ކާވާ ވިމެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕް: ޑިއަމެޑް ބަލިކޮށް ޕޮލިހުން ފެށީ މޮޅަކުން

ރޭގެ މެޗުގެ ތެރެއިން ޕޮލިސް ކްލަބްގެ ކުޅުންތެރިން އުފާފާޅުކުރަނީ.---- ފޮޓޯ: އަތޫފް އާތިފް/ އަދަދު ސްޕޯޓްސް

ރޭގެ މެޗުގެ ތެރެއިން ޕޮލިސް ކްލަބްގެ ކުޅުންތެރިން އުފާފާޅުކުރަނީ.---- ފޮޓޯ: އަތޫފް އާތިފް/ އަދަދު ސްޕޯޓްސް

ރާއްޖޭގައި އިއްޔެ ފެށި ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވޮލީބޯލް ކުލަބު ޗެމްޕިއަންޝިޕުގައި ޕޮލިސް ކުލަބުން ކުޅުނު ފުރަތަމަ މެޗުގައި ތަޖިކިސްތާންގެ ވޮލީބޯލް ކްލަބް ޑިއަމެޑްގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައި މޮޅަކުން މުބާރާތް ފަށައިފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މި މެޗުގައި, ޕޮލިހުން ޑިއަމެޑްގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ގެންދިޔައީ, 25-16، 25-14 އަދި 25-19 އިންނެވެ.

އަނިޔާގެ ސަބަބުން މި މެޗުގައި ޕޮލިސް ކުލަބްގެ އެންމެ އިތުބާރު ކުޅުންތެރިޔާ އާމިނަތު ޝަހާ ޝާމިން ނުކުޅެ އެވެ. ޝަހާ ވަނީ މި މަހު ރާއްޖޭގައި ބޭއްވި ކާވާ ވިމަންސް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމާއެކު ތަފާތު މޮޅަށް ކުޅެ, އެ މުބާރާތުގެ ބެސްޓް އޮޕަސިޓް ޕްލޭޔާގެ މަގާމު ހޯދާފަ އެވެ.

މި މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ސެޓުގެ ވަކި ހިސާބަކުން ޕޮލިހުން ވަނީ ގޭމުގެ ތެރެއަށް ރަނގަޅަށް ވަދެ ޑިއަމެޑްގެ މައްޗަށް ބޮޑު ލީޑެއް ނަގާފަ އެވެ. އެ ލީޑާއެކު, ޕޮލިހުން ސެޓު ނިންމާލީ 25-16 އިންނެވެ. މި ސެޓުގައި ޕޮލިހުގެ ހައްވާ ރާޝިދާގެ މޮޅު ސާވިސްތަކުން ގިނަ ޕޮއިންޓްތަކެއް ހޯދި އެވެ.

ދެވަނަ ސެޓުގައި ޑިއަމެޑް ޓީމު ފެނިގެންދިޔައީ އާދައިގެ ގޮތަކަށެވެ. އޭގެ ފައިދާ ޕޮލިހުން ނަގާ މި ސެޓު ވަނީ ފަސޭހަކަމާއެކު 25-14 އިން ގެންގޮސްފަ އެވެ.

މެޗުގެ ތިންވަނަ ސެޓުގައި ޕޮލިސް ކުލަބުގެ ފަރާތުންވެސް ގިނަ ގޯސްތަކެއް ފެނިގެންދިޔަ އެވެ. އެކަމަކު އެ ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިން ވަނީ ސެޓުގެ ފަހު ކޮޅު މޮޅަށް ކުޅެ, 25-19 އިން ސެޓު ގެންގޮސްފަ އެވެ.

މި މުބާރާތުގައި ފަސް ގައުމަކުން ހަ ކުލަބު ވާދަކުރެ އެވެ. އެއީ ރާއްޖޭގެ ޕޮލިސް ކުލަބާއި ކުލަބު ވެމްކޯގެ އިތުރުން ނޭޕާލުގެ ޕޮލިސް ކުލަބާއި، ސްރީ ލަންކާގެ އެއާ ފޯސް އާއި، އުޒްބެކިސްތާންގެ ހުމޯ ވޮލީބޯލް ކުލަބު އަދި ތަޖިކިސްތާންގެ ވޮލީބޯލް ކުލަބު ޑިއަމެޑް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox