ކްލަބް މޯލްޑިވްސް ކަޕް: ގަދަ 16 ޔަގީންކުރި ފުރަތަމަ ދެ ޓީމަކީ އެޗްޑީސީ އާއި އެފްއެސްއެމް

Sep 28, 2024, 2:12 AM
އެފްއެސްއެމްގެ ސިމާހު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އެފްއެސްއެމްގެ ސިމާހު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، މުބާރާތުގެ ގަދަ 16 ބުރުން ޖާގަ ޔަގީންކުރި ފުރަތަމަ ދެ ޓީމަކަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއި ހައުސިން ޑިވެލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވެއްޖެ އެވެ.

އެ ގޮތުން، ގްރޫޕް އޭގައި އެޗްޑީސީން ކުޅުނު ދެ ވަނަ މެޗުގައި ރޭ އެލައިޑް އަތުން މޮޅުވީ 2-1 އިންނެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ރޭ އާސަންދަ އަތުން 4-1 އިން ކްލަބް ފެން ވަނީ މޮޅުވެފަ އެވެ. ގްރޫޕް ބީގައި އެފްއެސްއެމް އިން ދެ ވަނަ މޮޅު ހޯދީ ރޭ 5-3 އިން ބަރޮސް މޯލްޑިވްސް ބަލިކޮށްގެންނެެވެ. އަދި މި ގްރޫޕްގެ އަނެއް މެޗުން، ކްލަބް ޓީޓީއެސް އާއި އެމްއޭސީއެލް ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

އެޗްޑީސީ އަށް ރޭގެ މެޗުގައި ދެ ގޯލު ވެސް ޖަހައިދިނީ ހުސެއިން ސުހައިލް (ސޮކޭ) އެވެ. އެލައިޑްގެ ހަމައެކަނި ލަނޑު ޖެހީ، މުހައްމަދު އައިހަމް އެވެ. ފެން ޓީމަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، ހުސެއިން ސަވީލް ދެ ގޯލާއި އަހުމަދު މަހުދީ އާއި ސޮލާހު އަލީ (ސޮލާ) އެވެ. އާސަންދައިގެ ލަނޑު ޖެހީ، މުހައްމަދު ހަމްދޫން އެވެ.

އެޗްޑީސީގެ ސުހައިލް (ވ) ރޭގެ މެޗުގެ ތެރެއިން ބޯޅަ ހިފައިގެން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގްރޫޕްގެ އެއް ވަަނައިގައި ހަ ޕޮއިންޓާ އެކު އެޗްޑީސީ އޮތްއިރު، ދެ ވަނައިގައި އޮތް ފެން އާއި ތިނެއްގައި އޮތް އާސަންދަ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް އެލައިޑަށް އަދި ޕޮއިންޓެއް ނުލިބޭއިރު، އެ ޓީމަށް މުބާރާތުގައި ކުރިއަށްދިއުމުގެ އަމިއްލަ ބާރެއް ނެތެވެ.

އެފްއެސްއެމް އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، އިބްރާހިމް ސިމާހު (ތަޑޭ) ހެޓްރިކެއްގެ އިތުރުން، މުހައްމަދު ނާފިއު އަހުމަދު (ނާއްޕެ) އަދި އަހުމަދު އައިހަމް (އައިހު) އެވެ. ބަރޮސްގެ ލަނޑުތައް ޖެހީ، އާދަމް ޝަހީމް ދެ ގޯލާއި އަބްދުﷲ ގުރައިޝް އެވެ.

އެމްއޭސީއެލްގެ އިބްރާހިމް އައިމަން އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް، ޓީޓީއެސް އަށް އެއްވަރުކޮށްދިނީ، މުހައްމަދު އިޔާދު އެވެ.

ގްރޫޕް ބީގެ އެއް ވަނައިގައި އެފްއެސްއެމް އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޓީޓީއެސް އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އެމްއޭސީއެލް އަށް އެއް ޕޮއިންޓް އަދި ބަރޮސް އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox