ކްލަބް މޯލްޑިވްސް ކްލަސިކްގެ ތަށި ކުޅިވަރު ވުޒާރާ އަށް

Sep 23, 2024, 5:35 PM
ކްލަބް މޯލްޑިވްސް ކްލަސިކްގެ ޗެމްޕިއަންކަން ހޯދި ކުޅިވަރު ވުޒާރާ ކްލަބުން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ކްލަބް މޯލްޑިވްސް ކްލަސިކްގެ ޗެމްޕިއަންކަން ހޯދި ކުޅިވަރު ވުޒާރާ ކްލަބުން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތުގެ ޗެމްޕިއަންކަން، އެމްއެމްއޭ ސޯޝަލް ކްލަބް އަތުން 8-0 އިން މޮޅުވެ، ކުޅިވަރު ވުޒާރާ ކްލަބުން ހޯދައިފި އެވެ.

މިދިޔަ އަހަރު ކްލަބް މޯލްޑިވްސް އިން މުޅިން އަލަށް ފެށި ކްލަސިކް މުބާރާތުގައި އެ ފަހަރު 24 ޓީމު ވާދަކުރި އެވެ. މި ފަހަރުގެ މުބާރާތުގައި، 32 ޓީމުން ވާދަކުރިއިރު، ކުޅިވަރުގެ ވުޒާރާ އިން ވަނީ ކުޅުނު ހަތް މެޗުގެ ތެރެއިން ހަަ މެޗުން މޮޅުވެފަ އެވެ. އެ ޓީމު ބަލިވީ ގްރޫޕް ސްޓޭޖުގައި ހުޅުމާލެ ހޮސްޕިޓަލް އަތުންނެވެ.

ކުޅިވަރުގެ ވުޒާރާ އިން ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ފުރަތަަމަ ފަހަރަށް ހޯދި ޓީމު ޑީޖޭއޭ އަތުން ކުއާޓާ ފައިނަލުގައި މޮޅުވެފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން، ޑީޖޭއޭ އަތުން ކުޅިވަރުގެ ވުޒާރާ މޮޅުވީ، 7-1 އިންނެވެ، އަދި ކުޅިވަރުގެ ވުޒާރާ އިން ވަނީ ސެމީ ފައިނަލުގައި، ޓީމު ބަދަހި އަތުން، 6-2 އިން މޮޅުވެފަ އެވެ.

ފައިނަލް މެޗުގައި ލަނޑު ޖެހުމަށް ފަހު، ސާޖިދު (ވ) އާއި ނާއިފް އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

މި ކާމިޔާބީގައި އެންމެ ބޮޑު ތަފާތަކީ، ކުޅިވަރު ވުޒާރާ ޓީމުގެ ސާޖިދު އަހުމަދު އިބްރާހިމް އާއި ނާއިފް ޝަފީގު (ސީއާރް3) އެވެ. ފައިނަލް މެޗުގައި ސާޖިދު ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. ނާއިފް، ތިން ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ އާދިލް އަބްދުލް ރަހުމާން އެވެ.

ފައިނަލް މެޗާއި މުބާރާތުގެ މޮޅު ކުޅުންތެރިއާ އަށް ދޭ ކިންގްގެ މަގާމު ދިނީ ސާޖިދު އަށެވެ. އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ، ކުޅިވަރު ވުޒާރާ ޓީމަށް 17 ލަނޑު ޖަހައިދިން ނާއިފް އެވެ.

ނާއިފް އާއި ސާޖިދުގެ އިތުރުން ޑްރީމް ޓީމުގައި ހިމެނެނީ، އެމްއެމްއޭގެ މުހައްމަދު ނާއިފް، ޓީމު ބަަދަހިގެ އާސިފް ހަނީފް އަދި ކްލަބް 220 ގެ ގޯލްކީޕަރު، މުހައްމަދު މިއުރާޝް އަފްރާހު އެވެ. އެންމެ މޮޅު ކޯޗަކީ، ކުޅިވަރު ވުޒާރާ ޓީމުގެ ހުސެއިން ޖަލީލް އެވެ. ފެއާ ޕްލޭ ކުޅުންތެރިއަކީ، ކްލަބް 220 ގެ މުހައްމަދު ނިޝާހު (ނިއްކޮ) އެވެ. ފެއާޕްލޭ ޓީމުގެ ޓްރޮފީ ލިބުނީ، ކްލަބް 220 އަށެވެ.

މީގެ ކުރިން، ކުޅިވަރާއި ޔޫތު މިނިސްޓްރީ އެއްކޮށްލައިގެން، ކްލަބް މޯލްޑިވްސްގައި ވާދަކުރި އެވެ. އެކަމަކު، މިހާރު ސަރުކާރުން މި ދެ ވުޒާރާ ވަކިކޮށްލުމުން، ދެ ޓީމެއްގެ ނަމުގައި މި ފަހަރުގެ ކްލަސިކްގައި ވާދަކުރި އެެވެ. އެ ގޮތުން ސްޕޯޓްސް މިނިސްޓްރީން، ކުޅިވަރު ވުޒާރާ ކްލަބް ކުޅުނުއިރު، ޔޫތުން ނެރުނީ ޔޫތު ރެކްރިއޭޝަން ކްލަބް (ވައިއާރްސީ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox