ރާއްޖެ އަށް ފިޓްނަސް މައްސަލަ، ވާދަކުރި ޓީމުތަކުގެ ތައްޔާރީތައް ރަނގަޅު

Oct 2, 2024, 11:44 AM
ރާއްޖެ އަށް ފިޓްނަސް މައްސަލަ، ވާދަކުރި ޓީމުތަކުގެ ތައްޔާރީތައް ރަނގަޅު

އިންޑޮނޭޝިއާގައި ކުރިއަށްދިޔަ އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް އެފްގައި، ރާއްޖޭން ވާދަކުރިއިރު، އެންމެ ބޮޑު ކަންބޮޑުވުމަކަށް ދިމާވީ، ފިޓްނަސް މައްސަލަ ކަމަށާއި ކޮންމެ ދެ ދުވަހަކުން މެޗު ކުޅެން ޖެހުނުއިރު, އެ ހާލަތަށް ރާއްޖެ އަށް ވުރެ ރަނގަޅަށް އިދިކޮޅު ޓީމުތައް އޮތީ ރަނގަޅަށް ތައްޔާރުވެފައި ކަމަށް 20 އަހަރުން ދަށުގެ ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފި އެވެ.

ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުގައި އިންޑޮނޭޝިއާ އަތުން ރާއްޖެ ބަލިވީ ދެ ވަނަ ހާފުގެ ގޯލުތަކާ އެކު، 4-0 އިންނެވެ. ދެ ވަނަ މެޗުގައި ޔަމަން އަތުން ރާއްޖެ ބަލިވީ 3-0 އިންނެވެ. ތިން ވަނަ މެޗުގައި، ޓިމޯ ލެސްޓޭއާ ދެކޮޅަށް މެޖޯރިޓީ ރާއްޖޭން ކުޅެން ޖެހުނީ ކުޅުންތެރިއަކު މަދުކޮށެވެ. އެ މެޗުން ރާއްޖެ ބަލިވީ 4-1 އިންނެެވެ.

އެ މެޗަށް ފަހު، ޝާކިއްޓެ ބުނީ، މެޗުގެ 35 ވަަނަ މިނިޓްގައި ރާއްޖޭގެ އަބްދުﷲ ފިޒާން އަބްދުލް ގަފޫރު (ފިޒޭ) އަށް ދެއްކި ރަތް ކާޑުގެ ސަބަބުން ރާއްޖޭން ކުޅެން ޖެހުނީ، މެންޓަލީ އަދި ފިޒިކަލީ ބެލިޔަސް އުނދަގޫ ހާލަތެއްގައި ކަމަށެވެ. އަދި އެ ރަތް ކާޑު ނުދެއްކިނަމަ މެޗުގެ ނަތީޖާ ތަފާތުވާނެ ކަމަށް ވެސް ޝާކިއްޓެ ވަނީ ފާހަގަކޮށްފަ އެވެ.

ކޮލިފައިންގައި ރާއްޖެ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ކޮބައިތޯ ނޫސްވެރިން ސުވާލުކުރުމުން، ޝާކިއްޓެ ބުނީ، ކޮލިފައިން އަށް ގެންނަން ޖެހުނު ސްކޮޑުގައި ފިޓްނަސްގެ ތަފާތުތަކެއް ހުރުން ކަމަށެވެ.

އެ ގޮތުން، ޝާކިއްޓެ ބުނީ، ރާއްޖޭން ފުރަތަމަ ތައްޔާރުވީ އޮގަސްޓް މަހު، ނޭޕާލުގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ކަމަށާއި އެ މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކައި، މުބާރާތް ނިމުނީ، 28 އޮގަސްޓްގައި ކަމަށެވެ. އަދި އެ ފަހުން، ވީ މުއްދަތުގައި، ޓީމުގެ ސްކޮޑުން 12 ކުޅުންތެރިން ބަދަލުކުރަން ޖެހުނުއިރު، އޭގެ ތެރޭގައި ފުރަތަމަ އެގާރައިގައި ކުޅުނު ފަސް ކުޅުންތެރިން ހިމެނޭ ކަމަށް ޝާކިއްޓެ ބުންޏެވެ.

"ފިޓްނަސް މައްސަލަ ދިމާވީ، ކުރިން ޓީމުގައި ތިބި ކުޅުންތެރިންނާއި ފަހުން ގުޅުނު ކުޅުންތެރިންގެ ފިޓްނަސް ހުރީ އެއް ލެވަލްގައެއް ނޫން، ކޮންމެ ދެ ދުވަހުން މެޗު ކުޅެން ޖެހުނުއިރު، ބައެއް މެޗުތަކުގައި އަލަށް ޓީމާ ގުޅުނު ފަސް ވަރަކަށް ކުޅުންތެރިން ބޭނުންކުރަން ޖެހުނު. ދެން، އެ މެޗުތަކުގައި އިދިކޮޅަށް މި ކުޅެން ޖެހުނީ، ވަރަށް ރަނގަޅަށް ރެޑީ ކޮށްފައި އޮތް ޓީމުތަކާ ދެކޮޅަށް،" ޝާކިއްޓެ ބުންޏެވެ.

ޗައިނާގައި އަންނަ އަހަރު ބާއްވާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިންގެ ގުރުއަތުލުން ނިމިފައި އޮތުމާ އެކު، ރާއްޖެ އަށް ވަކިވެވެން ވެސް ނެތެވެ. އަދި އެ ފަދަ ހާލަތެއްގައި ރާއްޖޭން ކޮލިފައިން އަށް ތައްޔާރުވަމުންދިޔައިރު، ސްކޮޑުން 12 ކުޅުންތެރިން ބަދަލުކުރަން ޖެހުނީ އޭ ލެވަލްގެ އިމްތިހާނުގައި ބައިވެރިވާ ކުދިންނާއި އަނިޔާގެ މައްސަލައިގެ އިތުރުން ވަޒީފާގައި އުޅޭ ކުޅުންތެރިންނަށް ކުރިމަތިވި ހާލަތްތަކުގެ ސަބަބުންނެވެ.

ޝާކިއްޓެ ބުނީ، ރާއްޖެއާ އިދިކޮޅަށް ނުކުތް އިންޑޮނޭޝިއާ އިން މި އަހަރު އެކަނި ވެސް 17 އިންޓަނޭޝަނަލް މެޗު ކުޅެފައިވާއިރު، އޭގެ ތެރޭގައި އިޓަލީ އާއި ޔޫކްރެއިން އަދި ދެކުނު ކޮރެއާ ފަދަ ގައުމުތަކާ ކުޅެފައިވުމުން، އެ ޓީމުގެ ތައްޔާރީތަކާ މެދު ސުވާލެއް ވެސް ނެތް ކަމަށެވެ. އަދި ޔަމަނަކީ، އިންޑިވިޖުއަލް މޮޅު ކުޅުންތެރިންގެ މައްޗަށް ބަރޯސާވެފައި އޮންނަ ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމަކީ ކޮލިފައިންގައި އެންމެ ރަނގަޅަށް ކުޅުނު އެއް ޓީމު ކަމަށް ޝާކިއްޓެ ވަނީ ބުނެފަ އެވެ. އަދި ޓިމޯ ލެސްޓޭ ވެސް އައީ ޕްލޭނަކާ އެކު، މުސްތަގުބަަލަށް ޓީމެއް ތައްޔާރުކުރުމުގެ ވިސްނުމުގައި ކަމަށާއި ނަތީޖާ އަށް ވުރެ ބޮޑަށް އެ ޓީމުގެ އެ ޓާގެޓް ހާސިލްކުރަން މަސައްކަތްކުރިކަން ޝާކިއްޓެ ފާހަގަކުރި އެވެ.

ޗައިނާގައި އަންނަ އަހަރު ބާއްވާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕަށް ކޮލިފައިވުމަށް 10 ކޮލިފައިން ގްރޫޕުން އެއް ވަނަ ޓީމަށް މުބާރާތުން ސީދާ ޖާގައެއް ލިބޭނެ އެވެ. އަދި 10 ގްރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޓީމަކަށް ވެސް އޭޝިއަން ކަޕުން ފުރުސަތު ދެ އެވެ. އެ ގޮތުން، ރާއްޖެ ގްރޫޕުން އެއް ވަނަ ލިބުނީ ލަނޑުގެ ތަފާތުން އިންޑޮނޭޝިއާ އަށެވެ. އަދި މި ގްރޫޕްގެ ދެ ވަނަ ހޯދި ޔަމަނަކީ ދެ ވަނަ އަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރުނު ޓީމެވެ.

އިންޑިއާ އިން ގްރޫޕްގެ ދެ ވަނަ އަށް ދިޔަ ނަމަވެސް، އެ ޓީމަށް ހުރިހާ ގްރޫޕެއްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން ގަދަ ފަހެއްގެ ތެރެއިން ޖާގަ ނުލިބުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox