ކްލަބް މޯލްޑިވްސްގެ އެއިޓީން ތާޓީގެ ޗެމްޕިއަންކަން ޕޮލިހަށް

Sep 23, 2024, 9:30 AM
ކްލަބް މޯލްޑިވްސް އެއިޓީން ތާޓީގެ ޗެމްޕިއަންކަން ހޯދި ޕޮލިސް ޓީމުން އުފާފާޅުުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ކްލަބް މޯލްޑިވްސް އެއިޓީން ތާޓީގެ ޗެމްޕިއަންކަން ހޯދި ޕޮލިސް ޓީމުން އުފާފާޅުުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ކްލަބް މޯލްޑިވްސްގެ އަންހެން ޑިވިޝަން، އެއިޓީން ތާޓީގެ ޗެމްޕިއަންކަން ޕޮލިސް ކްލަބުން ވަނީ ފުރަތަމަ ފަހަރަށް ހޯދައިފި އެވެ.

މި ފަަހަރުގެ ފައިނަލުގައި، ތިން ފަހަރު ޗެމްޕިއަންކަން ހޯދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަތުން ޕޮލިސް މޮޅުވީ 8-3 އިންނެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުން ޕޮލިސް ވަނީ ފެނަކަ އަތުން ބަލިވެފަ އެވެ. މި ފަހަރުގެ މުބާރާތުގައި ފެނަކަ ވާދައެއް ނުކުރެ އެވެ.

ހަތް ޓީމު ވާދަކުރި މި ފަހަރުގެ އެއިޓީން ތާޓީ މުބާރާތް ފެނުނީ މައްސަލަ ބޮޑު މުބާރާތެއްގެ ގޮތުގަ އެވެ. އެ ގޮތުން، ވެމްކޯ އަށް ވަނީ ދެ ފަހަރެއްގެ މަތިން ފިޔަވަޅު އަޅައިފަ އެވެ. ފުރަތަމަ ފަހަރަށް ވެމްކޯ އަށް ފިޔަވަޅު އެޅީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ތިން މެޗުގައި، ގަވާއިދުގައި ބުނާ ކަންކަން ފުރިހަމަަނުވާ، ވަޒީފާ އަދަކުރާތާ، 60 ދުވަސް ހަމަނުވާ މުވައްޒަފެއް ކުޅުވުމުންނެވެ. ވެމްކޯގެ ތިން މެޗުގައި ލިބުނު ޕޮއިންޓްތައް އުނިކުރިއިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި، ވެމްކޯ އިން ހެލްތު ރެކްރިއޭޝަން އަތުން އަތުން ތަފާތު ބޮޑުކޮށް މޮޅުވި އެވެ.

ފައިނަލް މެޗުގައި، ވެމްކޯ އާއި އެމްޕީއެލް ކުޅެން ފުރުސަތު ހޯދާފައިވަނިކޮށް، އަނެއްކާ ވެސް ވެމްކޯގެ މައްސަލައެއް ކުރިމަތިވެގެން، މި ފަހަރު އެ ޓީމު ޑިސްކޮލިފައިކުރުމަށް ފަހު، ފައިނަލް މެޗުގައި ފުރުސަތު ދިނީ ސެމީގައި ވެމްކޯ އަތުން 5-4 އިން ބަލިވި ޕޮލިހަށެވެ. ދެ ފަހަރު ވެސް ވެމްކޯ އަށް ފިޔަަވަޅު އެޅީ އެއްކަހަލަ މައްސަލައެއްގަ އެވެ.

ލަނޑު ޖެހުމަށް ފަހު ޕޮލިހުގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި، ޕޮލިހުގެ ރާނިޔާ އިބްރާހިމް ހެޓްރިކެއް ހެދިއިރު، މި ފަހަރުގެ މުބާރާތުގައި އަނިޔާގެ ސަބަބުން އޭނާ ކުޅުމާ ދުރަށް ދާން ވެސް ޖެހުނެވެ. ޕޮލިހުގެ އަނެއް ލަނޑުތައް ޖެހީ، މަރިޔަމް ރިފާ ދެ ގޯލާއި ނީޝާ ސަމީރު އަދި އައިޝަތު ރަވީނާ އެވެ. އެމްޕީއެލްގެ އައިމިނަތު ޝާމިލާ ދެ ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ، ފާތިމަތު ޖޫޒާން ޒަރީރު އެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި ފެނަކައިން ވަނީ 3-1 އިން ޕޮލިސް ބަލިކޮށްފަ އެވެ. މި ފަހަރުގެ ޕޮލިސް ޓީމުގައި ދިވެހި ސިފައިންގެ ކްލަބްގެ ކުޅުންތެރިން ހިމެނެ އެވެ. އެއީ، ސިފައިންގެ ޓީމު ބައިވެރިނުވާތީ އެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ، ޕޮލިހުގެ ހަތަރު ކުޅުންތެރިން ކަމަށްވާ ފާތިމަތު ތީބާ، އައިމިނަތު ލީޒާ، ފާތިމަތު ސައިނާ، ރިފާގެ އިތުރުން، އެމްޕީއެލްގެ ބިދޭސީ ކުޅުންތެރިޔާ، ކަރީނާ އެވެ. ކުއީން އޮފް ފުޓްސަލް އަށް މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ، ރިފާ ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ، ޕޮލިހުގެ މުހައްމަދު އާތިފް (އާތީ) އެވެ.

ފެއާޕްލޭ ކުޅުންތެރިއަކީ ސްޓެލްކޯ ކްލަބްގެ ފިރުޝާނާ ނަސީރު އެވެ. އަދި ފެއާޕްލޭ ޓީމަކީ ސްޓެލްކޯ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox