ކައިރިކައިރީ މެޗު ކުޅެން ޖެހުމުން އަދީލް އަށް ބޮޑު ކަންބޮޑުވުމެއް

ކައިރިކައިރީ މެޗު ކުޅެން ޖެހުމުން އަދީލް އަށް ބޮޑު ކަންބޮޑުވުމެއް

އިއްޔެ ރާއްޖޭގައި ފެށި، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕްގައި ކައިރިކައިރީގައި މެޗު ކުޅެން ޖެހުން އެއީ ކުޅުންތެރިންނަށް އޭގެ ސަބަބުން ގެއްލުންވާނެ ކަމެއް ކަމަށާއި, އޭގެ ގެއްލުން ކުލްބަ ވެމްކޯ ޓީމަށްވެސް ކޮށްފައިވާ ކަމަށް އެ ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނެފި އެވެ.

ވެމްކޯ އިން ވަނީ ކާވާ ވިމެންސް ކުލަބް ޗެމްޕިއަންޝިޕުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި 3-1 ސެޓުން ލަންކާގެ އެއާ ފޯސްގެ މައްޗަށް ކުރިހޯދައިފަ އެވެ.

އެ މެޗަށް ފަހު "އަދަދު ސްޕޯޓްސް" އާ ވާހަކަ ދައްކަމުން އަދީލް ބުނީ, މުބާރާތައް ތައްޔާރުވާން ވަގުތު ނުލިބުނު ކަމަށެވެ. އޭގެ ސަބަބުން ބޭރު ކުޅުންތެރިންނާ ދިވެހި ކުޅުންތެރިންގެ ކޮމްބިނޭޝަން ފުރަތަމަ ސެޓުގައި ދަށްވި ކަމަށެވެ. އެކަމަކު، ފަހު ތިން ސެޓުގައި އެކަންކަން ރަނގަޅުކޮށް ކުޅެވުނު ކަމަށް އަދީލް ފާހަގަކުރި އެވެ.

އަދީލް ބުނީ މި މުބާރާތައް ނުކުތީ ގައުމީ ޓީމުގެ ކުޅުންތެރިން ކައިރިކައިރީ ގިނަ މެޗުތަކެއް ކުޅެފައި ކަމަށާއި އެހެންވެ، ޓީމުގައި އަނިޔާގެ މައްސަލަތައް ވެސް އެބަހުރި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މި ކަހަލަ މުބާރާތްތައް ބާއްވާއިރު, އެކަންކަމަށް ވިސްނާނެ ކަމަށް އުންމީދުކުރާ ކަމަށް އަދީލް ބުނެފައިވެ އެވެ.

"ގައުމީ ޓީމުގެ ކުޅުންތެރިން މި މުބާރާތައް މިއައީ ކައިރިކައިރީ ގިނަ މެޗުތަކެއް ކުޅެފަ. އެހެންވެ, އެ ކުޅުންތެރިންނަށް ޕާފޯމްނުކުރެވިދާނެ. އަޅުގަނޑު މިބަލަނީ ކުރިއަށް އޮތްތަނުގައި މިފަދަ މުބާރާތްތައް ބާއްވާއިރު, މި ކަންކަމަށް ވިސްނާނެ ކަމަށް." އަދީލް ފާހަގަކުރި އެވެ.

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕް، އިއްޔެ ފެށިއިރު، ދުވާލަކު ތިން މެޗު ކުޅޭ ގޮތަށް ޝެޑިއުލްކޮށްފައިވާ މި މުބާރާތް، 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ގައުމީ އަންހެން ޓީމުގެ ހެޑް ކޯޗުކަމާއި އެސިސްޓަންޓް ކޯޗުކަން ވެސް ކޮށްފައިވާ އަދީލް ބުނީ މި މުބާރާތައް ވެމްކޯ އިން ނުކުތީ ފައިނަލަށް ދިޔުމުގެ އަޒުމުގައި ކަމަށާއި، އެކަން ހާސިލްކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އަދި ވެމްކޯ އިން އޮތީ ރަން މެޑަލް ހޯދަން ތައްޔާރަށް ކަމަށް އަދީލް ބުންޏެވެ.

މިއީ، އަދީލް، ވެމްކޯ އަންހެން ޓީމެއް ގޮވައިގެން އިންޓަނޭޝަނަލް މުބާރާތެއްގައި ކުޅޭ ދެ ވަނަ ފަހަރެވެ. މީގެ ކުރިން، 2019 ވަނަ އަހަރު ލަންކާގައި ބޭއްވި، 33 ވަނަ ތަރުނަސެވާ ރުޕަވަހިނީ ވޮލީބޯޅަ މުބާރާތުގެ އަންހެން ބައިގެ ތިން ވަނަ ވެމްކޯ ޓީމުން ހޯދި އެވެ. އެ ފަހަރު އެ ޓީމަށް ކޯޗުކޮށްދިނީ އަދީލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox