ފެނާންޑޭސް އަށް ރަތެއް، ޓޮޓެންހަމް އިން ޔުނައިޓެޑް ދަނޑުގައި އެ ޓީމު ބަލިކޮށްފި

Sep 29, 2024, 10:53 PM
ފެނާންޑޭސް އަށް ރަތެއް، ޓޮޓެންހަމް އިން ޔުނައިޓެޑް ދަނޑުގައި އެ ޓީމު ބަލިކޮށްފި

މެންޗެސްޓާ (ސެޕްޓެމްބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި އެ ޓީމު އަތުން 3-0 އިން ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވެއްޖެ އެވެ.

މި މެޗު ފަށައިގެން، ތިން ވަނަ މިނިޓްގައި ޓޮޓެންހަމް އިން ލީޑުނެގި އެވެ. މި ލަނޑު ޖެހީ، ޓޮޓެންހަމްގެ ޑިފެންޑަރު، މިކީ ވެން ޑަ ވެން، އަމިއްލަ ހާުފުގެ ތެރެއިން ބޯޅަ ހިފައިގެން ގޮސް ޔުނައިޓެޑް އޭރިއާތެރަށް ވަދެ، ހުސްކޮށްލާފައި ނަގައިދިން ބޯޅަ ބްރެނަން ޖޯންސަން ވަނީ ގޯލަށް ފޮނުވާލައިފަ އެެވެ.

ޓޮޓެންހަމް އަށް ލީޑުފުޅާކޮށްދޭން ޖޯންސަން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި ޓީމޯ ވާނާ އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތުގައި ގޯލަށް ބޯޅަ ފޮނުވައިނުލެވުނެވެ.

ޔުނައިޓެޑުން ފުރަތަމަ ހާފުގައި ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ އަކީ އޭރިއާތެރެއިން އަލެހަންދްރޯ ގާނާޗޯ ޖެހި ޝޮޓެވެ. އޭނާ ވޮލީ އަކުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.މެޗުގައި ޔުނައިޓެޑަށް މައްސަލަ ދިމާވީ 42 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ފެނާންޑޭސް އަށް ރަތެއް ދެއްކީ، ޖޭމްސް މެޑިސަން އަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ.

ކެޕްޓަން ސޮން ހެއުން މިން އަށް ދިމާވި އަނިޔާގެ މައްސަލައެއްގެ ސަބަބުން އޭނާ ނުލައި ކުޅެން ޖެހުނު ޓޮޓެންހަމް އިން ވަނީ ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނިޓްގައި ލީޑުފުޅާކޮށްފަ އެވެ. އޭރިއާތެރެއިން ޓޮޓެންހަމްގެ ޑޭޖާން ކުލުސެވްސްކީ އަށް ލިބުނު ބޯޅަ އޭނާ ވަނީ ޔުނައިޓެޑްގެ ކީޕަރު، އަންދްރޭ އޮނާނާ އަތްމަތިން ގޯލަށް ފޮނުވާލައިފަ އެވެ.

ޓޮޓެންހަމް އިން ތިން ވަަނަ ގޯލު ޖެހީ މެޗުގެ 77 ވަނަ މިނިޓްގަ އެވެ. މިއީ ކޯނަރެއްގައި ޓޮޓެންހަމްގެ ޕަޕޭ ސާ ޖައްސާލި ބޯޅައެއް ގޯލަށް ފޮނުވާލައިގެން، ޑޮމިނިކް ސޮލާންކޭ ޖެހި ލަނޑެކެވެ.

މެޗަށް ފަހު، ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ވަނީ ފެނާންޑޭސް އަށް ރަތް ކާޑު ދެއްކި ހިސާބަކީ މެޗުގެ ކަންކަން ބަދަލުވި ސަބަބު ކަމަށް ބުނެފަ އެވެ. އަދި މި ނަތީޖާ އަކީ ބަަލައިގަންނަން އުނދަގޫ ކަމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކުޅުނު ހަ މެޗުން ހަތް ޕޮއިންޓާ އެކު، ޔުނައިޓެޑް އޮތީ ލީގުގެ 12 ވަނައިގަ އެވެ. މި މޮޅާ އެކު، ޓޮޓެންހަމް ވަނީ، ހަ މެޗުން 10 ޕޮއިންޓާ އެކު އަށް ވަނަ އަށް ޖެހިލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox