ކްލަބް މޯލްޑިވްސް ކަޕް: ޓީޓީއެސް، އެޗްޑީސީ، އެފްއެެސްއެމް އަދި އާސަންދަ ފެށީ މޮޅަކުން

Sep 24, 2024, 4:11 AM
ޓީޓީއެސް ޓީމުގެ އިޔާދު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

ޓީޓީއެސް ޓީމުގެ އިޔާދު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

ކްލަބް މޯލްޑިވްސް ކަޕް 2024ގެ ފުރަތަމަ މެޗުތަކުން، ކްލަބް ޓީޓީއެސް، ކްލަބް އެޗްޑީސީ، ޓީމު އެފްއެސްއެމް އަދި ކްލަބް އާސަންދަ މޮޅުވެއްޖެ އެވެ.

ގްރޫޕް އޭގައި ރޭ އެޗްޑީސީން ކްލަބް ފެން ބަލިކުރީ 2-0 އިންނެވެ. އެ ގްރޫޕްގެ އަނެއް މެޗުން، ޓީމު އެލައިޑް އަތުން އާސަންދަ މޮޅުވީ 3-2 އިންނެވެ.

ގްރޫޕް ބީގައި އެފްއެސްއެމް އިން 1-0 އިން އެމްއޭސީއެލް ބަލިކުރިއިރު، އެ ގްރޫޕްގެ އަނެއް މެޗުން، ޓީޓީއެސް އިން ވަނީ، 5-0 އިން ބަރޮސް މޯލްޑިވްސް ބަލިކޮށްފަ އެވެ.

އެޗްޑީސީ އަށް ރޭގެ މެޗުގަައި ލަނޑުތައް ޖަހައިދިނީ، ސާމިން މުހައްމަދު ނަސީރު އާއި އަބްދުﷲ ޝައްފާން (ޝާކާ) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ، އެޗްޑީސީގެ ކެޕްޓަން، އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.

ފެން ޓީމުގެ ސޮލާހު ކައިރިން ބޯޅަ ހިފައިގެން އެޗްޑީސީގެ ޝާފިއު ދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އެ ގްރޫޕްގެ އަނެއް މެޗުގައި، އާސަންދަގެ ލަނޑުތައް ޖެހި އަލީ މީސާގް އީސާ އާއި، މެޗުގެ މޮޅު ކުޅުންތެރިޔާ، އަލީ ހަމްދާން (އައްޔަ) އަދި އަހުމަދު އަބްދުﷲ (ލިލީ) އެވެ. އެލައިޑްގެ ލަނޑުތައް ޖެހީ، އަހުމަދު ޒަމީމް އާއި އަހުމަދު ހުނައިފް އެވެ.

އެފްއެސްއެމް އިން އެމްއޭސީއެލް އަތުން އުނދަގޫ މޮޅެއް ހޯދިއިރު، މި މެޗުގައި އެ ޓީމުގެ ލަނޑު ޖެހީ، އަހުމަދު އައިހަމް (އައިހު) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އައިހު އެވެ.

ޓީޓީއެސް އިން މި ފަހަރު ވަރުގަދަކޮށް ފެންނައިރު، އެ ޓީމުގެ ލަނޑުތައް ޖެހީ، މުހައްމަދު އިޔާދު ހަތަރު ގޯލާއި އިބްރާހިމް އާޒިމް ގޯލެކެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ، ކުރިން ޓީމު ފެނަކައިގައި ހިމެނިގެން މި މުބާރާތް ކާމިޔާބުކުރި އިޔާދު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox