ކާވާ ވިމެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕް: ތާރީހީ ކުރިމަތިލުމުގައި ޕޮލިސް ބަލިކޮށް ވެމްކޯގެ ފޯމު ހިފަހައްޓައިފި

ކާވާ ވިމެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕް: ތާރީހީ ކުރިމަތިލުމުގައި ޕޮލިސް ބަލިކޮށް ވެމްކޯގެ ފޯމު ހިފަހައްޓައިފި

ރާއްޖޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ކުލަބް ޗެމްޕިއަންޝިޕުގައި ޕޮލިސް ކުލަބް ސީދާ ތިން ސެޓުން ބަލިކޮށް ކުލަބް ވެމްކޯ އިން އެ ޓީމުގެ ފޯމު ދަމަހައްޓައިފި އެވެ.

މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި، ރާއްޖޭގެ އަންހެން ދެ ކްލަބްގެ ފުރަތަމަ ކުރިމަތިލުމެވެ. މި މެޗުން ކުރިހޯދައި ވެމްކޯ މި ވަނީ ފައިނަލްގެ އުންމީދު ދަމަހައްޓައިފަ އެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ވެމްކޯ އިން ވަނީ ސްރީ ލަންކާގެ އެއާފޯސްގެ މައްޗަށް 3-1 ސެޓުން ކުރިހޯދައިފަ އެވެ. ޕޮލިހުން ވެސް ވަނީ އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ކިރްގިސްތާންގެ ވީސީ ޑިއަމެޑްގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިފަ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގެ ސެޓުތައް ވެމްކޯ އިން ގެންދިޔައީ, 25-15, 25-18 އަދި 25-20 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ވެމްކޯ އިން ވަނީ 10 ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ. އެއާއެކު, ޕޮލިހަށް އެ ފަރަގު ކުޑަކުރެވޭ ގޮތް ނުވެ, މި ސެޓު ފަސޭހަކަމާއެކު 25-15 އިން ވެމްކޯ ކާމިޔާބުކުރީ އެވެ.

ދެވަނަ ސެޓު ފަށައިގެން ޕޮލިހުން ގޭމުގެ ތެރެއަށްވަދެ, ވެމްކޯގެ މައްޗަށް ކުރިހޯދޭތޯ މަސައްކަތްކުރި އެވެ. އެކަމަކު, މި ސެޓުގެ ވަކި ހިސާބަކުން ވެމްކޯގެ ޖޫޒާން ޒަރީރް, ނަރީމާ އިދުރީސް (ނަންނި) އަދި އައިޝަތުގެ މާޖިދާގެ މޮޅު ކުޅުން ފެނިގެންދިޔަ އެވެ. މީގެ އިތުރުން މި ސެޓުގައި ވެމްކޯގެ ބިދޭސީ ދެ ކުޅުންތެރިންވެސް ވަނީ ގިނަ ޕޮއިންޓްތަކެއް އެ ޓީމަށް ސްކޯކޮށްދީފަ އެވެ. އެއާއެކު، މި ސެޓު ވެމްކޯ އިން ގެންދިޔައީ, 25-18 އިންނެވެ.

މި މެޗުގެ ދެވަނަ ސެޓުގައި, ޕޮލިހުގެ ޝަހާ ޝާމިން ކުޅެން އެރުވި އެވެ. "އަދަދު ސްޕޯޓްސް" އަށް އެނގިފައިވާ ގޮތުން ޝަހާ ފުރަތަމަ މެޗުގައި ނުކުޅުނީ އަނިޔާގައި ހުރުމުންނެވެ. އަދި ޝަހާ އަދިވެސް އަނިޔާ އިން މުޅިން ރަނގަޅުވެފައި ނުވެ އެވެ.

ތިންވަނަ ސެޓުގައި ވެމްކޯ އިން ކޮންމެސް ވަރަކަށް ބެންޗުގައި ތިބި ކުޅުންތެރިންނަށް ފުރުސަތު ދީފައިވެ އެވެ. އެކަމަކު މި ސެޓުގައި ވެސް ޕޮލިހަށް ވެމްކޯގެ މައްޗަށް ކުރިހޯދޭ ގޮތް ނުވި އެވެ. މި ސެޓު ވެމްކޯ އިން ގެންދިޔައީ, 25-20 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox