ކަމަދޫގައި ބޭއްވި އީދު ކުޅިވަރުތަކުން މަޝްހޫރުވި ޒާރާ އާއި މަހުޖަނު ސިޔާމް ކައިވެނިކޮށްފި

Oct 10, 2024, 1:41 PM
ކަމަދޫގައި ބޭއްވި އީދު ކުޅިވަރުތަކުން މަޝްހޫރުވި ޒާރާ އާއި މަހުޖަނު ސިޔާމް ކައިވެނިކޮށްފި

މިދިޔަ ބޮޑު އީދުގައި ބ. ކަމަދޫގައި ބޭއްވި އީދު ކުޅިވަރުތަކުން މަޝްހޫރުވި އައިމިނަތު ޒާރާ، 23، އާއި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު، 55، މިއަދު ކައިވެނިކޮށްފި އެވެ.

ސިޔާމް އާއި ޒާރާ ކައިވެެނި ކުރީ މިއަދު ސިޔާމްގެ އޮޅުވެލިފުށި ރިސޯޓުގަ އެވެ. ކައިވެނި ޕާޓީ އޮންނާނީ މިރޭ ހަމަ އެ ރިސޯޓުގަ އެވެ. ކައިވެނީގެ ރަނެއްގެ ގޮތުގައި ކިޔާފައި ވަނީ 2024ރ. އެވެ.

ޒާރާ އާއި ސިޔާމް ކައިވެނި ކުރުމުގެ މުނާސަތަށް މިރޭ. ކަމަދޫގައި ޖާފަތެއް ބާއްވާ ކަމަށްވެ އެވެ. ސިޔާމް ގެންގުޅުއްވާ ތިން އަހެއް ވެސް އެ ރަށަށް ވަނީ ގެންގޮސްފަ އެވެ.

މިވަގުތު އިތުރު ކައިވެންޏެއް ވެސް ކުރައްވައިގެން އުޅޭ ސިޔާމްއަކީ ރާއްޖޭގެ އެންމެ މުއްސަނދިންގެ ލިސްޓުގައި ހިމެނޭ ބޭފުޅެކެވެ. ސިޔާމް މަޖިލީހަށް ހުށަހަޅުއްވާފައިވާ މާލީ ބަޔާނަކުން އެނގޭ ގޮތުގައި އަހަރެއްގެ ތެރޭގައި އޭނާއަށް ގާތްގަނޑަކަށް 35 މިލިއަން ޑޮލަރު ލިބެ އެވެ. އެއީ 539 މިލިއަން ދިވެހި ރުފިޔާ އެވެ.

މިވަގުތު ހަ ރިސޯޓެއް ސިޔާމްގެ ކުންފުނިން ހިންގަ އެވެ. އެއީ ސިޔާމް ވޯލްޑާއި އިރުފުށި ރިސޯޓާއި އިރުވެލި ރިސޯޓާއި ވިލު ރީފް ރިސޯޓާއި އޮޅުވެލި ރިސޯޓު އަދި ޕަސިކުޑާ ރިސޯޓެވެ. ޕަސިކުޑާއަކީ އަވައްޓެރި ސްރީ ލަންކާގައި ހިންގާ ރިސޯޓެކެވެ.

އޭގެ އިތުރުން ސިޔާމްގެ ތިން ގެ ހުރެ އެވެ. އެއީ މާލޭގައި ހުންނަ ހ. ސަން އާއި ގ. ސަންސެޓް އެވެ. އަދި މެލޭޝިޔާގެ ކުއާލާލަމްޕޫރުގައި ވެސް ސިޔާމްގެ ގެއެއް ހުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox