ކާވާ ވިމެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕްގައި ވެމްކޯގެ ފެށުން ވަރުގަދަ

Sep 15, 2024, 12:31 PM
ވެމްކޯ އާއި އެއާފޯސް ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ވެމްކޯ އާއި އެއާފޯސް ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

މާލޭގައި މިއަދު ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޗެމްޕިއަން، ކްލަބް ވެމްކޯ އިން ކުޅުނު ފުރަތަމަ މެޗުން ސްރީ ލަންކާގެ އެއާފޯސް ޓީމު އަތުން 3-1 އިން މޮޅުވެއްޖެ އެވެ.

ގައުމީ ޗެމްޕިއަންކަން އެންމެ ފަހުން ހޯދި ވެމްކޯ އަންހެން ޓީމު ވަރުގަދަކޮށް، ކާވާ މުބާރާތާއި ކުރިމަތިލިިއިރު، ގައުމީ އަންހެން ޓީމުގެ ގިނަ ކުޅުންތެރިންގެ އިތުރުން، ބިދޭސީ ދެ ކުޅުންތެރިއަކު ވެމްކޯ ޓީމުގައި ހިމެނެ އެވެ.

އެ ގޮތުން، ގައުމީ ޓީމުގެ ސެޓަރު، ފާތިމަތު ޖޫޒާން ޒަރީރު އާއި އެޓޭކަރު، އައިޝަތު މާޖިދާގެ އިތުރުން، ނަރީމާ އިދުރީސް (ނަންނި) ކުޅެމުން އަންނަނީ ވެމްކޯ އަށެވެ. ވެމްކޯ ޓީމުގައި ހިމެނޭ ބިދޭސީ ކުޅުންތެރިންނަކީ، ކައެޕްވިން ކުތިކާ އާއި އައިޓްބެކޯވާ އައިތުރްގާން އެވެ.

ސްރީ ލަންކާ އެއާފޯސް އަތުން ފަހަތުން އަރައި ވެމްކޯ މޮޅުވި މެޗުގެ ސެޓުތައް ދިޔައީ، 25-20، 23-25، 15-25 އަދި 19-25 އިންނެވެ.

އެއާފޯސް އާއި ވެމްކޯ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

މިއީ، އަންހެން ވޮލީގައި ވެމްކޯ ވާދަކުރާ ބައިނަލްއަގުވާމީ ދެ ވަނަ މުބާރާތެވެ. މީގެ ކުރިން، 2019 ވަނަ އަހަރު ލަންކާގައި ބޭއްވި، 33 ވަނަ ތަރުނަސެވާ ރުޕަވަހިނީ ވޮލީބޯޅަ މުބާރާތުގެ އަންހެން ބައިގެ ތިން ވަނަ ވެމްކޯ ޓީމުން ހޯދި އެވެ. އެ ފަހަރު އެ ޓީމަށް ކޯޗުކޮށްދިން، އަހުމަދު އަދީލް (ބޭބެ) އަކީ، މި ފަހަރު ވެސް ވެމްކޯގެ ކޯޗެވެ.

ކާވާގެ ވިމެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕް ކުރިއަށްދަނީ ހަ ޓީމެއްގެ މެދުގަ އެވެ. ވެމްކޯ އާއި އެއާފޯސްގެ އިތުރުން ދެން ހިމެނެނީ، ރާއްޖޭގެ ޕޮލިސް ކްލަބާއި ނޭޕާލްގެ ޕޮލިސް ކްލަބާއި އުޒްބެކިސްތާންގެ ހުމޯ ކްލަބް އަދި ތަޖިކިސްތާންގެ ވީކޭ ޑިއާމެޑް އެވެ.

މުބާރާތުގެ ފޯމެޓް ރޭވިފައިވަނީ، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށް ފަހު، އެއް ވަނަ އާއި ދެ ވަނައިގެ މެދުގައި، ފައިނަލް ކުޅުމަށް ފަހު، ތިން ވަނަ އާއި ހަތަރު ވަނައިގެ މެދުގައި ބްރޯންޒް މެޑަލް މެޗެއް ކުޅެ، ފަސް ވަނަ އާއި ހަ ވަނައިގެ މެދުގައި ރޭންކިން މެޗެއް ކުޅޭ ގޮތަށެެވެ.

މިއީ، ރާއްޖޭގައި އަންހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން ކްލަބް ލެވަލްގެ ވޮލީ މުބާރާތެއް ކުޅޭ ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox