އިޒްރޭލު ސިފައިން އަލްޖަޒީރާގެ އޮފީހަށް ވަދެގަނެ އެ ތަން ބަންދުކުރުން ރައީސް ކުށްވެރިކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ގެ އާންމު ޖަލްސާގެ ބަހުސްގައި ވާހަކަދައްކަވަނީ: އެމަނިކުފާނު ވަނީ އިޒްރޭލުން އަލްޖަޒީރާގެ އޮފީސް ބަންދުކުރުން ކުށްވެރިކުރައްވާފަ ---- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ގެ އާންމު ޖަލްސާގެ ބަހުސްގައި ވާހަކަދައްކަވަނީ: އެމަނިކުފާނު ވަނީ އިޒްރޭލުން އަލްޖަޒީރާގެ އޮފީސް ބަންދުކުރުން ކުށްވެރިކުރައްވާފަ ---- ފޮޓޯ: ރައީސް އޮފީސް

ފަލަސްތީނާ ދެކޮޅަށް ގަތުލުއާންމު ހިންގަމުންދާ އިޒްރޭލުން ފަލަސްތީނުގެ ސެންޓްރަލް ވެސްޓް ބޭންކުގެ ރާމަﷲ ގައި ހުންނަ އަލްޖަޒީރާ އޮފީހަށް ހަތިޔާރާ އެކު ވަދެގަނެ އެ ތަން ބަންދުކުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފި އެވެ.

އދ. ގެ 79 ވަނަ އާންމު ޖަލްސާގެ ބަހުސްގައި ތަގުރީރު ކުރައްވަމުން އެމަނިކުފާނު ވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމު ކުށްވެރި ކުރައްވައި އެ ލާއިންސާނީ އަމަލުތައް ދުނިޔެއަށް ގަބޫލުކުރަންވެސް ދަތިވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ހާލަތުގައި ގާޒާ އޮއްވައި އިޒްރޭލުން މިހާރު ދަނީ ލުބުނާނަށް ހަމަލާދެމުން ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ނޫސްވެރިންނަކީ އިންސާނިއްޔަތުގެ ލޯތަކާއި ކަންފަތްތަކުގެ ގޮތުގައި ސިފަކުރައްވާ، އިޒްރޭލުން ނޫސްވެރިންނާއި މީޑިއާތަކާ ދެކޮޅަށް ދެމުންދާ ހަމަލާތައް ވެސް އެމަނިކުފާނު ވަނީ ކުށްވެރިކުރައްވާފަ އެވެ.

Advertisement

"ނޫސްވެރިން މެރުން. ފަލަސްތީނު، ލުބުނާނު އަދި އަލް ޖަޒީރާގެ ނޫސްވެރިން. އަލްޖަޒީރާގެ އޮފީސްތައް ބަންދުކުރުން. މިއީ އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ދުނިޔެއަށް ފޮރުވުމަށް ކުރާ ކަންކަން ނޫން ގޮތަކަށް އަޅުގަނޑުމެންނަށް ސިފަކުރެވޭނެ ތޯ؟" ރައީސް ވިދާޅުވި އެވެ.

އިޒްރޭލު ސިފައިން ހަތިޔާރާއެކު، ރާމަﷲ ގައި ހުންނަ އަލްޖަޒީރާގެ އޮފީހަށް ވަދެގަތީ އާދިއްތަ ދުވަހު އެވެ.

"އިޒްރޭލު ސިފައިން އައިސް އޮފީހުގައި ތިބި އަލްޖަޒީރާ މުވައްޒަފުންނަށް އިންޒާރު ދިނީ 10 މިނެޓު ތެރޭގައި އެތަން ހުސް ކުރަން. ދާއިރު އަމިއްލަ ތަކެތި ވެސް ހިފައިގެން ދާން ބުނީ. އެމީހުން ބުނީ 45 ދުވަސް ވަންދެން އެތަން ބަންދު ކުރަން އަމުރު ލިބިފައިވާ ކަމަށް،" މި ހާދިސާއާ ގުޅިގެން އެ މީޑިއާއިން ބުނެފައިވެ އެވެ.

އިޒްރޭލުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ގާޒާގައި ހިންގަމުންދާ ގަތުލުއާންމަކީ މިހާތަނަށް އިންސާނީ ތާރީހުގައި އެންމެ ގިނަ ނޫސްވެރިން މަރާލި ހަމަލާތައް ދިން ގަތުލުއާންމެވެ. ވޭތުވެދިޔަ 11 މަހުގެ ތެރޭ އިޒްރޭލުން ވަނީ ގާޒާގައި 116 ނޫސްވެރިން މަރާލާފަ އެވެ. އެ ހަމަލާތަކުގައި މަރުވި ޖުމްލަ މީހުންގެ އަދަދު 42،000 އަށްވުރެ މައްޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox