ޕީއެންސީން ބުނަނީ ރައީސްގެ އިސްލާހީ ބަދަލުތަކާއެކު ކުރިއަށް އޮތީ ޑިމޮކްރަސީގެ އާ ބާބެއް ކަމަށް

މަޖިލިސް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ޕީއެންސީން ބޭއްވި އިވެންޓުގެ ތެރެއިން: އެ ޕާޓީން  ބުނަނީ ރައީސްގެ އިސްލާހީ ބަދަލުތަކާއެކު ކުރިއަށް އޮތީ ޑިމޮކްރަސީގެ އާ ބާބެއް ކަމަށް --- ފޮޓޯ: އަދަދު

މަޖިލިސް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ޕީއެންސީން ބޭއްވި އިވެންޓުގެ ތެރެއިން: އެ ޕާޓީން ބުނަނީ ރައީސްގެ އިސްލާހީ ބަދަލުތަކާއެކު ކުރިއަށް އޮތީ ޑިމޮކްރަސީގެ އާ ބާބެއް ކަމަށް --- ފޮޓޯ: އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކާއެކު ރާއްޖެ ދެން ދެކޭނީ ޑިމޮކްރަސީގެ މުޅިން އާ ބާބެއް ކަމަށް ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފި އެވެ.

މިއަދު ފާހަގަކުރާ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް މުއިއްޒު ގެންނަވާ އާ ބާބު ފެށިގެންދާނީ، މި "ޒައާމަތުގައި" ދައުލަތް ހިންގުމަށް އެމަނިކުފާނު ގެންނަވަން ފަށްޓަވާފައިވާ އިސްލާހީ ބަދަލުތަކާއި، އެމަނިކުފާނު ގެންގުޅުއްވާ އިގުތިސޯދީ އިޖުތިމާއީ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.

އެ ޕާޓީގެ ރައީސް އަދި ކޯލިޝަނުގެ ލީޑަރުގެ ގޮތުގައި ހުންނެވި ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެ ބަޔާނުގައި ޝުކުރު ދަންނަވާފައިވެ އެވެ.

"އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ ބައިވެރިވާ ސިޔާސީ ނިޒާމު ރާއްޖެއަށް ތައާރަފުކުރެވުނުތާ 16 އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވެގެން ގޮސްފައިވާއިރު، ދުސްތޫރީ ގޮތުންނާއި އިދާރީ ގޮތުން ގެންނަންޖެހޭ މުހިއްމު ބޮޑެތި ބަދަލުތަކެއް ހުރިކަން ފާހަގަކުރެވިފައިވީ ނަމަވެސް އެފަދަ އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް ވަނީ ނުކުރެވިފަ،" އެ ބަޔާނުގައިވެ އެވެ.

ނަމަވެސް މި ވެރިކަމުގެ ފުރަތަމަ ނުވަ މަހު ގާނޫނުތަކަށާއި ނިޒާމަށް މުހިންމު ބަދަލުތަކެއް ގެނެވި، އިތުރު އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ޕީއެންސީން ބުންޏެވެ.

އެގޮތުން ވެރިކަންކުރާ ޕާޓީން ފާހަގަކުރި ކަންކަމުގެ ތެރޭގައި، މަޖިލީހުގެ މެންބަރުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓުމާއި ބޮޑެތި އިންތިހާބުތައް އެއް ތާރީހެއްގައި ބޭއްވުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ކުރެވޭ މަސައްކަތައް އެ ޕާޓީން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގެ ސިފައިން ފޮނުވާލުމާއި ރާއްޖޭގައި އޮތް ބަދަލުހިފުމުގެ ރޫހު ނައްތާލާ ކޯޓުތަކަށް އަތް ބޭނުން ހުއްޓާލި ކަމަށް ރައީސް ވިދާޅުވާ ވިދާޅުވުމަކީވެސް ޑިމޮކްރަސީއަށް ލިބުނު ކާމިޔާބީތަކެއްގެ ގޮތުގައި ޕީއެންސީން ވަނީ ފާހަގަކޮށްފަ އެވެ.

ރައީސް މުއިއްޒު ވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭ ޖުމްލަ 200 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ވިދާޅުވެ ގާނޫނު އަސާސީ އިސްލާހު ކުރައްވާނެ ކަމުގެ އިޝާރާތްތަކެއްވެސް ދެއްވާފަ އެވެ. މަޖިލީހުގެ 75 އަށްވުރެ ގިނަ މެންބަރުންނާއެކު ސީދާ މެޖޯރިޓީ އޮތީ ސަރުކާރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox