން އާރްއާރްސީގައި ވެސް މަސައްކަތްކުރި އެވެ.

އެ ގޮތުން، މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލުގައި ވެމްކޯ އިން 5-3 އިން އާރްއާރްސީ ބަލިކުރިއިރު، އެ ޓީމުގެ އޭރުގެ ކޯޗު އިސްމާއިލް ޝަރީފް (އިއްސެ)ގެ ކޯޗިން ޓީމުގައި ނައުފަލް ހިމެނުނެވެ.

އާރްއާރްސީ ގޮވައިގެން މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕަށް ތައްޔާރުވާން ލިބިފައިވަނީ، ގާތްގަނޑަކަށް އެއް މަހާއި 15 ދުވަސް ކަމަށް ފައިނަލުގެ ކުރިން، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ނައުފަލް ވަނީ ބުނެފަ އެވެ.

"ޕްރެކްޓިސްތަކުގައި އެ ލިބުނު ޑިއުރޭޝަނަށް (މުއްދަތަށް) ބަލާއިރު، ޓީމުގެ އިމްޕްރޫވްމަންޓް އެއް މެޗުން އަނެއް މެޗަށް އައިއިރުގައި މި އިންނަނީ އެއް މެޗުން އަނެއް މެޗަށް ވަރަށް ބޮޑަށް ހިއްލިފައި. ވަރަށް ހިތްހަމަޖެހޭ އިމްޕްރޫވްމަންޓާ މެދު، ހާއްސަކޮށް ކީ ޕްލޭޔަރުންގެ އެ ޕާފޯމަންސް ދަށް ނުވެ، ކޮންމެ މެޗެއްގައި އެ ހިއްލފައި އެ އިންނަ ކަން އެއީ އަޅުގަނޑުދެކޭ ގޮތުގައި ރަނގަޅު އިމްޕްރޫވްމަންޓެއް މުޅި ޓީމަށް،" ނައުފަލް ބުންޏެވެ.

މި ފަހަރުގެ ފައިނަލަށް އާރްއާރްސީން ކުރި ދަތުރަށް ބަލާއިރު، މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވަނީ މޮޅުވެފަ އެވެ. އެ ގޮތުން، ނޮކައުޓް ބުރުގައިި، ކްލަބް ޓީޓީއެސް، ދިރާގުގެ އިތުރުން، ސެމީ ފައިނަލުގައި، އެމްޕީއެލް އަތުން ވަނީ މޮޅުވެފަ އެވެ.

އެމްޕީއެލް އަކީ މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި، އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯ އަތުން މޮޅުވި ހަމައެކަނި ޓީމެވެ. ފައިނަލުގައި އާރްއާރްސީއާ ކުޅެނީ ވެމްކޯ އެވެ.

ނައުފަލް ދެކޭގޮތުގައި، ވެމްކޯ ޓީމު އެއް ބަޔަކު ތިބެގެން، ދޭއް ނޫނީ ތިން އަހަރު މަސައްކަތްކޮށްފައިވާއިރު، އެ ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ. އަދި ވެމްކޯ ޓީމު ވީ އެންމެ ވަރުގަދަކޮށް މި މެޗަށް ނުކުންނާނެ ކަމަށް ބަލައި، އެ އަށް ވިސްނައިގެން އާރްއާރްސީ ޓީމުން ވެސް މަސައްކަތްކުރާނެ ކަމަށް ނައުފަލް ވަނީ ބުނެފަ އެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި ފޭވަރިޓުންނަށް ވާނީ ވެމްކޯ، އަޅުގަނޑުމެން މި ނުކުންނަނީ ދެ ވަނަ ފައިނަލުގައި ދެ އަހަރުގައި، އޭރު އަޅުގަނޑު ހުރީ އޮފިޝަލެއްގެ ގޮތުގައި، އެހެން ނަމަވެސް، މި ފަހަރު ހެޑް ކޯޗެއްގެ ގޮތުގައި ނުކުންނައިރުގައި، އަޅުގަނޑު ދެކޭ ގޮތުގައި، ފޭވަރިޓުން ގޮތުގައި ވެމްކޯ އިންނަނީ އެ މީހުން އެ އިނީ މުބާރާތް ފެށިއިރު ވެސް ތަށްޓަކާ އެކީގައި،" މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕާއި މި އަހަރުގެ ކިންގްސް ކަޕްގެ ޗެމްޕިއަންކަން ވެމްކޯ އިން ހޯދާފައިވާ ކަމަށް އިޝާރާތްކޮށް، ނައުފަލް ބުންޏެވެ.

"އަޅުގަނޑަށް އޮތް އިތުބާރަކީ، މި ޓީމު (އާރްއާރްސީ) މިދިޔަ މެޗުތަކަށް ބަލާއިރުގައި ވެފައި ހުރި ހުރިހާ ކަން ހިނގާދިޔަ ހުރިހާ ކަމަކަށް ބަލާއިރު، މި ޓީމުން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އެންމެ ފަހު ޕްލޭޔަރު، ބެންޗުން އަރާ ޕްލޭޔަރު ވިޔަސް އެންމެ ފަހު ވަގުތާ ޖެހެންދެން (ކާމިޔާބު ހޯދަން) މަސައްކަތްކުރާނެ ކަމުގެ އުންމީދު އެބައޮތް،"

އާރްއާރްސީން 2021 ވަނަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ޗެމްޕިއަންކަން ހޯދި ޓީމުގައި ހިމެނުނު ކުޅުންތެރިން މި ފަހަރު ވެސް އެ ޓީމުގައި އެބަތިބި އެވެ.

މި ފަހަރުގެ ސެމީ ފައިނަލުގައި އެމްޕީއެލްއާ ކުޅުނު މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން އާރްއާރްސީ ޓީމުގެ އިބްރާހިމް ސިނާހު މިރޭގެ ފައިނަލަށް ވަނީ ސަސްޕެންޑްވެފަ އެވެ. މިއީ، ކްލަބް މޯލްޑިވްސް ކަޕް ފައިނަލެއް ސަސްޕެންޝަންގެ ސަބަބުން ސިނާހު އަށް ގެއްލޭ ދެ ވަނަ ފަހަރެވެ. މީގެ ކުރިން، ޔުނައިޓެޑް ބީއެމްއެލް އަށް 2016 ވަނަ އަހަރު ކުޅުނުއިރު ވެސް ސިނާހު ފައިނަލްގައި ހުރީ ސަސްޕެންޝަންގަ އެވެ.

ކްލަބް މޯލްޑިވްސް ކަޕް ފައިނަލުގައި މިރޭ އާރްއާރްސީ އާއި ވެމްކޯ ކުޅޭ މެޗު ފަށާނީ 21:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox