ކްލަބް މޯލްޑިވްސް ކަޕް: އާރްއާރްސީ އަށް މޮޅެއް، ބީއެމްއެލް އެއްވަރު

Sep 26, 2024, 5:42 AM
ލަނޑު ޖެހުމަށް ފަހު އާރްއާރްސީގެ ކުޅުންތެރިން އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

ލަނޑު ޖެހުމަށް ފަހު އާރްއާރްސީގެ ކުޅުންތެރިން އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން ކުޅުނު މެޗުގައި 2-1 އިން މޯލްޑިވިއަން އަތުން މޮޅުވިއިރު، ބެންކް އޮފް މޯލްޑިވްސްގެ ފުރަތަމަ މެޗުގައި ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)އާ 2-2 އިން އެއްވަރުވެއްޖެ އެވެ.

މުބާރާތުގެ ޗެމްޕިއަންކަން، 2021 ވަނަ އަހަރު ހޯދި އާރްއާރްސީން މި ފަހަރު ވެސް ވަރުގަދަ އަށް ނުކުތްއިރު، އެ ޓީމުން އުނދަގޫ މޮޅެއް ހޯދީ ފަހަތުން އަރަ އެވެ. މޯލްޑިވިއަން ޓީމުގެ އަހުމަދު އަފްލާޒް ގޯލެއް ޖަހާފައިވަނިކޮށް، އާރްއާރްސީ ފަހަތުން އަރައި މޮޅުވީ، އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ޖެހި ދެ ގޯލުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އާރްއާރްސީގެ އިބްރާހިމް އަސްވަދު (ގަބޭ) އެވެ.

މި ގްރޫޕްގެ އަނެއް މެޗުން، އުރީދޫން ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން އަތުން 2-1 އިން މޮޅުވެފަ އެވެ. އުރީދޫގެ ލަނޑުތައް ޖެހީ، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މުހައްމަދު ރާއިފް ފަޒީލް އެވެ. އަދި ފަހިގެ ގޯލު ޖެހީ، ސަމްހު ޝާއިން މުހައްމަދު އެވެ.

ސިފައިންގެ ޓީމުގެ ތިން ކުޅުންތެރިން ކައިރިން ބީއެމްއެލްގެ ސައްޓު ބޯޅަ ހިފައިގެންދަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

މީގެ ކުރިން މުބާރާތުގެ ޗެމްޕިއަންކަން ދެ ފަަހަރު ހޯދާފައިވާ ބީއެމްއެލް އިން ރޭގެ މެޗުގައި ލަނޑުތައް ޖެހީ، އަހުމަދު މަހްދޫމް އާއި ޒައިން ޒަފަރު އެވެ. ސިފައިންގެ ޓީމުގެ ލަނޑުތައް ޖެހީ، ފަހުމާން އަބްދުލް ހަމީދު އާއި މުހައްމަދު މަފާޒް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ، ބީއެމްއެލް ޓީމުގެ އިޝާން އިބްރާހިމް (ސައްޓު) އެވެ.

އޭޑީކޭ އިން ވަނީ އެމްޓީސީސީ އަތުން 5-0 އިން މޮޅުވެފަ އެވެ. އޭޑީކޭ ޓީމުގެ އަލީ ހުޝާމް ދެ ލަނޑު ޖެހިއިރު، އަލީ އިކްރާމް، ޝައުފް ވަލީދު އާއި މުހައްމަދު އިރާޝް ކޮންމެ ކުޅުންތެރިއަކު ގޯލެއް ޖެހި އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އޭޑީކޭގެ ހުޝާމް އެވެ.

ކްލަބް މޯލްޑިވްސް ކަޕްގައި މިރޭ ދެ މެޗެއް ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox