ޕީއެސްޖީ އަށް އެއް ވަނަ ގެއްލުނަސް އެންރީކޭ ބުނީ ކޮންޓްރޯލް އެބައޮތް ކަމަށް

Oct 7, 2024, 9:34 AM
ޕީއެސްޖީ އަށް އެއް ވަނަ ގެއްލުނަސް އެންރީކޭ ބުނީ ކޮންޓްރޯލް އެބައޮތް ކަމަށް

ޕެރިސް (އޮކްޓޫބަރު 7) - ފްރެންޗް ލީގުގައި ރޭ ނީސްއާ 1-1 އިން އެއްވަރުވެ، ޕީއެސްޖީ އަށް ލީގުގެ އެއް ވަނަ ގެއްލުނު ނަމަވެސް ކަންބޮޑުނުވާ ސަބަބަކީ އެ ޓީމަށް ލީގުގައި ކޮންޓްރޯލް ނެގުމުގެ ފުރުސަތު އޮތުން ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ނީސްގެ އަލީ އަބްދީގެ ގޯލުން އެ ޓީމު ލީޑުނަގާފައިވަނިކޮށް، ދެ ވަނަ ހާފުގައި ޕީއެސްޖީން އެއްވަރުކުރީ ނޫނޯ މެންޑޭސް ޖެހި ގޯލުންނެވެ.

މި ނަތީޖާއާ އެކު، ޕީއެސްޖީ ލީގުގެ ދެ ވަނަ އަށް ވެއްޓުނީ ލީގުގެ އެއް ވަނައިގައި އޮތް މޮނާކޯ އަށް ވުރެ ދެ ޕޮއިންޓް ފަހަތަށެވެ. މޮނާކޯ އަށް ހަތް މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، އެ އަދަަދަށް މެޗު ކުޅެގެން، ޕީއެސްޖީގެ އޮތީ 17 ޕޮއިންޓެވެ.

އެންރީކޭ ވަނީ ނީސްއާ ދެކޮޅަށް ވަރަށް ދަށްކޮށްދިޔަ ފުރަތަމަ ހާފަކަށް ފަހު، ޕީއެސްޖީން ދެ ވަނަ ހާފުގައި ކުރި މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"މިއީ ސީޒަނެއްގެ ކުރީކޮޅު، އަހަންނަށް ވަރަށް އުންމީދީ ފެށުމެއް މިއީ، މެޗަކުން ބަލިނުވެ މި އޮތީ. އަދިވެސް އަތުގައި ކޮންޓްރޯލް މި އޮތީ. އެހެންވީމަ އަަހަރެން ދެކޭގޮތުގައި އަދި ކަންކަން މި ދަނީ ރަނގަޅަށް،" ރޭގެ މެޗަށް ފަހު އެންރީކޭ ބުންޏެވެ.

ފެށުން ރަނގަޅު ނަމަވެސް އެންރީކޭ ވަނީ އެ ޓީމުން ހަދަމުން އަންނަ ގޯސްތައް ރަނގަޅުކުރަން ޖެހޭކަން ފާހަގަކޮށްފަ އެވެ. އެ ގޮތުން، ފަސޭހައިން ކަންކަން ކުރެެވެން އޮއްވައި، އުނދަގޫ ޕާސްތަކެއް ޖަހައިގެން އެޓޭކްކުރަން އުޅުމަކީ އާންމުވަމުން އަންނަ ކަމެއް ކަމަށް ވެސް އެންރީކޭ ވަނީ ބުނެފަ އެވެ.

"ވަނަތައް ހޮވަނީ ސީޒަން ނިމުނީމަ، އޮތީ ކޮން ހިސާބެއްގައިތޯ ބަލާނީ ވެސް ސީޒަން ނިމުނީމަ. މިހާރު އެންމެ މުހިންމު ކަަމަކީ، ހުރިހާ ތަށްޓަކަށް ވާދަކުރެވޭ ލެވަލެއްގައި ޓީމު ބޭއްވުން،" އެންރީކޭ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox