ކްލަބް މޯލްޑިވްސް ކްލަސިކް: އެމްއެމްއޭ، އެޗްޕީއެސްއެން، ޕީއޯއެސްސީ އަދި ކްލަބް 220 ކުއާޓާ އަށް

Sep 16, 2024, 5:49 AM
އެމްއެމްއޭ ޓީމުގެ ކީޕަރު ސަމީއު ރޭގެ މެޗަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އެމްއެމްއޭ ޓީމުގެ ކީޕަރު ސަމީއު ރޭގެ މެޗަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތުގެ ކުއާޓާ ފައިނަލުން އެމްއެމްއޭ ސޯޝަލް ކްލަބާއި ޕްރެޒިޑެންޓްސް އޮފީސް ސޯޝަލް ކްލަބް، ހައުސް ފޯ ޕީޕަލް ވިތު ސްޕެޝިއަލް ނީޑްސް (އެޗްޕީއެސްއެން) އަދި ކްލަބް 220 (ޕީޖީ އޮފީސް) ފުރުސަތު ހޯދައިފި އެވެ.

އެމްއެމްއޭ އިން ޕެނަލްޓީ ޖަހައިގެން، 3-1 އިން އެސްޑީއެފްސީ ބަލިކުރިއިރު، ރައީސް އޮފީހުން ފެހިފަހި ކްލަބް ބަލިކުރީ، 5-2 އިންނެވެ. އެޗްޕީއެސްއެން އިން ފަހަތުން އަރައި، 3-3 އިން ހުޅުމާލެ ހޮސްޕިޓަލާ އެއްވަރުކޮށް، ޕެނަލްޓީ ޖަހައިގެން ވަނީ 8-7 އިން މޮޅުވެފަ އެވެ. އަދި އެންމެ ފަހުގެ ރަނަރަޕް، ކްލަބް 220 އިން ޓީމު މާލެ ސިޓީ ކައުންސިލް އަތުން މޮޅުވީ 2-1 އިންނެވެ.

ރައީސް އޮފީސް ކުޅުންތެރިން ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އެމްއެމްއޭ އިން ތިން ޕެނަލްޓީ ކާމިޔާބުކުރީ މުހައްމަދު ނާއިފް، މުހައްމަދު މޫމިން އަދި މުހައްމަދު އައްފާން އެވެ. އެ ޓީމުގެ އަހުމަދު ފާރިޝް ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. އެސްޑީއެފްސީގެ މުހައްމަދު އައްފާން، އިބްރާހިމް އަހްޒަމް އަދި ހުސެއިން ފައުޒާން ޖެހި ޕެނަލްޓީތައް އެމްއެމްއޭ ކީޕަރު، އިބްރާހިމް ސަމީއު ވަނީ މަތަކޮށްފަ އެވެ. އެސްޑީއެފްސީން ޕެނަލްޓީ ކާމިޔާބުކުރީ، އިސްމާއިލް ޒިޔާން ޒުހައިރު އެވެ.

ކުއާޓާގައި އެމްއެމްއޭއާ ދެކޮޅަށް ކުޅޭ ރައީސް އޮފީސް ޓީމަށް ރޭގެ މެޗުގައި ލަނޑު ޖަހައިދިނީ، އައިމަން ތައުފީގު ދެ ލަނޑާއި، ނައިބު ރައީސް، ހުސެއިން މުހައްމަދު ލަތީފް (ސެމްބެ)، އިބްރާހިމް ޝިފާގު އާއި ހުސެއިން ނަޖީބު، ކޮންމެ ކުޅުންތެރިއަކު އެއް ގޯލެވެ. އަދި ފެހިފަހި ކްލަބުން ލަނޑުތައް ޖެހީ، އަބްދުﷲ އަބްދުލް ކަރީމް އާއި މައުމާން އަބްދުލް ރަޝީދު އެވެ.

އެޗްއެސްޕީއެންގެ ކީޕަރު ސަމީރު ޕެނަލްޓީން މޮޅުވުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް،އެމްވީ

ގްރޫޕް ސްޓޭޖުގައި ފުރިހަމަ ރެކޯޑަކާ އެކު އައި، ހުޅުމާލެ ހޮސްޕިޓަލުން ރޭ ފުރަތަމަ ހާފުގައި ލީޑުނެގި އެވެ. ހުޅުމާލެ ޓީމުގެ އަލީ ޝާޒް ހިލްމީ އާއި ހަަސަން ސޮލާހު އަދި އަބްދުﷲ ނާސިފް އެ ޓީމަށް ލަނޑުތައް ޖަހައިދިންއިރު، ފުރަތަމަ ހާފުގައި އެޗްޕީއެސްއެންގެ ލަނޑު ޖެހީ، އަހުމަދު ރިލްވާން އެވެ.

ދެ ވަނަ ހާފުގައި އެޗްޕީއެސްއެންގެ މުހައްމަދު ސޮލާހު އާއި އިޝާން އަބްދުﷲ ލަނޑު ޖަހައި، މެޗު ޕެނަލްޓީ އަށް ގެންދިޔައީ އެވެ. ޕެނަލްޓީގައި، ހުޅުމާލެ ހޮސްޕިޓަލް ޓީމުގެ ހުސެއިން ޝަރީފްގެ ޕެނަލްޓީ އެޗްޕީއެސްއެންގެ ކީޕަރު، އަހުމަދު ސަމީރު ވަނީ މަތަކޮށްފަ އެވެ.

ސިޓީ ކައުންސިލް ޓީމުގެ އަފްޒަލް (ކ) ކައިރިން ކްލަބް 220 ގެ އަހުނަފް ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ކްލަބް 220 އިން ފުރަތަމަ ހާފުގައި، ހުސެއިން އަހުނަފް އަލީ އާއި މުހައްމަދު ނިޝާހުގެ ލަނޑުތަކުން ލީޑުނަގާފައިވަނިކޮށް ދެ ވަނަ ހާފުގައި ސިޓީ ކައުންސިލްގެ ހުސެއިން އަސީލް ލަނޑު ޖެހި ނަމަވެސް، އިތުރު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރެވޭ ގޮތެއް ނުވި އެވެ.

ކްލަބް މޯލްޑިވްސްގެ ކްލަސިކް މުބާރާތުގެ ކުއާޓާ ފައިނަލް ދެ މެޗުގެ އިތުރުން، އެއިޓީން ތާޓީގެ ސެމީ ފައިނަލް ދެ މެޗު މިރޭ އޮންނާނެ އެވެ. އެ ގޮތުން، އެއިޓީން ތާޓީގެ ސެމީގެ އެއް މެޗުގައި ޕޮލިހާއި ވެމްކޯ ކުޅޭއިރު، އަނެއް ސެމީ ފައިނަލުގައި ސްޓެލްކޯ ކުޅޭނީ އެމްޕީއެލްއާ އެވެ. ކްލަސިކް ކުއާޓާގައި، ތައުލީމީ ގުޅުމާއި ޓީމު ބަދަހި އެއް މެޗުގައި ކުޅޭއިރު، ކުއާޓާގެ އަނެއް މެޗުގައި، ޓީމު ޑީޖޭއޭ އިން ބައްދަލުކުރާނީ ކުޅިވަރުގެ ވުޒާރާއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox