ތަޖުރިބާކާރުންގެ ބަސް: ރުޅި އަރުވައިނުލައި ހޯދޭނެ ހައްލު އެބަހުރި

ތަޖުރިބާކާރުންގެ ބަސް: ރުޅި އަރުވައިނުލައި ހޯދޭނެ ހައްލު އެބަހުރި

ރާއްޖެއަށް ޒިޔާރަތް ކުރާ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް ޑޮލަރު މާރުކުރަން ރިސޯޓުތަކާއި ގެސްޓު ހައުސްތަކަށް ކުއްލި އަކަށް މަޖުބޫރު ކުރުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި، އެފަދަ އުދާސް އުފެއްދުމުގެ ބަދަލުގައި، މައްސަލަ އަށް ހައްލު ހޯދޭނެ ގޮތްތައް ހުރި ކަމަށް މާލީ، އިގުތިސާދީ ދާއިރާގެ ތަޖުރިބާކާރުންނާއި ޓޫރިޒަމް ދާއިރާގެ ބައެއް ވިޔަފާރިން ވިދާޅުވެއްޖެ އެވެ.

ބޭރު ފައިސާއިން ލިބޭ އާމްދަނީ ރާއްޖޭގައި ހިފެހެއްޓުން ހަރުދަނާކޮށް ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުކުރުމުގެ ގޮތުން ބޭރު ފައިސާއާބެހޭ ގަވާއިދަށް އަންގާރަ އެމްއެމްއޭއިން ގެނައި ބަދަލާއެކު ރިސޯޓަކަށް ނުވަތަ ކެޓަގަރީ އޭގައި ހިމެނޭ ތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން އަދި ކެޓަގަރީ ބީގެ ގޮތުގައި ހިމެނޭ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން، ރުފިޔާ އަށް މާރުކުރަންޖެހޭނެ އެވެ.

  • ކެޓަގަރީ އޭގައި ހިމެނޭ ތަންތަން
  • ރާއްޖޭގައި ހިންގާ ޓޫރިސްޓް ރިޒޯޓުތައް
  • އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓުތައް
  • ރިޒޯޓް ހޮޓާތައް
  • ހޮޓާތައް (50 ކޮޓަރިއަށް ވުރެ ގިނަ ކޮޓަރި)
  • ޓޫރިސްޓު އުޅަނދުތައް
  • މިފަދަ އެހެނިހެން ތަންތަން

ކެޓަގަރީ ބީ ގައި ހިމެނެނީ ގެސްޓުހައުސްތަކާއި 50 އެނދު ނުވަތަ އެއަށްވުރެ މަދު ކޮޓަރީގެ ހޮޓާތަކެވެ.

އެ ބަދަލު ގެނައީ ހުށަހެޅި އެއްވެސް ކަންބޮޑުވުމަކަށް އިޖާބަ ނުދީ ކަމަށް ރިސޯޓު ވިޔަފާރިވެރިންގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ)އިން ބުނެ އެވެ.

"އަދަދު" ނޫހާ ވާހަކަ ދެއްކެވި ތަޖުރިބާކާރުން ވިދާޅުވީ އެފަދަ ބޮޑެތި ނިންމުންތަކަކީ އެއް ރެއަކުން އިއުލާނުކުރާ ގަވާއިދަކުން ގާނޫނަކުން ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމުގައި ހަރުފަތްތަކެއް އޮންނަންޖެހޭ ކަމަށެވެ.

ބޭރު ފައިސާގެ މިންވަރު އިތުރުކުރަން މަހުޖަނުންގެ ފައިސާ ރާއްޖޭގައި ބަހައްޓަންޖެހޭ ސަބަބެއް ބަޔާންކޮށްދެވެން ވާނެ ކަމަށާއި، އޭގެ ބަދަލުގައި "ބޮލުގައި ބަޑިޖައްސައިގެން ފައިސާއެއް ނުބަހައްޓާނެ" ކަމަށް މާލީ ދާއިރާގައި ގާތްގަނޑަކަށް ގާތްގަނޑަކަށް 25 އަހަރު އުޅުއްވާފައިވާ އެ ތަޖުރިބާކާރު ވިދާޅުވި އެވެ.

"އެ މީހުންނަކީ ވިޔަފާރިވެރިން. އެ މީހުންނަށް ކިޔައި ދޭންޖެހެނީ ފައިސާ ބަހައްޓަންޖެހޭ ސަބަބުން. އިނާޔަތްތައް ލިބެންޖެހޭނެ. އެމީހުންނަށް ޔަގީންކަން އޮންނަން ޖެހޭނެ ސިޔާސީ ކަމެއްގައި ކައުންޓު ފްރީޒް ނުކުރާނެކަން،" އޭނާ ވިދާޅުވި އެވެ.

ޑޮލަރު ރާއްޖޭގައި ބެހެއްޓުމަކަށް ވުރެ ރަނގަޅު ފައިދާއެއް އެހެން ގައުމުތަކުން ލިބޭ ކަމަށާއި، އެކަން ބަދަލުކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކުރަންޖެހޭނެ ކަމަކީ ވިޔަފާރިވެރިންނާ ވާހަކަ ދައްކައިގެން ރަނގަޅު އިންޓްރަސްޓު ރޭޓެއް ދިނުން ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

"އޭރުން އެ މީހުން ޑޮލަރު ސިންގަޕޫރު، ނިއުޒީލޭންޑު، ސްވިސްގައި ބެހެއްޓުމުގެ ބަދަލުގައި ރާއްޖޭގައި ވެސް ބަހައްޓާނެ،" އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލްއަށް އަހަރަކު ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ލިބޭ ކަމަށާއި މިފްކޯ އަށް ވެސް 60 މިލިއަން ޑޮލަރު ވަރު ލިބޭނެ ކަމަށއި އެ ފައިސާ އެމްއެމްއޭ އަށް ގަނެ، ބޭންކިން ނިޒާމުގެ ތެރެއިން ދައުރު ކުރަން ފެށުމަކީ ވެސް މައްސަލަ އަށް އަންނާނެ ހައްލެއް ކަމަށް ތަޖުރިބާކާރަކު ވިދާޅުވި އެވެ.

ރިސޯޓު ހިންގާ ބައެއް ފަރާތްތަކުން ބުނީ، މިހާރު ވެސް އެސްޓީއޯއިން ބައެއް ރިސޯޓުތަކަށް ތެޔޮ ވިއްކަނީ ރުފިޔާއިން ކަމަށާއި، އެ މުއާމަލާތް ޑޮލަރަށް ބަދަލު ކުރިޔަސް ލިބޭ ޑޮލަރު އިތުރުވާނެ ކަމަށެވެ.

"މިފަދަ އެތައް ކަމެއް އެބަ ހުރި ކުރެވިދާނެ. ކިޔައިވެސް ދިނިން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ރިސޯޓު ހިންގާ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އެމްއެމްއޭއިން ގަވާއިދަށް ގެނައި ބަދަލުގައި ތަންފީޒުކުރަން އުނދަގޫ، އަދި އިންސާފުވެރިކަމާއެކު ކުރިޔަށް ނުގެންދެވޭނެ އެތައް ކަމެއް އެބަ ހުއްޓެވެ.

އެމްއެމްއޭގެ ނިންމުމަކީ ސަރުކާރުގެ ވިޔަފާރިއާ އިގުތިސާދީ ސިޔާސަތާ ވެސް ފުށުއަރާ ނިންމުމެއް ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރައްވަ އެވެ.

"އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވަނީ ރާއްޖޭގައި އޮތީ ވަރަށް ލިބަރަލް އިކޮނޮމިކް ޕޮލިސީތަކެއް ކަމަށް. ނަމަވެސް އެމްއެމްއޭގެ އާ ގަވާއިދު އެއާ ފުށޫއެބަ އަރައި. އެހެންވީމަ އަޅުގަނޑަށް ގަބޫލު ކުރެވޭ ފިނޭންސް މިނިސްޓަރު އަދި އިކޮނޮމިކް މިނިސްޓަރު ވެސް [އިންޑަސްޓްރީއާ] މަޝްވަރާ ކޮށްގެން ހައްލެއް ހޯދުމަށް،" އަދަދު ނޫހާ ވާހަކަ ދެއްކެވި އެކްސްޕާޓަކު ވިދާޅުވި އެވެ.

އެ ނިންމުމަކީ އިންވެސްޓަރުންގެ ޝައުގު ރާއްޖެއަށް ކުޑަވާނެ ކަމެއް ކަމަށް ވެސް ބައެއް ބޭފުޅުން ގަބޫލު ކުރައްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox