ކްލަބް މޯލްޑިވްސް ކްލަސިކް: ޑީޖޭއޭ، ކުޅިވަރު ވުޒާރާ، ތައުލީމީ ގުޅުން، ބަދަހި ކުއާޓާ އަށް

Sep 15, 2024, 4:17 AM
ކްލަބް މޯލްޑިވްސް ކްލަސިކް: ޑީޖޭއޭ، ކުޅިވަރު ވުޒާރާ، ތައުލީމީ ގުޅުން، ބަދަހި ކުއާޓާ އަށް

ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތުގެ ކުއާޓާ ފައިނަލުން ޓީމު ޑީޖޭއޭ އާއި ކުޅިވަރު ވުޒާރާ ކްލަބް، ތައުލީމީ ގުޅުން އަދި ޓީމު ބަދަހިން ފުރުސަތު ހޯދައިފި އެވެ.

ގަދަ 16 ބުރުގެ މެޗުތައް ރޭ ފެށިގެންދިޔައިރު، އެންމެ ފަހުގެ ޗެމްޕިއަން، ޓީމު ޑީޖޭއޭ އިން ވަނީ ޓްރޭޑް ކްލަބް އަތުން 10-1 އިން ކުރިހޯދައިފަ އެވެ. ކްލަބް ބިނާރާ އަތުން ކުޅިވަރު ވުޒާރާ 7-1 އިން މޮޅުވިއިރު، ޓީމު ދަރުމަވަންތަ އަތުން ތައުލީމީ ގުޅުން މޮޅުވީ 2-1 އިންނެވެ. އަދި ޓީމު ބަދަހިން ވަނީ 2-1 އިން ކްރިމިނަލް ކޯޓު ބަލިކޮށްފަ އެވެ.

ޑީޖޭއޭގެ ތަރި، ސައުދުﷲ އަހުމަދު ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ އަބްދުﷲ އާމިރު، އިބްރާހިމް ނޫރައްދީން، މުހައްމަދު އަޖުވަދު ސޮލާހު، ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ، އަބޫބަކުރު މުހައްމަދު އެވެ. ޓްރޭޑް ކްލަބްގެ ހަމައެކަނި ލަނޑު ޖެހީ، ހަސަން އަޒްވާން އެވެ.

ޑީޖޭއޭ ޓީމުގެ ސައުދުﷲ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ބިނާރާ ކޮޅަށް ކުޅިވަރު ވުޒާރާގެ ނާއިފް ޝަފީގު (ސީއާރު3) ހެޓްރިކެއް ހެދިއިރު، ސާޖިދު އަހުމަދު އިބްރާހިމް ދެ ގޯލު އަދި މޫސާ ނަދީމް އާއި ފަރުހާން ޔޫސުފް ވަނީ ލަނޑު ޖަހައިފަ އެވެ. ބިނާރާގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު ޝައުޔާ އެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި މޮޅެއް ނުލިބި ކެޓި، ތައުލީމީ ގުޅުމުން މި ފަހަރު ކުޅުނު ހަތަރު މެޗުން ވެސް މި ވަނީ މޮޅުވެފަ އެވެ. އެ ގޮތުން، އެ ޓީމުން ރޭ ދަރުމަވަންތަ ބަލިކުރިއިރު، ލަނޑުތައް ޖެހީ، މުހައްމަދު އަޒުމޫން އެވެ. ދަރުމަވަންތަ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ އަލީ ޔާފިއު އެވެ.

މެޗަކުން ބަލިނުވެ، ކޮޅަށް ގޯލެއް ނުވަދެ، ނޮކައުޓަށް އައި ކްރިމިނަލް ކޯޓު ކެޓީ ބަދަހި ކައިރިން ރަނގަޅަށް ނުކުޅެވިގެންނެވެ. ބަދަހިން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގައި، އެ ޓީމުގެ ލަނޑުތައް ޖެހީ، މުހައްމަދު ޝުހާން އެވެ. ކްރިމިނަލް ކޯޓުގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު ޝަފްރާޒް އެވެ.

ގަދަ 16 ބުރުގައި މިރޭ ކުޅޭ މެޗުތައް

އެމްއެމްއޭ - އެސްޑީއެފްސީ (20:15)

ޕްރެޒިޑެންޓްސް އޮފީސް - ފެހިފަހި ކްލަބް (20:15)

ހުޅުމާލެ ހޮސްޕިޓަލް - އެޗްޕީއެސްއެން (22:00)

ކްލަބް 220 - ޓީމު މާލެ ސިޓީ ކައުންސިލް (22:00)

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox