ވެރިކަމަށް ބުދެއް ގެނެސް، މުޅި ދައުލަތް ދަނީ ލޫޓުވަމުން: އުމަރު

އުމަރު ނަސީރު: ވެރިކަމަށް ބުދެއް ގެނެސް، މުޅި ދައުލަތް ދަނީ ލޫޓުވަމުން ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

އުމަރު ނަސީރު: ވެރިކަމަށް ބުދެއް ގެނެސް، މުޅި ދައުލަތް ދަނީ ލޫޓުވަމުން ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

ރާއްޖޭގެ މުޅި ޕޮލިޓިކަލް ސިސްޓަމް ހަލާކުވެ ފުޅަ އަޅައި، ވެރިކަމަށް ގެންނަ ބުދެއް ކަހަލަ މީހާ ވަށާލައިގެން މުޅި ދައުލަތް ލޫޓުވަމުންދާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

"އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ ރާއްޖޭގައި އޮތް މުޅި ޕޮލިޓިކަލް ސިސްޓަމަކީ ހަލާކުވެ ފުޅަ އަޅާފައި އޮތް ސިސްޓަމެއް ކަމަށާއި އެ ސިސްޓަމް ތެރޭގައި ތިބި ގިނަ މީހުންނަކީ ވަގުން ކަމަށެވެ.

"މި ހުރިހާ އެންމެން އެއްވެގެން މި ތައްޔާރުކޮށް އުފައްދަނީ ވެރިކަމަށް ގެންނަން ބުދެއް. އެ ބުދު ވެރިކަމަށް ގެނެސްފައި ހުރިހާ އެންމެން ބުދު ވަށައިގެން ތިބެގެން މުޅި ދައުލަތް ލޫޓުވާލަމުން ނުގެންދަނީ،" އުމަރު ވިދާޅި އެވެ.

ރާއްޖޭގެ ތިން ބާރު ވަކިކޮށްފައި އޮތް ނަމަވެސް، މިއަދު ހުރިހާ ކޮމިޝަނެއް ވެސް އޮތީ އަމާންދީގެންކަން ކަމަށާއި ރިޝްވަތު ދިނުމާއި ހިފުމުގެ ކަންކަން ކުރިއަށްދާއިރު އެކަމާ ސުވާލު ކުރާނެ ބަޔަކު ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޝްވަތު ދިނުމަކީ އާންމު ކަމަކަށް ހަދައިގެން ނުހައްގު ފައިސާއިން ދައުލަތް ހިންގަމުންދާ ކަމަށާއި ވެރިކަމަށް އަންނަ ކޮންމެ ބަޔަކު މަޖިލިސް މެންބަރުންނާއި ވޯޓުތައް ވެސް ގަންނަމުންދާ ކަމަށް އުމަރު ވިދާޅުވި އެވެ.

"ހަމަ ހީކުރެއްވަނީ ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުން ހަމަ ތިމަންނާމެން ފައިސާ ދީފައި ގަންނަންވީއޭ، ރައްޔިތުންގެ މަޖިލިސް މެންބަރުން ވެސް ގަންނަންވީއޭ، ފައިސާ ދީފައި ވޯޓު ވެސް ގަންނަންވީއޭ. ކޮންކަހަލަ ނުބައި މެސެޖެއްތޯ މިއީ. ކޮންތާކުން ހޯދާ ފައިސާއެއްތޯ އެއީ ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ބަހަން،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ސަރުކާރަށް މިހާރު ލިބިފައި އޮތް ސުޕަ މެޖޯރިޓީ ކުރިއަށް އޮތް ދުވަސްތަކުގައި ގެއްލޭނެ ކަމަށާއި ސަރުކާރުގެ މެންބަރުން މަޖިލީހުގައި މިހާރު ތިބީ ރުހިގެން ނޫން ކަމަށެވެ.

އެގޮތުން ސަރުކާރަށް ކުރިއަށް އޮތް ދުވަސްތަކުގައި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށާއި ޕީއެންސީގެ ބައެއް މެންބަރުން މަޑު ކޮށްލައިގެން ތިބީ ސަރުކާރުގެ އާކޮޅު ސަރުކާރާ ދެކޮޅުވާން ބޭނުން ނުވާތީ ކަމަށް އުމަރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox