ޑިވެލޮޕްމަންޓު ބޭންކު ހުޅުވުމަށް ބޭނުންވާ ލައިސަންސް ދޫކޮށްފި، އަހަރެއް ތެރޭ ހިދުމަތް ފަށަން ޖެހޭ

ޑީބީއެމް ހިންގުމުގެ ލައިސެންސް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަށް އަރުވަނީ --- ފޮޓޯ: އެމްއެމްއޭ

ޑީބީއެމް ހިންގުމުގެ ލައިސެންސް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަށް އަރުވަނީ --- ފޮޓޯ: އެމްއެމްއޭ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކޮށްފައިވާ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ހުޅުވަން ބޭނުންވާ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކޮށްފި އެވެ.

އެމްއެމްއޭ އިން ބުނީ ރާއްޖޭގައި ބޭންކިން ހިދުމަތް ދިނުމަށް ބޭނުންވާ ބޭންކިން ލައިސަންސް ޑީބީއެމް އަށް ދިނީ މިއަދު ކަމަށެވެ. ޑީބީއެމް އަކީ މި ސަރުކާރުން ގާއިމުކުރި، 100 ޕަސެންޓު ސަރުކާރު ހިއްސާވާ ބޭންކެކެވެ.

"މި ބޭންކްގެ ހިދުމަތް ފެށުމުން، އިގުތިސޯދީ އަދި މާލީ ކުރިއެރުމަށް ބޭނުންވާ ދިގު މުއްދަތުގެ ފައިނޭންސިންގެ ހިދުމަތް ދިވެހިރާއްޖޭގައި ތައާރަފު ވެގެންދާނެ ކަމަށް މި އޮތޯރިޓީން ދެކެން،" ޑީބީއެމް އަށް ހުއްދަ ދިނުމާ ގުޅިގެން އެމްއެމްއޭ އިން މީޑިއާތަކަށް ދިން މައުލޫމާތުގައި ބުންޏެވެ.

Advertisement

އެ އިދާރާއިން ބުނި ގޮތުގައި މިއަދު ދިން ހުއްދައިގެ ދަށުން ޑީބީއެމް އިން އޮކްޓޯބަރު 12، 2025 ގެ ކުރިން ބޭންކިން ހިދުމަތްތައް ފަށަން ޖެހޭނެ އެވެ.

ހުއްދަ ހޯދާ، ޑީބީއެމްގެ ހުޅުވާނެ ކަމަށް ސަރުކާރުން ފުރަތަމަ ބުނީ ނިމިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ.

ނަމަވެސް ޖުލައި މަހާ ހަމައަށް ވެސް ޑީބީއެމްގެ މަސައްކަތް ނުނިމެ އެވެ. އެ ބޭންކުގެ ރަސްމީ އޮފީސް އަދި އައުޓްލެޓް ހުޅުވަނީ ކުރިން ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އިން އެސްއެމްއީ ހަބު ހިންގި އިމާރާތުގެ ފުރަތަމަ ފަންގިފިލާގަ އެވެ. އެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ.

ސެޕްޓެމްބަރު 25، ގައި މިކަން ލަސްވަމުންދާ ސަބަބު ހޯދުމަށް ސުވާލުކުރުމުން މިނިސްޓަރު ސައީދު "އަދަދު" އަށް ވިދާޅުވީ ޑީބީއެމް އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ މަސައްކަތް ނިމޭނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox