އިންޑިއާ އިން ރާއްޖެ އައި ދެމަފިރިއެއްގެ އަތުން ދެ ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ އެ ދެ މީހުން ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ މުހައްމަދު ޝޯއިބް، 41އ، އާއި އައިޝާ، 38އ، އެވެ. އެ މީހުން މަސްތުވާތަކެތި ގެނައީ ލަގެޖުގައި ފޮރުވައިގެންނެވެ.
މި މައްސަލާގައި އެ މީހުންނަށް ތަރުޖަމާނަކު ހަމަޖެއްސުމަށް މަސައްކަތްކުރި ކަމުގައިވި ނަމަވެސް ޝަރީއަތް ފެށުމާ ހަމައަށް ވެސް ތަރުޖަމާނަކު ހަމަޖެހިފައި ނުވެ އެވެ.
ދެ މީހުންގެ ބަންދަށް ވެސް ކޯޓަށް ހާޒިރުކުރުމުން ވަނީ ތިން ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ. އެއީ ތަރުޖަމާނަކު ހަމަނުޖެހޭތީ އެވެ.













