ކްލަބް މޯލްޑިވްސް ކަޕް: ތޯހާ ދެކޭގޮތުގައި ފައިނަލަށް ވެމްކޯ ޓީމެއްގެ ގޮތުގައި ތައްޔާރު

Oct 18, 2024, 4:03 AM
ކްލަބް މޯލްޑިވްސް ކަޕް: ތޯހާ ދެކޭގޮތުގައި ފައިނަލަށް ވެމްކޯ ޓީމެއްގެ ގޮތުގައި ތައްޔާރު

ރާއްޖޭގައި ބާއްވާ އެންމެ ގިނަ ދުވަސްވީ މަޝްހޫރު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލަަށް އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އިން މިރޭ ނުކުންނައިރު، އެ ޓީމު އޮތީ ޓީމެއްގެ ގޮތުގައި ތައްޔާރަށް ކަމަށް ވެމްކޯ ޓީމުގެ ހެޑް ކޯޗު، އަހުމަދު ތޯހާ ބުނެފި އެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލަށް ވެމްކޯ އިން ޖެހިޖެހިގެން ދެ ވަނަ އަހަރު ދަތުރުކުރިއިރު، ދެ ފަހަރު ވެސް ކުޅެން ޖެހިފައި މި ވަނީ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)އާ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި އާރްއާރްސީ އަތުން ވެމްކޯ މޮޅުވީ 5-3 އިންނެވެ.

މި ފަހަރުގެ ކްލަބް މޯލްޑިވްސް މުބާރާތްތައް ފަށަން ކުޅުނު، ކިންގްސް ކަޕް ޗެމްޕިއަންކަން ޖޯލި މޯލްޑިވްސް ބަލިކޮށް ވެމްކޯ އިން ހޯދި އެވެ. އެހެން ނަމަވެސް، އެންމެ ރަނގަޅަށް ތައްޔާރީތައް ގެންދަން އެކި ސަބަބުތަކާ ހެދި ފުރުސަތު ނުލިބުނުކަން، ފައިނަލުގެ ކުރިން، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުގައި ތޯހާ ފާހަގަކުރި އެވެ.

ތޯހާ ބުނީ، ތައްޔާރީތައް ދިޔައީ ބޭނުންވި ގޮތަށް ނޫން ކަމަށާއި އޭގެ ސަބަބުތަކެއް ވެސް އެބަހުރި ކަމަށެވެ.

"ޕްރެޕަރޭޝަން އެއީ ވަރަށް މުހިންމު ކަމެއް އެއީ. ދެ ފަހަރު ފައިނަލް ކުޅުނަސް ތިން ފަހަރު ފައިނަލް ކުޅުނަސް، މި ފަހަރު ވެސް ޕްރެޕަރޭޝަން ބައި ވަރަށް ދަށްކޮށް މިދިޔަައީ. އަސްލު ފެސިލިޓީސް، ފުޓްސަލް މި ދަނޑުތަކާއި މި ކަންކަމަކީ ތާށިކޮށް ހުންނަ ކަންކަން ވީމަ އެކަންކަމަށް ހަމަ ވަރަށް ބުރޫ އަރަމުން މި ދަނީ ޕްރެކްޓިސް ސެޝަންތަކާ އެއްޗެހި ބޭއްވުމާ ކަންކަމަށް،" ފުޓްސަލްގައި ގިނަ އަހަރުތަކެއް މަސައްކަތްކޮށްފައިވާ ތޯހާ ބުންޏެވެ.

މީގެ ކުރިން، 2021 ވަނަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކޮށްފައިވާ އާރްއާރްސީން ހަތަރު ވަރަކަށް އަހަރު ތެރޭ ތިން ވަނަ ފައިނަލަށް ނުކުންނައިރު، އެ ޓީމު ވެސް އޮންނާނީ ފައިނަލަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް ތޯހާ ދެކެ އެވެ.

"އާރްއާރްސީ ވެސް ހަމަ ރަނގަޅަށް ތައްޔާރުވެފައި ކަމަށް މި ބަލަނީ ހަމަ އަސްލު. އަޅުގަނޑުމެން ވެސް (ވެމްކޯ ވެސް) ފައިނަލަށް ދިޔައިރު ހަމަ ބުނެވޭނީ ފައިނަލަށް ހަމަ 90 ޕަސެންޓް ވަރު ރެޑީގައޭ. މެޗު ފެށުނީމަ އެނގޭނީ، ކޮންމެ ގޮތެއް ވިޔަސް ދެކޮޅުގައި އެ ތިބީ މި ގައުމުގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިން. ދެން މި އޮންނަނީ ދަނޑުތެރޭގައި މި ކުރާ މަސައްކަތް. ދެން ޓެކްނިކަލް ކަންތައްތައް، ދެ ކޯޗުން ނަގާ ޑިޒިޝަންތައް، ދެން ހަމަ ކުޅެލީމަ އެނގޭނީ މި ނަތީޖާ،" ތޯހާ ބުންޏެވެ.

މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ވެމްކޯ ފަށަން ޖެހުނީ އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ. އެއީ، ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި، އެމްޕީއެލް އަތުން 1-0 އިން ބަލިވުމުންނެވެ. އެކަަމަކު، އޭގެ ފަހުން މެޗުން މެޗަށް ކުރިއެރުން ހޯދަމުން އައިސް، ނޮކައުޓް ބުރުގައި، ވެމްކޯ އިން ވަނީ ވަރުގަދަ ޓީމުތައް ކަމަށްވާ އެސްޓީއޯ އާއި މޯލްޑިިވިއަން އަދި ސްޓެލްކޯ ފަދަ ޓީމުތައް ބަލިކޮށްފަ އެވެ.

ތޯހާ ބުނީ، ފުރަަތަމަ މެޗުގައި އެމްޕީއެލް އޮތީ ވެމްކޯއާ ކުޅެން ބެލިއިރު، ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ.

"އެމްޕީއެލް އަސްލު ވަރަށް ރަނގަޅަށް ރެޑީވެފައި އޮތީ. ދެން ލަކް ވެސް އަންނާނެ. މަސައްކަތް ކުރާ ބަޔަކަށް ކާމިޔާބުވާނީ ކިތަންމެ މޮޅު ބައެއް ގޮވައިގެން އުޅުނަސް،" ތޯހާ ބުންޏެވެ.

ގައުމީ ފުޓްސަލް ޓީމުގައި ވެސް މަސައްކަތްކޮށްފައިވާ ތޯހާ ދެކޭގޮތުގައި އޭނާ އަށް ވެމްކޯގައި އޮތް އެޑްވާންޓޭޖަކީ ތިން އަހަރު އެއް ބައެއް ގޮވައިގެން އުޅުން ކަމަށެވެ. ދެން، އޭގެ އަށް އިތުރުވި، އެންމެ މުހިންމު ކުޅުންތެރިއަކީ، ކްލަބް މޯލްޑިވްސް ކަޕް ދެ ފަހަރު ހޯދާފައިވާ މުހައްމަދު އައްޒާމް ކަމަށާއި އޭނާ ޓީމުގެ ސިސްޓަމުގެ ތެރެއަށް ގެންނަން ފަށައިގެން އުނދަގޫތަކެއް ހުރި ކަމުގައި ވިޔަސް މިހާރު އެ އަށް ވެސް ބޭނުންވާ ހައްލު ގެނެވިފައިވާ ކަމަށް ތޯހާ ފާހަގަކުރި އެވެ.

"ކޯޗަށް ދުވަސްކޮޅެއް ނެގި އައްޒާމް ވެސް މީގެ ތެރެއަށް ލާން އަސްލު، މި ޓީމަކީ ތަންކޮޅެއް އަވަހަށް ކޯޗު ކުޅެން ބޭނުންވާ ޓީމަކަށް ވެފައި، ތިބެގެން ކުޅޭ ސްޓައިލެއް ނޫން ވެމްކޯ މިއީ. ހުރިހާ އެންމެން ދުވެގެން ފިޓްނަސް ވެސް ރަނގަޅުވާންޖެހޭ މެންޓަލީ ވެސް ހުރިހާ ކަމެއް އެބަޖެހޭ ހުންނަން، އައްޒާމްގެ ސްޓައިލަކީ އެހެން ސްޓައިލެއް ވީމަ ކުޑަކުޑަކޮށް އުނދަގޫވެގެން ދިޔަ މީގެ ތެރެއަށް އައްޒާމް ވައްދަން ވެސް، އެހެންވުމާ އެކު، ތައްޔާރުވުމުގައި ޓީމެއް ރެޑީކުރަން ދުވަސްކޮޅެއް ނަގައިގެން ދިޔައީ. އިންޖަރީތައް ވެސް އައީ،" ތޯހާ ބުންޏެވެ.

އެންމެ ބޮޑު އަނިޔާގެ މައްސަލައެއްގެ ގޮތުގައި އައީ، މުބާރާތާ ކައިރިކޮށް، އަހުމަދު ވިޖުދާން (ވިޖުއްކޮ) އަށް އަނިޔާވުމެވެ.

ވަރުގަދަ ފައިނަލަކަށް ތައްޔާރުވާކަން ފާހަގަކޮށް، ތޯހާ ވަނީ އެ ޓީމު ތައްޔާރު ކަމަށް ބުނެފަ އެވެ.

"ވެމްކޯ ޓީމެއްގެ ގޮތުގައި މީނީ ރެޑީގައޭ. މިހާރު ކޯޗަށް އެއްވެސް އުނދަގުލެއް ނުލައި ޑިޒިޝަން ނެގިގެންދާނެއޭ ދަނޑުތެރެއިން ވާ ކަންކަމަށް،" ތޯހާ ބުންޏެވެ.

ކްލަބް މޯލްޑިވްސް ކަޕް ފައިނަލުގައި ވެމްކޯ އާއި އާރްއާރްސީ ކުޅޭ މެޗު ފަށާނީ މިރޭ 21:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox