ކްލަބް މޯލްޑިވްސް ކަޕް: އެމްޕީއެލް އިން ވެމްކޯ ބަލިކުރިއިރު، އާރްއޯއެލް އަށް ތަފާތު ބޮޑު މޮޅެއް

Sep 27, 2024, 2:19 AM
ކްލަބް މޯލްޑިވްސް ކަޕް: އެމްޕީއެލް އިން ވެމްކޯ ބަލިކުރިއިރު، އާރްއޯއެލް އަށް ތަފާތު ބޮޑު މޮޅެއް

ކްލަބް މޯލްޑިވްސް ކަޕްގައި މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ 1-0 އިން ބަލިކުރިއިރު، ރާއްޖެ އޮންލައިން (އާރްއޯއެލް) އިން 7-0 އިން މޯލްޑިވްސް އިސްލާމިކް ބޭންްކް (އެމްއައިބީ) އަތުން މޮޅުވެއްޖެ އެވެ.

ގްރޫޕް ޖީގައި ރޭ ކުޅުނު ދެ މެޗާ އެކު، މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ކުޅޭ 28 ޓީމުން މި ވަނީ ފުރަތަމަ މެޗުތައް ނިންމާލައިފަ އެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ އެމްޕީއެލް އިން ވެމްކޯ ބަލިކުރިއިރު، މެޗުގެ ހަމައެކަނި ލަނޑު ޖެހީ، އެމްޕީއެލްގެ ގޯލްކީޕަރު، އިސްމާއިލް ފާތިހު (ތާޑޭ) އެވެ. އޭނާ އަމިއްލަ އޭރިއާތެރޭގައި ހުރެފައި ޖެހި ބޯޅަ ގޯލަށް ވަނީ ވެމްކޯގެ ކީޕަރު، އަބްދުﷲ ޒިމާމް އަތްމަތިން ގޮހެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ ތާޑޭ އެވެ.

އާރްއޯއެލްގެ ނަބީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

ލަނޑެއް ޖެހޭތޯ މި މެޗުގައި ވެމްކޯ އިން ކުރި މަސައްކަތް ހުއްޓުވުމުގައި އެމްޕީއެލްގެ ކުޅުންތެރިން ވަނީ މޮޅު ޑިފެންސެއް ކޮށްފަ އެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި، އާރްއޯއެލް އިން ތަފާތު ބޮޑު މޮޅެއް ހޯދިއިރު، އެމްއައިބީ ކޮޅަށް ލަނޑުތައް ޖެހީ، މެޗުގެ މޮޅު ކުޅުންތެރިޔާ، މުހައްމަދު ނަބީހު (ނަބީ) ދެ ގޯލުގެ އިތުރުން، އައިރޫން އަހުމަދު، އަހުމަދު މާހިރު މުހައްމަދު، އަޝްހަމް އިބްރާހިމް މުހައްމަދު، އަހުމަދު ވަޖީހު އާއި ހުސެއިން ފަޔާޒް އެވެ.

ކްލަބް މޯލްޑިވްސް ކަޕްގައި މިރޭ ހަތަރު މެޗެއް ކުޅޭނެ އެވެ.

މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ހަތް ގްރޫޕުން ކޮންމެ ޓީމެއްގެ ގަދަ ދެ ޓީމެއް، ގަދަ 16 ބުރަށް ދަތުރުކުރާއިރު، އެ ބުރުގެ ބާކީ ދެ ޖާގަ ކަނޑައަޅާނީ، ހުރިހާ ގްރޫޕެއްގެ ތިން ވަނަ އަށް ދާ ޓީމުތަކުގެ ރޭންކިންގެ ތެރެއިން އެންމެ ރަނގަޅު ދެ ޓީމެއް އަނެއް ބުރުން ފުރުސަތު ލިބޭ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox